މަޝްހޫރު މޮޑެލް އެއްކަމުގައިވާ އޮލްޔާ ލަންގިލް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޮލްޔާ މަރުވެފައި އޮއްވާ ފެނުނީ އެމެރިކާގެ ފްލޮރިޑާގައި މަސައްކަތް ކުރާ މެޑިކަލް ޑޮކްޓަރެއްގެ އެޕާޓްމަންޓް ތެރެއިންނެވެ.

އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ހާމަކޮށްފައިވާ ގޮތުގައި އޮލްޔާ މަރުވި ސަބަބުކަމަށް ބެލެވެނީ ގިނަ އަދަދަކަށް ބަނގުރާ ބޮއިގެން އޯވާޑޯޒް ވެގެންނެވެ. އަދި، މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

ކަމާ ބެހޭ ފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އޮލްޔާ ވަނީ ރޭ ޕާޓީ ކުރަން ގޮސްފައެވެ. އަދި، ޑރ. ނަވާލް ޕާރިކް ނަމަކަށް ކިޔާ މީހަކާއެކު އޭނާގެ އެޕާޓްމަންޓަށް ގޮސްފައިވަނީ ޕާޓީ ތެރެއިންނެވެ.

ޑރ. ޕާރިކާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި އޭނާއަށް އޮލްޔާއާ ދިމާވީ ޕާޓީގެ ތެރެއިންނެވެ. އަދި، އެދެމީހުންވެސް ބަނގުރާ ބޭނުންކުރިކަމަށް ބުނެފައިވާއިރު ދެން ދެމީހުން ދިޔައީ އެޕާޓްމަންޓަށެވެ. އެތަނުގައި ދެމީހުން ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް ބުނެފައިވެސްވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ރޭ ދަންވަރު ތިނެއް ޖަހާއިރުވެސް، އޮލްޔާ ގުގުރިދަމާ އަޑު އިވެއެވެ. އެހެންނަމަވެސް، މިއަދު ހެނދުނު އޭނާގެ ހަށިގަނޑުން އެއްވެސް ހަރަކާތެއް ނުކުރާތީ، މަރުވީކަން އެނގުނުކަމަށާއި އެހެންކަމުން، ކަމާބެހޭ ފަރާތްތަކަށް އެންގީކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޑޮކްޓަރުގެ ކޮޓަރި ތެރެއިން ގިނަ އަދަދެއްގެ ކޮކައިންކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ކޮތަޅުތަކެއްވެސް ފެނިފައިވެއެވެ.

މަރުވި އޮލްޔާގެ އުމުރަކީ 18 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅައްބެ

    އުނހޫ އެއީ ޕާޓީކުރަނިކޮށެއް ނޫން.. އެއީ ބިރަކާނުލާ މަޖާކުރަނިކޮށޭ ބުނެބަލާ..

  2. ޢަލީ އިބުރާހިމް

    ޚަބަރު ކިޔާ ނިމުމުން އެނގުނީ ޕާރޓީ ކުރަނިކޮށް ނޫންކަން، ޕާރޓީ ކޮށް ނިންމާފަ ނިދާފަ އޮށްވާކަން.. ޢޮޅުވާނުލެއްވުން އެދެން..

  3. Anonymous

    އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުން ބޭނުންވާކަހަލަ ޒުވާނުން މީ