ރަހުމަތްތެރިޔަކާއި އެކު މާލޭގެ ހޮސްޕިޓަލަކަށް އަހަރެން ދިޔައީ ރަހްމަތްތެރިޔާގެ ރިޕޯޓް އެއް ނަގަންވެގެންނެވެ. ޑޮކްޓަރުގެ ރިޕޯޓް ނެގުމަށް ފަހު އެތަނުގަ އިން އަންހެން ކުއްޖާއަށް "ތެންކިޔޫ" އޭ ބުނެފައި އަހަރެން އެތަނުން ނުކުމެގެން އައިސް ސައިކަލަށް އެރީމެވެ. އަދި އަހަރެންގެ ފަހަތުން އަހަރެންގެ ރަހުމަތްތެރިޔާ ވެސް އައިސް ސައިކަލް ފަހަތަށް އަރައި ހަމަޖެހިލައިފައި އަހަރެން ކައިރިން ސުވާލެއް ކޮށްލިއެވެ.
" ބްރޯ ކައުންޓަރު ގައި އިން ކުއްޖާ ރުޅިއައިސްފަ އެ އިނީ، ކަލޭ ކަޑަ ކަމެއް ކުރީތަ؟" ގަމާރެއްހެން އިނދެފައި އަހަރެން މާ ނޫން ރާގުގަނޑަކަށް ހީލީމެވެ. ހަޤީގަތުގައިވެސް އަހަރެން އޭނާ ރުޅިއަންނަ ވަރުގެ ކަމެއެ ނުކުރަމެވެ. ބޮޑު ކަމަކަށް ކުރެވުނު ކަމަކީ އެތަނުގަ އޮތް ރިޕޯޓެއް ބަލާ ދެވުނު ކަމެވެ. މަސައްކަތެއް ކުރަން ޖެހުނީމަ ރުޅިއައީ ކަމަށް ވެދާނެވެ. ނޫނީ އޭނާގެ މިޒާޖުކަމަށް ވެސް ވެދާނެވެ.
ދެ މީހުންގެ ފޮނި ކެޑުމުގެ ތެރެއިން ވަހަކަ އަޅުވަމުން ގޮސް އަހަރުމެންނަށް ގަލޮޅުގެ ލޮލީ ވިއްކާ ފިހާރައެއް ކައިރިއަށް އާދެވިއްޖެއެވެ. އޭރު ގަޑިން ރޭގަނޑު އަށެއްޖެހީ އެވެ. ކުރާނެ އިތުރުކަމެއް ނެތުމުން، އެ ތަނަށް ވަދެ ލޮލީ އެއް ގަނެލައިގެން ބޯލުމަށް ދެމީހުން އެއްބަސްވީމެވެ.
ލޮލީ ވިއްކާ ފިހާރައިގެ ދޮރު ހުޅުވާލި ތަނުން ކައުންޓަރުގައި އިން ރީތި އަންހެން ކުއްޖެއް ފެނުނެވެ. އެއަންހެންކުއްޖާ އަހަރުމެން ދެމީހުންނަށް ޚިދުމަތް ދިނުމުގެ ގޮތުން "ކޮން ވައްތަރެއްގެ ލޮލީ އެއް ބޭނުން ވަނީ؟ " އޭ ކިޔާ ސުވާލު ކޮށްލިއެވެ. އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެން ވެސް ކޮށްލީ ސުވާލެކެވެ. "އަސްލު އެންމެ މީރީ ކޮން ފްލޭވާރ އެއް؟" ދެން އެ ފެށުނީ ވާހަކަ އެކެވެ. މަޖާ ވާހަކަތަކާއި، ދުނިޔެވީ ވާހަކަތައްވެސް ދެކެވިއްޖެއެވެ. ބޯލެވުނު ލޮލީ ގެ އަދަދު ވެސް އެނގުނީ ފައިސާ ދައްކާ ކައުންޓަރ ކައިރިއަށް ގޮސް ހުއްޓުމުންވެ. ވަރަށް ހިތްހަމަ ޖެހިއްޖެއެވެ. ޚިދުމަތާއި ދޭތެރޭ އަހަރެންނާއި، އަހަރެންގެ ރަހްމަތްތެރިޔާ ވެސް ވަރަށް އުފާވެއްޖެއެވެ. ނަމަވެސް އެވަގުތު ހިތަށް އެރީ، ހޮސްޕިޓަލް ކައުންޓަރުގެ އިން އަންހެން ކުއްޖާ ރުޅި އައި ކީއްވެ ހެއްޔެވެ؟ މި ސުވާލު އަހަރެން ފިހާރައިގައި އިން އަންހެން ކުއްޖާ ކުރެން އަހަން ބޭނުން ވެއްޖެއެވެ.
" ކީއްވެ އަސްލު ތިހާ ފްރެންޑްލީ ވީ؟ ވަރަށް ނުފެންނަ މަންޒަރަކަށް ވީމަ އަހާލީ މީ. އެހެން ތަންތަނުގަ ތިބޭ ކުދިން ވަރަށް ވާހަކަ ނުދައްކާނެ." ސުވާލާއި އެކު ސުވާލު ކުރި ސަބަބުވެސް އަހަރެން ބުނެދީފީމެވެ. އަހަރެންގެ ސުވާލުގެ ޖަވާބު ވަރަށް ވެސް ފަސޭހަ ކަމާއި އެކު އެކުއްޖާ ދީފިއެވެ.
" އަސްލު ވާގޮތަކީ، އަހަރެންނަކީ ވަރަށް ފްރެންޑްލީ މީހެއް. ދެން އަންނަ މީހުންގެ ގޮތުން އިނގޭނީ ވާހަކަ ދައްކަން. ބައެއް ފިރިހެން ކުދިން އަންނާނެ ފޮށެން ވެސް. އެކަހަލަ މީހުން އައިސިއްޔާ ވާހަކަ އެއް ނުދައްކަން" އެކުއްޖާގެ ޖާވާބު ލިބުމާއި އެކު މޮޅުގޮތަކަށް ބޯޖަހާލައިފައި ފިހާރައިގެ ދޮރުހުޅުވާލައި ބޭރަށް ނުކުންނަން ހިގައިގަތީމެވެ.
ފިހާރައިން ނުކުމެ ސައިކަލަށް އެރުމަށް ފަހު އަހަރެންގެ ރަހުމަތްތެރިޔާ ކައިރިގައި ވަރަށް އަވަހަށް ތަނަކަށް ދާން ޖެހިއްޖެކަމަށް ބުނެ، އޭނަގެ ގެއަށް އެނާ ބޭލުމަށް ފަހު އަހަރެން ދުއްވާލީ އަހަރެންގެ ގެއާއި ދިމާލަށެވެ. ގެއަށް ވަންނަމުން ރައްޓެހި އަންހެން ކުއްޖަކަށް ގުޅާފަ ބޭރަށް ދާން ތައްޔާރުވާށޭވެސް ބުނެފީމެވެ. އަހަރެންގެ ހިތުން އަހަރެން މިއުޅެނީ ހިންދީ ފިލްމެއްގައެވެ.
ލިފްޓް ތެރޭގައިވެސް އަހަރެން ހުރީ މޮޅެތި ޕްލޭން ހެދުމުގަ އެވެ. ބަލަމާ ހިނގާށެވެ. ދިހަ ވަރަކަށް މިނެޓް ތެރޭގައި އަހަރެން ހުރީ އަހަރެންގެ ދައުވަތަށް ތައްޔާރުވެގެން ހުރި އަންހެން އެކުވެރިޔާ ބަލާ ދިޔުމުގެ މަގުމަތީގައިއެވެ. އޭރު އަހަރެން ހުރީ އަތުގައި ހުރި އެންމެ ރީތި ގަމީހާއި، ބޫޓަށް ވެސް އަރައިގެންނެވެ. ސެންޓް ފުޅި ހުސްނުވާކަމެއްވެސް ނޭނގެ އެވެ. ބަލާ މީހުންނަށް ހީވާނީ އަހަރެން ޑޭޓަކަށް ދަނީ ކަމަށެވެ. ޑޭޓަކަށް ދާން ވެސް އަހަރެން އެހާ ރީއްޗެއް ނުވަމޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ނަމަވެސް އެންމެ ދިހަ މިނެޓް ތެރޭގައި އަހަރެން ރީތި ވުމަށް ކުރެވެން ހުރިހާ ކަމެއްވެސް ކޮށްފީމެވެ.
ސައިކަލުގަ މަޖީދީ މަގުން ހެންވޭރާއިވީ ފަޅިއަށް ދުއްވަމުން އައިސް އޮލިމްޕަސް އޭޓީއެމް އަށް މަޑުކޮށް، އަހަރެންގެ އެކައުންޓް އިން ދެހާސް ރުފިޔާ ނަގައިގެން ވޮލެޓަށްލައި އަނެއްކާވެސް މިސްރާބު ޖަހާލީ އަހަރެންގެ އަންހެން އެކުވެރިޔާ ބަލާ ދިއުމަށެވެ. ހެންވޭރު ދަނޑު ކައިރިއަށް މަޑުކޮށްލި އިރު އަހަރެންގެ އަންހެން ރަހުމަތްތެރިޔާ އޭނާގެ ދޮރުމަތީގައި ހުއްޓެވެ.
މިވީ އަދި މާ މޮޅުކަމެކެވެ. އޭނާ ހުރީ ވަރަށް ރީތިވެލައިގެންނެވެ. އަހަރެން ކުރަން އުޅުނުކަން ވެސް ހަނދާނުން ކައްސާލިއެވެ. ހަމަ ހަޤީޤަތުގައިވެސް ހިންދީ ފިލްމެއް ހެން އަހަރެން އެތަނަށް ގަނބުވެފަ އިން އިރު ބެކް މިޔުޒިކަށް "ޕެހެލާ ނަށާ، ޕެހެލާ ޚުމާރް......" އިވޭކަހަލައެވެ. އަޖައިބެއް ނުވާނެހެއްޔެވެ. އަހަރެން އިޝްގުގަ ޖެހުނީ ކަމަށް ހީކުރިއިރު އެއީ އަހަރެން ގެ އެންމެ ގާތް އަންހެން އެކުވެރިޔާ ކަމެއް ނޭނގުނެވެ.
ކުއްލި އަކަށް އޭނާ އަހަރެންނަން ރަކި ހިނިތުންވުމެއް ދީ، އަހަަރެން މާ ރީތިވެލައިގެން ކޮންތާކަށް ދާންހެއްޔޭ ސުވަލެއް ކޮށްލިއެވެ. އަސްތާ، އޭނަ އަށް ވެސް އަހަރެން ރީތިވީތާއޭވެ. މިކަމާ ވެސް އުޅެންވީ ދޯ އޭ ހިތުން ކިޔާލަފައި ކަހަނބެއްހެން ދެ ކޮނޑު އަރުވައިފީމެވެ. ނަމަވެސް މިފަހަރު މިއޮތީ ބޮޑުކަމެއް ލައިގަނެފައެވެ. އޭނަ ހިތަށް އާރާނެ އެއްޗަކާ މެދު ސުވާލުވެސް އުފެދިއްޖެއެވެ. އާނ އެހެންޏާއެވެ. އަހަރެން ނުލާހިކު ރީތިވެލައިގެން އަދި އެ މަންޖެވެސް އެވަރަށް ރީތި ވެލައިގެން ރޭގަނޑު އަށްގަޑި ބައި ހައި އިރު ދާނީ ޑޭޓަކަށް ނޫން ހެއްޔެވެ؟
"ޝޮޕިން އަކަށް ދާންކަމަށް..." އަހަރެންނަށް ދެވެން އޮތް އެންމެ ރަނގަޅު ޖަވާބު ދިނީމެވެ. އެއީ އެ މަންޖެވެސް ދެރަ ނުވާނެ ޖަވާބެކެ. އަހަރެން ކުރަން އުޅުކަންވެސް ކުރެވޭނެ ޖަވާބެކެވެ. ފޮނިވެލާފައި ރީތި ކުއްޖެއް ސައިކަލު ފަހަތުގަ އިނުމުން އަހަރެން ދުއްވާލީ ދަތްޕިލަ އަހަންނަށް ވުރެ ކުރީގައި ބައިންދާއިގެނެވެ. މިސްރާބު ހުރީ މަޖީދީމަގުން ހުޅަނގަށެވެ. އަނެއްހެން ބުނަނީ ނަމަ މާފަންނާވީ ކޮޅަށެވެ.
ސައިކަލު މަތީގައި ތިބެ ދެމީހުން އެކަކު އަނެކަކުގެ ރީތިކަމަށް ތަޢުރީފް ކުރަމުން އައިސް އަހަރެން ސައިކަލް މަޑުކޮށްލީ މަޖީދީ މަގުގައި ހުރި ރީތިވާ އެއްޗެހި ވިއްކާ ފިހާރައަކަށެވެ. ފިހާރައަށް ވަދެ ފުރަތަމަ ވެސް އަހަރެން ބާލާލީ އެތަނުގަ ހުރި ސޭލްސް ގާރލް އަށެވެ. ބަލާބެލުމަށް ރީތިކުއްޖެކެވެ. އެހެން ކަމުން އަވަސް ވެގަތީ އެތަނުގަ ނެތް އެއްޗެއް ހޯދާށެވެ. އަދި އެކުވެރިޔާ ކައިރީގައި ބޭނުން އެއްޗެއް ނަގާށޭ ބުނެ އަހަރެން ފިހާރަތެރެ ހޯދަން ފަށައިފީމެވެ.
" ކްރެޑިބަލް ވައިޓް އެބަހުރިތަ؟ " އެއްޗެއްނޭންގޭ މީހާ ކަމަށް ހަދާފައި ސުވާލެއް ފިހާރައިގެ ސޭލްސް ގާލް އަށް އަމާޒު ކޮށްލީމެވެ. "ތި އިނީ" ޖަވާބު ވަރަށް ވެސް ކުރެވެ. ރީތި ކަމެއް ލިބިފަހުއްޓަސް އެބުނި ކުޑަ ޖުމްލައިން އަހަރެން ވެސް ސައިޒް ކުރެވުނު ކަހަލަ އެވެ. އަޅެ، އަހަރެން މިއޮއް ރީތިވެލައިގެން އައިމަވެސް އެ މަންޖެއަށް އަހަރެންނާއި ދިމާލަށް ބަލާލާކަށް ވެސް ނުކެރުނެވެ. ސައިޒު ވިޔަސް، އަހަރެން ކައިރިއަށް އައީ ހިންޏެވެ. އެހެންޏާއެވެ. މުޅި ފިހާރަ ހޯދާ އަހަރެންނަށް ނުފެނުނު އެއްޗެއްގެ ނަން ބުނެލި އިރު އޭތި މި ހުރީ އަހަރެން ގެ ލޯ ކުރިމަތީގައި އެވެ. މޮޅުވެލައިގެން ސުވާލު ކޮށްލީ އެ ފުޅި އިން ހަރުގައި އަތް އަޅައިގެން އިދެއެވެ.
އިތުރު އެއްޗެކޭ ނުބުނެ އަހަރެން އެ ފުޅި ހިފައިގެން ކައުންޓަރ ކައިރިއަށް ގޮސް ހުއްޓުނު އިރު އަހަރެންނާއި އެކު ދިޔަ އެކުވެރިޔާ ހިތްހަމަ ޖެހޭ އެކައްޗެއްވެސް ފެނުނުކަމަށް ނުވިއެވެ. ކައުންޓަރ އަށް ލާރި ދައްކަމުން އަހަރެން ވަރަށް ހެވިލާފައި ތެންކިޔޫ އޭ ބުނެލީމެވެ. އެއީ އަހަރެންގެ އާދައެއް ނޫނެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނަގެ ފަރާތުން ފެންނާނީ ކޯއްޗެއްތޯ ބަލާލީ އެވެ.
އެހާ ލޯބިން އަހަރެން ޝުކުރު ދެންނެވުމުންވެސް އެނާ އަށް އަހަރެންނާއި ދިމާލަށް ބަލާލާކަށް ވެސް ނުކެރުނެވެ. އެންމެ ކުޑަމިނުން އިސްޖަހައިގެން ހުރެ މަރުހާބަ ވެސް ކިޔާނުލެވުނުވެ. އަހަރެން ވަކި ކަޑަވާނެ ހެއްޔެވެ. އަހަރެން ކައިރީގައި ހުރި އަންހެން ކުއްޖާގެ އަތުގައި ހިފައިގެން ފިހާރައިން ނުކުމެ، އެ އަތުން ދޫކޮށްލީމެވެ. މާބޮޑު ކަމެއްވެގެނެއް ނޫނެވެ. ކައުންޓަރ ގަ އިން ކުއްޖާއަށް ދައްކަންށެވެ.
އަނެއްކާވެސް ފޯރި ހިފީ އެވެ. ސައިކަލް ބަހައްޓާފައި އަހަރެން ހިނގައިގަތީ އެހެން ފިހާރައަކާއި ދިމާލަށެވެ. ކައިރީގައި ހުރި އަންހެން ކުއްޖާއާއި މަޖާވެސް ކުރަމުންނެވެ. ކޮންމެހެން ހަދާފައި ވިޔަސް އޭނަ ދެރަކުރުވާކަށް ނުވާނެވެ. ކޮންމެ ފިހާރައަކަށް ވެސް ބޯ ދިއްކޮށްލުމަށް ފަހު ރަނގަޅުއެއްޗެއް ނެތޭ ކިޔާފަ ފިހާރައަށް ނުވަދެ ދަނީއެވެ. ނަމަވެސް އަހަރެން އަސްލު މި ބަލަނީ ރަނގަޅު އެއްޗެހި ހުރިތޯއެއް ނޫނެވެ. އަންހެން ކުއްޖެއް ހުރިތޯ އެވެ. ކައިރީގައި ހުރި މަންޖެއަށް ވެސް ހިލަމެއް ނުވާނޭހެން މިގޮތަށް ކަންތައް ކުރަމުން ގޮސް މި ވަދެވުނީ އޮލިމްޕަސް ކަންމައްޗަކަށް ވާގޮތަށް ހުރި ހެދުން ވިއްކާ ފިހާރައަކަށެވެ.
ފިހާރައިގެ ދޮރުހުޅުވުމާއި އެކު އަހަރެން ކައިރީގައި ހުރި އަންހެން ކުއްޖާ ބުމަރެއްހެން ފިހާރަތެރެއަށް ވަދެ އޭނައަށް ކަމުދާ އެއްޗެހި ހޯދަން ފަށައިފިއެވެ. ދެން، އެއީ ވެސް އަންހެނުންގެ މިޒާޖެއްތާއެވެ. "ޝޮޕިން" އެއީ އެމީހުން މަރުދޭކަމެއް ވިއްޔާއެވެ. އެފިހާރައިގައި ހުރި އަންހެން ކުއްޖާއަށް ފިހާރަތެރޭގައި ބަޔަކު އުޅޭހެން ވެސް ހިޔެއްނުވެއެވެ. ގެންގުޅުނު ފޯނަށް ގޮސް ހުސްވެފައެވެ. ކަނދުރާގައި ވަރުނެތިގެން ބޯ ވެއްޓިފަ އޮތް ކަހަލައެވެ.
އޭރުއަހަރެންގެ ހަނދާނަށް އައީ އެއްކަލަ ލޮލީ ވިއްކާފިހާރައިގެ އިން ކުއްޖާ ދިން ޖަވާބެވެ. "ބައެއް ކުދިން އަންނާނެ ފޮށެން ވެސް..." މި ޖުމްލަ ބޮލުތެރޭގައި ބައިންދާއިގެން އަހަރެން އަންހެން ކުއްޖެއް ގޮވައިގެން ވެސް މި އައީ ނުފޮށޭނެ ކަން ޔަޤީން ކޮށްދޭށެވެ. ވީކަމެއް ހަރާމެވެ. މި އިން ކުއްޖެއްގެ ހިނިތުން ވުމެއްވެސް ނުފެނެއެވެ. މިފަހަރު އަހަރެންގެ މައްސަލަ އަކީ ކޮބާ ހެއްޔެވެ؟. އަހަރެންނާއި އެކު ރީތި އަންހެން ކުއްޖެއް އައިމަ ހިތްހަމަ ނުޖެހުނީކަމަށް ވެސް ވެދާނެއެވެ. ހުރި ގަމާރުކަމެއް ޤަބޫލެއެއް ނުކުރަމެވެ. ކައިރީގައި އަންހެނެއް ހުއްޓަސް ކަސްޓަމަރުންނަށް ޚިދުމަތް ދޭއިރު ހިނިތުންވެލުމަކުން މުސާރައިން ބައެއް އުންޏެއް ނުވާނެވެ. އަދި ކިއްތަ، މީހާގެ ރީތި ކަމަކަށް ވެސް ބަދަލެއް ނާންނާނެވެ ފިހާރައިގެ ބޭރުގައި " ފޮ ބެޓާ ސާވިސް، ކަމް އެލޯން" ގެ ބޯޑެއް އިންތޯ ވެސް ބަލާލަން ބޭނުންވިއެވެ..
" ނާނު؟ އަހަރެން މި ދޭތި ނަގަނީ އިނގޭ؟" ސިއްސައިގެން އަހަރެން ދިޔައީ އަހަރެން ގެ އެކުވެރިޔާ ވީދައިގެން ގޮސް އިން ޖީންސަކާއި، މިހާރު މިއުޅޭ އަންހެން ކުދިން ލާ ހުދުކުލައިގެ މޮޅޯއްޓެއްހެން ހުރި ހެދުމެއް ދައްކަމުން ސުވާލުު ކުރީމެވެ. ވަގުތު ނެތުމައި، އިތުރު ފިހާރަތަކަށް ވަންނަން ބޭނުންވާތީވެ އަވަސް އަރުވާލައިފައި ލާރި ދެއްކުމަށް ފަހު އަހަރުމެން ދެ މީހުން ހިނގައިގަތީމެވެ. އުއްމީދު ކުރި ހިނިތުންވުމެއް، ޝުކުރެއް ވެސް ނުލިބުނެވެ. ލިބުނުހާ ވެސް އެއްޗަކީ ގަމީހަކާއި ޖީންސެކެވެ. އެއަށް ވެސް 550 ރުފިޔާ ނެގިއެވެ. ގައިމު ހިލޭ ދިން ނަމަ "އޯކޭ" އޭވެސް ބުނެވުނީހެވެ.
ގަޑިން ދިހައެއް ޖަހަން ފަސް ވަރަކަށް މިނެޓް އަށް ވީ އިރު އަހަރުމެން ދެ މީހުންނަށް އަށެއްކަ ފިހާރައަށް ވަދެވިއްޖެއެވެ. މި އަށް ފިހާރައިން ވެސް ފެންނަން ހުންނާނީ އެއް މޫނެކެވެ. މޫނުގެ ކުލަވަރު ތަކުން ހީވަނީ އަހަރުމެންނަށް އެ ކުއްޖަކަށް ވަރަށް އުނދަގޫ ކުރެވުނީހެންނެވެ. ނޫނީ ގަދަކަމުން އެ ކުއްޖަކު ލައްވާ ކުރުވާ ކަމެއް ހެން ވެސް ބައެއްފަހަރު ހީވެއެވެ. މި ބުނި އަށް ފިހާރައިން އުއްމިދު ކުރި އެއްވެސް ކަމެއް އަންހެން ސޭޓް އެއްގެ ފަރާރުން ނުފެނުނެވެ. ވޮލެޓް ދަވާލިކަން އެކަންޏެވެ.
އަހަރެންގެ އަމިއްލަ ބޭނުމަކަށް މަޖީދީ މަގު ކެމެރާ ވިއްކާ ފިހާރައަކަށް ވަދެ ކަޅި ހޫރަން ފަށައިފީމެވެ. އެތަނުގައި އިން ބިދޭސީ މީހާ އަށް އަހަރެން އެނގެއެވެ. ފޮޓޯގްރަފާރ އެއްގެ ގޮތަށް މަސައްކަތް ކުރާތީ އޭނާއާއި ފުދޭވަރަކަށް ދިމާވެފަ ހުއްޓެވެ. ރަނގަޅު ޕްރިންޓަރ އެއް ބަލާލަން އެދުމުން ފިހާރައިގެ އޮފީސް ހުންނަ ބަޔަށް ވައްދާލައިފިއެވެ.
މިފަހަރު އަހަރެން ހިތްހަމަ ޖެހިއްޖެވެ. ތިން އަންހެން ކުދިން ތިއްބާ އެތަނުން އެކަކު ވަރަށް ލޫޅަފަތި ހިނގުމެއްގައި އައިސް އަހަރެންނާއި ވާހަކަ ދައްކާ އަހަރެން ބޭނުން ވަނީ ކޯއްޗެއްތޯ އަހާ އޮޅުން ފިލުވައިފިއެވެ. އެކުއްޖާގެ ބަސްމަގު ރީތިވެފައި ވާހަކަދެއްކުން ވެސް އެހާ ޗާލެވެ. ކަޅި ޖަހާނުލާ ބަލައިގެން ހުރި ގޮތުން ކައިރީގަ ހުރި އެކުވެރިޔާ އަހަރެންގެ ބޫޓު މައްޗައް ވެސް އަރައިފިއެވެ. އެހާ ހިސާބުން ހޭވެރިކަން ވި ކަހަލައެވެ. އަހަރެން އެދުނު ގޮތަށް ބައެއް ތަކެތި ދައްކައި ވެސް ދީފިއެވެ. ކައުންޓަރގައި ތިބި ދެ ކުދިން ފިހާރަ ބަންދު ކުރާތީ އަހަރުމެން ނުނިކުމެގެން މޫނު މައްޗަށް އަރުވާ ވައްތަރު ވެސް ފެނުނެވެ. އަހަރެންގެ އެކުވެރިޔާ ވެސް އަހަރެން ކައިރީގައި އެވާހަކަ ވަރަށް ސިއްރުން ބުނެފިއެވެ. އަދި އެތަނުން ދާން ވެސް އެދުނެވެ. އެކަމަކު އަހަރެން ކީއްކުރާނީ ހެއްޔެވެ.
އަހަރުމެންނަށް ޚިދުމަތް ކުރަން އައިސް ހުރި ކުއްޖާއަށް ފިހާރަ ބަންދު ކުރާ ގަޑި ޖެހުނު ކަމެއް އެނގޭ ހެނެއް ހިޔެއްނުވެއެވެ. އަހަރެން ވެސް ވަރަށް "ޑަމީ" ވެލާފަ އޭ ދިހައެއްޖަހައިފި ދޯ އޭ ކިޔާ އެކުވެރިޔާ އަށް ބޯވެސް ޖަހާލީމެވެ. ނަމަވެސް، އަހަރުމެން ދެ މީހުންނަށް ތަފާތު އެއްޗެހި ދައްކާއި، އޭގެ ކޮލިޓީ ކިޔާދެމުން މި އަންހެން ކުއްޖާ ދިޔައީއެވެ. އަހަރެން އެ އެއްޗެހީގެ ފޮޓޯ އެއް ފޯނަށް ނަގައި އެހެން ދުވަހަކުން އަންނާނެ ކަމަށް ބުނެ ޝުކުރު އަދާކޮށްފައި ނުކުތީއެވެ. އެއީ ވާ ރީތި ކުއްޖެކެވެ. އެތެރެފުށުންނާއި، ބޭރުފުށުންވެ. އަހަރެން އެކަނި ދެވުނު ނަމައޭ ހިތަށް ވެސް އެރި އެވެ. އެކަމަކު އަންހެން ކުއްޖެއް ގޮވައިގެން ދިޔުމުގެ ސަބަބުން އެ ނަސީބު ވެސް ކެޓީ އެވެ. ގެއްލުނީއެވެ.
މި ކިޔާއިދިނީ މާލޭގެ ފިހާރަތަކުގެ މޫނުމަތީގެ ކުލަވަރު ތަކެވެ. ހަމަ ޔަޤީނުންވެސް އެއްވެސް ވިޔަފާރި ވެރިއެއް އޭނާގެ މުއްޒަފަކު މިގޮތަށް ކަސްޓަމަރުންނާއި ދޭތެރޭ އަމަލު ބަހައްޓާކަށް ނޭދޭނެެއެވެ. ސްކޫލްގައި ނުވަތަ އެހެނިހެން ކޯސް ތަކުން ވެސް މީހުންނާ މުޚާތަބު ކުރާނެ ގޮތް ވަރަށް ރަނގަޅަށް ކިޔައި ދެއެވެ. އަހަރެން ޤަބޫލު ކުރާ ގޮތުގައި މިގޮތަށް ކަންކުރަނީ އެބަޔަކަށް ނޭނގިގެން ނޫނެވެ. ހުންނަ ބޮޑާ ކަމެއްގެ ސަބަބުން ވެސް ބުނެވިދާނެވެ. ނޫނީ ގެންގުޅޭ ފޯނު ގެ މޮޅުކަމުންނެވެ.
އަސްލު ވާ ގޮތަކީ ފަރުވާކުޑައީ. ވަޒީފާއަށް ދަނީ ޕޮކެޓް މަނީ ހޯދަން. ގިނަފަހަފަށް ފިހާރަތަކުން 2 ދަންފަޅި ޑިއުޓީއިން ދޭނީ 6000 ރުފިޔާ. ފިހާރަތަކުގައި ގަިނައިން މި ތިބެނީ މާލެއަށް ކިޔަވަން އައިސް ތިބޭ ކުދިން. ކިޔަވަން ގޮސް ވަރުބަލި ވެފަ، މޫޑީ ވެފަ ތިބޭނީ. އަނެއް ފެކްޓަރ އަކީ ނިދި ހަމަ ނުވުން. ސޯސަލް ލައިފް ނެތީމަ ފޯނުން ދަންވަރު އިނޓަނެޓް އަށް ވަދެލާފަ ނިދާނީ.ގިނަ ކުދިން ރޫމް ސެއަރ ކުރީމަ ނިދަން ވެސް ޖެހޭނީ ދަންފަޅި ބަހަން. ދެން ކަސްޓަމަރ ސާވިސް އަކީ ކޯޗެއްކަން ވިޔަފާރި ވެރިންނަށް ވެސްނޭގޭ،އަދި މީހުން ރެކްރޫޓް ކުރަން ނޫލެނީ ލޯންގ ޓާރމްްއަށް
ލެކިއުޓް،ލިނޗްޕިން،ރެޑްވޭވް، ގައި އުޅޭ ކުދިން ވަރަށް ރަގަޅު
ރެޑްވޭވްގެ ކަސްޓަމާ ސާރވިސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ..
ރެޑް ވޭވް ތިޔަށް ނުލިނަމަ ތަންކޮޅެއް ޤަބޫލުކުރެވުނީސް
އޮބި ލިޔުމެތް... މިގެ ކޮމެންޓުސް ކިޔާލަން ފަހުން އަންނާނަން..،
ލޮލް
ތިޔައުޅުނީ ހަމަރަނގަޅަށްވެސް އަންހެކުދިންނާފޮށެން!!!
ިފިހާރަތަކުގައިތބޭ ގިނަ ކުދިންނަކީ ހެނދުނު ދާގޮތަށް ރޭގަނޑު 11 ޖަހަންދެން އަރާމެއްނެތި މަސައްކަތް ކުރާ ކުދިން. ގިނަ މީހުންނަކަށް ނޭނގޭނެ މިކުދިން ވަރުބަލިވެ މޫޑް އޮފް ވާ މިންވަރެއް. ލިބެނީ އެހާމެ ކުޑަ މުސާރައެއް. މި ލިޔުމުގައި އެކަންކަމަށް އަލިއަޅުވާލާފައެއް ނުވޭ!.
ލިބެނީ ކުޑަ މުސާރަ އެއްކަން އެންގި ހުރެ ދެއްތޯ ވަޒީފާޔައް ދަނީ....
އިތުރު ގޮތެއްވެސް ނޯންނަނީ... ކިޔަވަމުން ކޮންމެ ކޮންމެ ތާކުން ވަޒީފާ ހޯދުމަކީ އުނދަގޫ ކަމެއް. ކުރެވޭނީ މަސައްކަތް...
މީ ހަބު ލިޔުމެއް. މަޖާ ވަރަށް ހަމަ.
ސޮރީ.....އަހަރެންނަށް ވެސް ހެދޭ ތިހެން.އިހްތިރާމް ކުރުން ހައްގު ފަރާތަކާމެދުގަ...އެއީ އަހަރެންނަށް ވ.ބޮޑު އިޙްސާންތެރިކަމެއް ވެދީފަވާ އަދި މިހާރުވެސް އެގޮތުގަހުރި ދެގޮތެއްނުވާ ޝުކުރުކުރުން ހައްގު ފަރާތެއް.ބޭރުތެރެއިން ފެނުނީމަ ވާހަކަ ދައްކަންވެސް ބޭނުންވޭ އަދި ހިނިތުންވެލަން ވެސް ބޭނުންވޭ.އެކަމަކު ހަމަ އިގްނޯކޮށްލެވެނީ.ނޭނގެ ވާގޮތެއްވެސް ފެނުނީމަ ލަދުގަންނަނީ.ފަހުން ވ.ދެރަވެސްވޭ އަދި އަމިއްލަ ނަފްސު ކުއްވެރިކުރެވޭ އެހެން ކަންތައްތައް ކުރެވޭތީ.އަސްލު އެހެން ހަދާކަށް ބޭނުމެއް ނުވޭ.އެކަމަކު އެހެން ހެދެނީ.
ތީ ކޮން ފިހާރަ އެއްގަ އިންނަ ކުއްޖެއްތަ؟
ލޮލް...މަ ހީހީ ހަލާކު...ހަމަ ހުވާ މިބުނީ?????
އަސްލުވެސްތަ ސާރާ!!ހަމަ އެހާ މަޖާ ކޮމެންޓެއްތަ އަހަރެންނަށް ލިޔެވިފަ އިނީ؟؟؟؟ހީހީ ހަލާކު ވިޔަސް އެއީ ހަމަ ހަޤީޤާތް.
އެކަމް ދެޓް ކޮމެން ސަންޑްސް ރިއަލީ ގަމާރް?
އައިޝާ ތިކަމަށް ރުޤްޔާ ކުރަން ފެނޭ އިނގޭ.
ތީ ހެޔޮ ނިޔަތެއްގަ އެއްނޫނޭ ތިއުޅެނީ....މީހުންގެ އަބިންނާ ބިޓުން ތިބެނީ
އަޖައިބު. އަންބަކަސް. ބިޓަކަސް. ދަރިއަކަސް. އުޅެން ވާނީ ވަޒީފައިގައި އުޅެންޖެހޭ ގޮތަކަށް...
ތެދެއް ތި ހާމަ ކުރީ. މޫނު ކުނި ކޮށްގެން އިނުން މީ ގިނަ ކުދިންގެ ސްޓައިލް މިހާރު.
ކަލޭ ބޭނުންވަރަކަށް ވާހަކަ ނުދެއްކިއްޔާ އެވީ ފޮނި...ކަލެއަށް ނުކެޓުނިއްޔާ އެވީ ފޮނި...ކަލޭ ބޭނުން ގޮތަކަށް އަބުރާލެވިއްޖިއްޔާ އެވީ ރަނގަޅު
މިތާނގަ ނެތް ބިޓުން ނުލިބޭ ވާހަކައެއް. ސޭލް ގާލް އަށް ޒިންމާ ނުއުފުލޭ ވާހަކަ އޮތީ..
އެބުނާހެން.. ރަނގަޅަށް ކިޔާލިންތަ..
ޙުސައިން ސިނާނު މިއީ ވަރަށް މޮޅު ލިޔުުންތެރިއެއް. ވަރަށް މޮޅު ލިޔުމެއް. ބަސްކޮށާރާއި، ބަހުގެ ހަމަތަށް ވަރަށްވެސް ފުރިހަމަ.
ޙުސައިން ސިނާނު އަކީ ކާކު؟ ވަގުތު ގަ ލިޔާ އެއްޗިސް މިހާރު ވަރަށް ރަނގަޅު އެބަވޭ. ޙުސައިން ސިނާނު ކަހަލަ މޮޅެތި ލިޔުންތެރިން ގިނަަކުރަން ފެނެ..
މޮޅު ލިޔުން. އެކަމަކު "އެއްޗިސް"..ދޯ؟!
ވަގުތުގެ ނޫސްވެރިން ފުރީމަ ދޯ ސިނާނު މި ލިޔަނީ. ވަރަށް ފައްކާ ލިޔުމެއް. ހީހީ ހަލާކު..
މި ލިޔުން ކިޔޭވަރެއްނޫން... ވަރަށް މަޖާ.. ހަހަހަ...
ހަމަ އެކަނި ފިހާރަތަކެއް ނޫން ސަރުކާރު އޮފީސްތަކުން ވެސް ފެންނަނީ ހަމަ މިމަންޒަރު.
ހުވާ މިކުރީ ހިނިއަންނަވަރުން ނުވެސްކިޔޭ ވވވވވވވ. މަޖާ
ހުވާ މިކުރީ ހިނިއަންނަވަރުން ނުވެސްކިޔޭ ވވވވވވވ. މަޖާ
މި އާޓިކަލް ކިޔާލުމުން ޒުވާން ފިރިހެން ޖީލު ހަލާކު ވެއްޖެކަން އެނގޭ.
މިތާއިން ހަމައެކަނި ރަނގަޅު ކޮމެންޓު
މިލިޔުމުން އަސްލު ދޭހަވާކަންތައް..........
ބަލަގަ އެކި މީހުން ދޭނީ އެކި ކޮމެންޓްސް އޭ...ވަކި ރަނގަޅު ގޯސް ކޮމެންޓެއް ހުރޭތަ؟؟
ފިރިހެން ޖީލު ހަލާކުވުން މިލިޔުމުން ދޭހަވީތީ ހަމަ ހައިރާން. އަންހެން ކުއްޖަކަސް ހިދުމަތް ހޯދަން އަންނަ ބަޔަކަށް ކުނި މޫނު ދައްކައިގެ ތިބުން އެއީ ހަޑި ގޮތެއް ދެއްތޯ. އަންހެން ބޭފުޅަކު ހިދުމަތް ހޯދަން ދިޔަސް ގިނަފަހަރަށް ފެންނަނީ ހަމަ މިކަހަލަ މަންޒަރެއް. އެއީވެސް ފޮށިދާނެތީ ތޯ؟
ފިހާރަ އަށް ދިޔައީ އަންހެނަކާ ފިރިހެނެއް! މިއަކު ޖެންޑާރ މައްސަލައެއްކަމަކަށް ފާހަގަ އެއްނުވެ!
އަސްލުވެސް ވަރަށް ޝައުގުވެރި ލިޔުމެއް. މިހާރެއްނޫން އޭރުވެސް މިހާރުވެސް ފިހާރަތަކުގައި ކަންހިގާ ގޮތް. ސޭލްގާލްސް ހިތަހަމަޖެހެއްޔާ އެމީހެއްގެ ފަހަތުން ނަންޓާނުލާ ފިހާރައިން ނުކުންނަށްދެން ފަހަތުން ދުވާނެ. ހައްސަގޮތެއް ހުރިއްޔާ ނަމްބަރުވެސް ހޯދާ.
އަންހެނުން އެކަންޏެއް ނޫން. ފިރިހެނުން ވެސް. ބުރުޒުމަގު އީވޯ މާރޓް ފިހާރަ އަށް ޒިޔާރަތް ކޮށްލައްވާ
ބައެއް ކުދިން ތިބެނީ އެމީހުންނަށް އެމީހުން ފެނިފަ
މި ލިއުން މަޖާ ވާންވި ސަބަބެއް އަހަންނަކައް ނޭންގުނު.
ލިޔުމުގެ މައްސަލައެއް ނޫން. ތިބޭފުޅާގެ މައްސަލައެއް. ކައުންސިލިން ނޫނީ ސައިކޭޓްރިސްޓެއްގެ އެހީ ހޯދަން ފެނޭ.
އަސްލު ރަނގަޅު ހަބަރެއް. ވަރައް މޮޅެތި ކުދިންއުޅޭ، ވާހަކަ ނުދެއްކިޔަސް ހިނިތުންވުމެއް ދޭނަމަ، އެވަރުވެސް ނުވަނީ. ކީއްކުރާނީ. ފިހާރަތަށް ހިންގާވެރިން ހަމަ ދަހީ ، މުސާރަ ދެނީ 3000 ރުފިޔާ ޖުއްޓީޔެއް ނުއެއްދޭ، ބަންދުދުވަހެއްވެސް ނުއެއްދޭ.
އެހިަރީ ޗުއްޓީއެވެސް ނުއެއްދޭ.އީދެއްވެސް ނުއެއްދޭ. ރޯދަޔައް ތިބެންޔާ ތިބެންވީ. ދެންކިހިނެތް ހިނުތުންވުމެއްވެސް ވާނީ. ގޮތެއްނެތީމާ ދަނީ 3000 ރުފިޔާވެސް ހޯދަން.
އެހެންވީމާ އެވަރު ކުޑަ
އަހަރެން ބޭނުން ހުސެން ޝިނާން އާ ބައްދަލު ކޮށްލަން. އިޒް އިޓް ޕޮސިބަލް ފޯރ މީ ޓު މީޓް ހިމް. ވަރަށް އިންޓްރެސްޓިންގ ލިޔުމެއް. ފާހަގަ ކޮށްލަން ބޭނުން ކުރާ ބުރަ މަސައްކަތް. ހަމަ ސާބަސް.
އާނ! ޑައިރެކްޓްރީ އިން ނަންބަރު ހޯދައިގެން ގުޅާލާ...
???
ތީނަ މިހާރު އޭނައަށް ހިތް ކީ ދޯ
މި ލިޔުނު ލިޔުންތެރިޔާ އަށް ހަމަ ސާބަސް
މި ލިޔުމަކީ ވަރަށް ފެންވަރު ރަނގަޅު ލިޔުމެއް..ނާނު އަށް ހަމަ ސާބަސް???
ޢެނގޭ ވަރަށް ބިޒީ ކޮށްކަން އުޅޭނީ... ޕާޓް ޓައިމްގަ ކަންވެސް....ބަޓް އެޓްލީސްޓް ކީއްތަވާނީ ޕޭކުރަން ކައުންޓަރު ކައިރި ހުންނަ އިރު ސްމައިލް އެއްދޭން... އޭރުންވެސް ކަސްޓަމާސްގެ ހިތްހަމަޖެހިލާނެދޯ.... އުންމީދުކުރަން މި އާޓިކަލްކިޔާފަ ސޭޓުން ރަނގަޅު ކުރާނެކަން... ވަގުތު ނޫހިން މިކަހަލަ މުޖުތަމައު އާ ގުޅޭ މައުލޫމާތު ގެނެސްދީބަލަ ގިނަގިނައިން... ނައިސް އިޓް.... ????
މާވަރަކަށް އަންހެންކުދިންނާ ހެދީ ތި އުޅެވެނީ ތި ދުވަނީ އަންހެންކުދިން ހޯދަން. ޥިދާ ކޮންމެ އެއްޗެއް ރަނަކައް ނުވާނެ
މީގަ މިއޮތީ އަންހެން ކުދިން ހޯދަން ދުވާ ވާހަކަތަ؟؟ ރނގަޅަށް ކިޔާލާ..
މަށަކީ ސިނާނު ދަންނަ މީހެއް. އޭނަ ނޫޅޭ ބިޓުން ނުވެގެން. ލޮލް.
މާ އަންހެން ބައި ބޮޑީ ދެން ކޮންކަމަކު ތި ހާވަރު ވާކަން. ތި ކަހަލަ ފިރިހެނުންނަށް ހީ ނުލިއަސް ރަނގަޅުވާނެ. މިހާރުވެސް ތިހިރީ ވާވަރު. ޥިދާހާ ކޮންމެ އެއްޗެއް ރަނަކަށް ނުވާނެ
ފެރީޓާމިނަލްގަވެސް ތިބޭ މޫނު ކުނިކޮށްގެން ތިބޭކުދިން
އަސްލު ވަރަށް ރަގަޅު ވާހަކައެއް... ގިނަ ފިހާރަ ތަކުގަކަންހިނގާ ގޮތް
އަޅެ ތިއިން އެކަކުވެސް މި ލިޔުމަށް މާޝާﷲ އޭ ނުބުނަމެއްނު...ނޫނީ އެ ކުއްޖާ އަށް އެސްފީނާ ޖެހިދާނެ....?
މަށަށް ހީވަނީ ނާނު މޮޅީ ފޮޓޯގްރާފިން އަށްވުރެ އާރޓިކަލް ލިޔަން ހެން...މާޝާﷲ...??
ވަރަށް ފްލާޓީ ސޮރެއް މިއުޅެނީ
ދޯ؟ ވަރަށް ކިއުޓް ސޮރެއްހެން ހީވަނީ.. އައި އޭމް އިމްޕްރެސްޑް ވިތް ޔުއާރ ރައިޓިންގް ސްކިލް..
އަހަންނަށް ހީވޭ ތި ކިޔާ ސިނާނު ދަންނަހެން. ފޮޓޯގްރަފާރ އެއްތީ. ނާނު ވަރަށް މޮޅުވާނެ ފޮޓޯ ނަގަން. އެކަމަކު މިފަހަރު ލިޔުންތެރިކަމުން ވެސް 1 ވަނަ. ހިޔެއްނުވޭ ނާނު އަށް އެހާ އުދަގޫ ކަމެއްހެން ތީކީ. އެ ސޮރު އާމު ދިރިއުޅުމުގަވެސް ވާހަކަ ދައްކާގޮތް ތިއީ... މޮޅޯޓޭ، އިލޮއްޓޭ ކިޔާ މޮޅެތި މިސާލު ޖަހާނެ. އެހާ ފްލާޓީ ވެސް ވާނެ. އެކަމަކު އޭނަ ތި އަންހެނުން ގެ ކަންތަކާ ނޫޅޭނެ ވަރަށް. ވަރަށް ސަޅި ލިޔުމެއް.
އައި ލަވް ޔޫ ނާނޫ.....
ބަލަގަ މި އިނދަ މޮޔާ. އެންމެ ލިޔުމެއް ލިޔަން ވެގެން 2000 ރުފިޔާ ބޭކާރު ކޮށްލީ؟ ކަލެއަށް މި ލިޔުން ލިޔެގެން ހާދަ ބައިވަރެއް ލިބެޔޭ ދޯ؟
އެހެން ޤައުމުތަކުގައިވެސް މޮޅެތި ޙަބަރު ލިޔަން ރިސާޗް ހަދާ ބޮޑެތި ހަރަދުތައްވެސް ކުރޭ! ހަމައެކަނި ލިބޭ ފައިސާއާ މެދު ނުވިސްނަބަލަ. މިލިޔުމުން އެސޮރު އެތައް ކިޔުންތެރިންނެއްގެ ހިތް އަތުލައިފި. އެއީ ދޯ ލިޔުންތެރިއެއްގެ ބޭނުމަކީ.
އުޅޭ މީސްމީހުންގެވެސް ގޮތުން ހީލައި ރީއްޗަށް ވާހަކަވެސް ނުދެއްކެނީ.ރީއްޗަށް ވާހަކަ ދަށްކާލިޔަސް މިއުޅޭ ފިރިހެންކުދިންނަށް ހީވަނީ ތިމާ މާރީތިވެގެން އޭނައަށް ކެޓެނީއޭ.ދެންގޮސް ވަރަށް ފަސޭހައިން ސެޓްވާނެ ކުއްޖެކޭ ކިޔައިގެން މީހުންގާތު ފާޑުފާޑުގެ ވާހަކަ ދަށްކަނީ.ދެންއޮންނާނީ ފިރިމީހާއާ ހިސާބަށް އެއަޑުގޮސްގެން މައްސަލަ ޖެހިފަ.އެވަރު ވިސްނޭމީހުން ތިބޭނަމަ ނުޖެހޭނެދޯ މޫނު ހަދައިގެން އިންނާކަށްވެސް.ވ ވެދުން.
ޔާ ޔާ ޔޫ އަރ ރައިޓް ޑިއަރ. އެކަމަކު އަހަރެމެން ކަހަލަ މަދު މީހަކު އަންހެން ކުދިން ހީލާފަ ވާހަކަ ދެއްކީމަ ނުބައިކޮށް ނު ނަގަނީ،
ކަލޭމެން ހުރިހާ ވަގުތު މުވައްޒަފުން ތި ދިޔަ ޗުއްޓީއަކުން އަނބުރާ ނައިއްޔާ ވަރަށް ރަނގަޅު!
ދޯ! އޭރުން އަހަންނަށް ހީވަނީ މިކަހަލަ ސަޅި އެއްޗިސް އަހަރުންނަށް ކިޔޭނެހެން.
ބަލަގަ އެމީހުން ޗުއްޓިށް ދިޔަސް ބަރާބަރަށް އާރޓިކަލްސް އަޕްލޯޑް ކުރެޔޭ
އޮފީސްތަކުގަަވެސްްތިބޭާ ރޫޑު ކޮށްކަންތައް މީހުން....ވަރަށް ފާހަގަ ވޭ މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް މަޢުލޫމާތު ހޯދަން ގުޅީމަ ވާހަކަ ދައްކާ މީހާ....
މިހާރު ހަމަ ގިނަ މީހުން ޚިދުމަތް ހޯދަން ދިޔުމުން ކުޑަކޮށް ހީލާފަ ކޮންމެހެން އަހާން ޖެހޭ ސުވާލެއް ކޮއްލިޔަސް ހެއްދެވި ނެހެއްދެވީއަށް ގޮވާ.ސަރުކާރަށް ހިންހަމަ ނުޖެހެތީ ހުރިހާ ރޯޅިއެއް އަހަރެމެން ޚިދުމަތް ދޭން ތިބޭމީހުންނަށް.ބްރޭކެއް ނުލިބި މަސައްކަތް ކުރަނީ.މަސއްކަތުގެ މާހަލު ވެސް ބައްޓަން ކުށްފައި އޮންނަނީ ފަސޭހައިން ޚިދުމަތް ދެވޭގޮތަކަށް ނޫން.ކުޑަމިނުން ގެއާހަމަޔަށް ފޯރަންދެން ކުޑަގިފިލި ހިފަހައްޓައިގެން ހުންނަން ޖެހެނީ.ދެން ކިހިނެތްތޯ ރަގަޅު ޚިދުމަތް ދޭނީ ކިތަންމެ ބަެނުން ވިޔަސް.އަހަރެމެންނާވެސް ހީލާފަ ރީތިކޮށް ވާހަކަ ދެއްކީމަ ހަމަ ދެއްކޭނީ ރީތިކޮށް އޮޓޯއިން.އެއްދުވަހެއްގައި އެއްވަގުތެއްގައި އެއް ޚިދުމަތެއް ހޯދަން ދިޔަ ދެމީހަކަށް ތަފާތުކޮށް ޚިދުމަތް ދެވުނު .ފުރަތަމަ ދިޔައީ ޓީވީ އިން ފެންނަ ޝަކީބުބެ.ޑޮކްޓަރަށް ދައްކަން ދައްކަން މެމޯ ހައްދަން ނަންބަރ ނަގަން ދިޔައިރު ޓޯކެން މައްސަލަ ޖެހިފައި.އިރުކޮޅަކު މަޑުކޮށްލަދޭން އެދުމުން ބަވައިގަތީ.އޭރު ވެއިޓިންގަ ކުރިން ފިލްމު ކުޅުނު މޫސާ ޒަކަރިއްޔާ ހުރި.
މި މައްސަލަ ދިމާވިއިރު މޫސަގެ ނަންބަރު ކުރިޔަށް އޮތީ.އެކަމަކު ޖެހުނީ މަޑުކޮށްލަން.މައްސަލަ ރަގަޅު ކުރެވުނު އިރު ބައެއް ނަންބަރ މިސްވެގެން ގޮސްފައި ހުރީ . ޢެކަމަކު މޫސަ ވަރަށް ރީތިކޮށް ވާހަކަ ދެއްކީ .އަބަދުވެސް ވަރަށް ފާހަގަވޭ.ހީލާފަ ޝުކުރު ވެސް އަދާކުރާނެ.ޝަކީބު ވެސް މޫސަ ވެސް އައީ އެއް ޚިދުމަތެއް ހޯދަން އެކަމަކު ދެވުނު ޚިދުމަތް ތަފާތުވީ .
ވަރަށް މިކަހަލަ ކުދިން އުޅޭ މިހާރު.. އެއްވެސް ކަމަކާ ނުލާ ރުޅި އަންނަ ކުދިން.. ބިޓާ ނޫނީ ގޭގައި އުޅޭ މީހުންނާ މައްސަލަ ޖެހުނީމާ އެކަން ދައްކަނީ އަންނަ ކަސްޓަމަރުންނަށް.. އެއްވެސް ކަސްޓަމަރ ކެއަރ އެއް ނޯވޭ.. ކާޑުން ކަޑާފައި ކާޑުވެސް އަތަށް ދިނުމުގެ ބަދަލުގައި އެއްލާލަނީ. ލާރިއަށްވެސް ހަމަ އެހެން ހަދަނީ. ވަރަށް ގިނަ ތިޔަކަހަލަ އަންހެން ކުދިންނާ ދިމާވެއްޖެ. އެއީ ލޯންގްޓާމް އެއްގައި އެކަހަލަ ވަޒީފާތަކުގައި ގެންގުޅެން ރަނގަޅު ކުދިންނެއް ނޫން..މިހާރު އެގޮތަށް ހަދާ ކުދިން އުޅޭ ތަންތަނަށް ދާން ފޫހިވެސްވޭ..ނުވެސް ދަން.. ގެއްލުންވާނީ ކޮންބަޔަކަށް.. ހަމަ އެފިހާރާގައި އުޅޭ މީހުނަށް.. ދެން ހޮސްޕިޓަލް ކަހަލަ ތަންތަނުން މިހާ އަން ޕްރޮފެޝަނަލް ކޮށް ކަންތައް ކުރުމަކީ އެހީ ވަރަށް ހިތާމަ ހުރި ކަމެއް
ލޮލް
ހަހަހަ
ހޫމް ހެންވޭރުގަ އެހުންނަ ޒަމާނުންސުރެ ހިންގާ ކެލަމް ފިހާރާގަ ތިބޭ ދިވެހި އަންހެން ކުދިންނަ ބަންގާޅީ ސޭލުސް މަނުން ވެސް އަބަދު ތިބެނީ ޒުވާބްކޮއްލަ ކޮއްލާ ކަސްޓަމާކ ކެއަރ އެއް މީހަކަށް ރެސްޕެކްޓް ކުރުމެއްނެތް އަޑުގެ ކޮޅަށް އަޑުގަދަކޮށްފަ މަ މިހާރު އެއްދުވަހު ދިމާއައްވެސް ބުނެފިން
ފިހާރަ ތަކުގަ މަސަކަކުރާ ހުރިހާ މީހުން އެެއްގުތެއް ނުވާނެ
ކެލަމްގެ އެއްމެ ސޯވިސް ރަގަލު ފިހާރަ އަކީ ހެންވޭރު ފިހާރަ މަށައް
ދިވެހިރާޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގަ ވެސް ތިބޭ މިކަހަލަ މީހުން.ކަމެއް ބޭނުންވެގެން ގޮވާލިއަސް ގިނަފަހަރު ނޭނގޭ ކަމަށް ހަދާލާފައި ތިބޭނީ.ނޫނީ މޫނު ކުނިކޮށްގެން އައިސް ހިދުމަތް ދެނީ.ކުރިން ރަނގަޅު.އެކަމު މިހާރު އެއްގޮތަކަށްވެސް ކަމަކު ނުދޭ.
ދިވެހި ބައެއް ފިރިހެން ކުދިންނަށް ހީވަނީ އަންހެން ކުއްޖަކު ހިނިތުންވެލާފަ ހިތް ހެޔޮ ކަމާއިއެކު ވާހަކަ ދެއްކީމަ އެއީ ފިރިހެން ގޮލާއަށް ކެޓެނީ ކަމަށް. ދެން އެ ޖެހުނީ ބޮޑުތާ. މިއީ މިހެން ބުންޏަސް ބައެއް ކުދިންގެ އަމަލު ހުންނަ ގޮތެއް. އަހަރެމެން ކަހަލަ ސްމަރޓް ފިރިހެނުންނަށް އެކަން އަންޑަސްޓޭންޑްވޭ. މީގެ އަނެއް ކޮޅަށް ބަލާއިރު ބައެއް އަންހެން ކުދިންނަށްވެސް ހީވަނީ ފިރިހެންކުދިން މާ ފްރެންޑްލީ ކޮށް ވާހަކަ ދައްކަން އުޅެފިއްޔާ ދެން އެ ކުއްޖަގެ ރީތިކަމުން ބައެއް އުނިވަނީ ކަމަށް. ނޫނީ ފިރިހެން ކުއްޖަކު ފްރެންޑީކޮށް ވާހަކަ ދައްކަން އުޅެފިއްޔާ ވަރަށް ފޮނިވެފަ ތިބޭނީ،
ހިނިތުން ވެވޭނީ މުސާރައިން ތަންކޮޅެއް ބޮޑުކުރީމަ. އަދި ހިނި އައިމަ ރީތި ކަމައް
ވެސް ބަދަލު އަންނާނެ. ވަރައް ކަޑަ މިޒާޖެއް ހަމަ ތިހުންނަނީ... ވަރައް ކަޑަ ފޫހިވާ
ކަހަލަ.. އާރޓިކަލް ކިޔަމުން އައިއިރު ވެސް ފާޑަކައް ފޫހިވި ތި ފިރިހެނާ މަތިން.
އަސްލުވެސް ވަރައް ކަޑަ
ބުނަންތަ ވާހަކައެއް. އަސްލު ކޮންމެހެން ނުޖެހޭނެ ހެވިފަ އިންނާކަށެއް އިނގޭ. ނުވެސް އިނދެވޭނެ. ފާޑު ފާޑު ގެ މީހުން އައިސް ހެއްދެވި ނެހެއްދެއި އަށް ވެސް ގޮވާ. ނުލާހިކު ރީތި މޫޑެއްގަ އިންނައިރު ފަނި ކޮއްލާނެ ހަމަ އައިސް ކޮންމެވެސް މޮޅު އެއްޗެއް ކިޔާފަ. އެ އަހަރުން ކަމެއް ކޮއްގެނެއް ނޫން ދޯ. ވެރިން، ނޫނި މެނޭޖްމެންޓަށް ޕާސް ކުރަންޖެހޭ އެއްޗެއްވެސް އެސިސްޓު ކުރަން ތިބޭ ބަޔަކަށް ބުނެދެވޭނެ ދޯ ރީއްޗަށް. އެކަމަކު އެހެނެއް ނުވެއެއްނު ކަންތަކެއް. ކޭޝިއަރ ނޫނީ ސޭލްސް ގާލް އަށް ދޯ ފޮޅާ ލެވެނީ. ހުވާ މިބުނި ގިނަ ރނޑނ ނަކަށް ނޭނގޭނެ ތެންކިޔޫ ބުނެލަންވެސް. އެހެންވީމަ މޫނު މަތިން ހިނިތުންވުމެއް ނާންނާނެ ދޯ. އެހެންނޫނަސް ރީއްޗަށް ކޮމިއުނިކޭޓް ކުރަން އެނގޭ މީހުންނާ ރީއްޗަށް ވާހަކަވެސް ދެއްކޭނީ. ސްމައިލް ވެސް ކުރެވޭނެ އޮޓޯ އިން އެކަހަލަ މީހުންނަށް. ދެން ބުނާނެ ކަސްޓަމާސް ގެއްލޭނެއޭ ދޯ. އެކަމް މަށަށް ކީއް. މަތަނެއް ނޫނެއްނު. މެނޭޖްމެންޓުން، ނޫނީ ވެރިން ގެ ބީތާ ކަމުން ކަސްޓަމާސް އަހަރުންނަށް ބަލާ އަރުވަނީ. އެހެންވީމަ ވައި ގިވް އެން އެފް؟ މަށަށް ކޮން ކަމެއް؟ މިކިޔައި ދިނި ވާގޮތް. ގެޓު ވެއްޖެ ކަމަށް އުންމީދު ކުރަން.
މިކޮމެންޓަށް މަ ތާއީދު.ހަމަ ރަގަޅު ވާހަކަ.
އަހެރެންނަކީ ކޮސްމެޓިކްސް ވިއްކާ ފިހާރައެއްގެ ސޭލްސްގާލްއެއް. މިތަނަށް އެވްރީ ޓޫމަންތްސް ގަ އަންނާނެ ފިރިހެން ކުއްޖެއް. އޭނާގެ އަންހެނުންނަށް ބޭނުންވާ އެއްޗިހި ގަންނަން. ވައިބާކޮށްގެން ސެލެކްޓް ކުރާނީ. ވަރަށް ތަފާތު ކުއްޖެއް އެއީ. ބަލާލަން އެހާ ރީތި ނޫނަސް މީހުންނަށް އޭނާ ކުރާ ރެސްޕެކްޓް ފެނިފާ އަސްލު ތެންކްޔޫ އޭ ބުނެލަން ބޭނުން.
ޢަންހެން ކުދިން މަސެއްކަތުގައި ފިރިހެން ކުދިން އިސްތަށި އަނބުރަމުން ބޭކާރު ވަގުތު ހަެދަކުރަމުން ދުވަނީ
ފެރީ ޓާމިނަލު ތަކުގަ ހުންނަ ކުދިން ވަރަށް ފާޙަގަ ކުރެވޭ މޫނު ކުނި ކޮށްފަ ހުންނަ ކަން. ޓިކެޓު & ބެލެންސް މޫނު މަޢްޗަށް ޖަޙަނީ ވެސް... މާލެ ޢިން ޢެންމެ ފާޙަގަ ކުރެވެތަން ޢެޢީ...
އަޚްލާގީ މިންގަނޑަށް މި ލިޔުން ފެތޭ ބާ؟
ތި ގޮތަށް "ރީތި" ކުދިން ހޯދަން ދަންޏާ ދައްކާނީ ކުނި މޫނު. އެ ކުދިން ގެ މައްސަލައަށްވުރެ ބޮޑަށް ލިޔުންތެރިޔާ ގެ އެޕްރޯޗް އަހަންނަށް ކަމަކު ނުދޭ!
ހުރިހާ މީހުން އެގުތެއް ނުވާނެ
ތިކަހަލަ އަންހެން ކުދިން ހޯދަންދާ ފިރިހެނުންނަށް ހީލިޔަސް ހީވާނީ އެހިތް ކީޔޭ މިރާޖޭގަ ކަސްޓަމަރ ސާވިސް ނުދެވެނީ ތިކަހަލަ މީހުން އުޅޭތީ
ކަސްޓަމަރުން ގޮސް ތަންތާ ޙިދުމަތް ދޭން ތިބޭ ކުދިންނާ ދިމާލަ އައުގުރާނަ ގޮވާ ނުވާތަކަށް އާއިލާ އެމެންނާ ބެހިފަ ދާއިރު އެއްޗެއް ހިތަށް ނާރާ
ޕޯސްޓް ގައި ތިބޭ ކަސްޓަމް މުވައްޒަފުންނަކީ އެއްގޮތަކަށްވެސް މީހުނާ ރީތިކޮށް މުއާމަލާތު ކުރަން ދަންނަ ބައެއް ނޫން.. ވަރަށް ރޫޑް.. ކަސްޓަމަރ ސާވީސް ހަމަ އެއްގޮތަކަށްވެސް ނޭނގެ.. އެތަނަށްގޮށްސަ ލޭ މައްޗަށް ގޮސްގެން ނިކުންނަނަން ޖެހެެނީ.. އެމީހުން ވާހަކަދައްކާ ގޮތުން.. ސުމެއް މަ ދޭނީ..
ތީގަ ފޮށުން ނޫން އެއްޗެއް ނެތެއްނު.
ރަނގަޅު ނިޔަތެއްގަ ލިޔެފަ އިން އެއްޗެއް ނޫން މި.
މީހުން ފޮށޭ ވަރުން ވެސް މޫނު ކުނި ކުރެވޭނެ.
ފިހާރަ އެކަނި؟ ސެނެހިޔާއަށް ޓެސްޓެއް ހަދަންގޮސް ވާނުވާ އަހާލަން އެތާ ކައުންޓަރުގަ އިން އަންހެން ކުއްޖެއްގާތު އަހާލިން. އެހާ ރީއްްޗައް އަހާލީމަވެސް ހާދަހާ ބުމަ ގޮއްޖަހާފަ ރުންކުރު ޖަވާބޭ ދިނީ.
ވިޔަފާރި ހިންގާ ބޮޑެތި މީހުން ނުކުރޭ މުވައްޒަފުންގެ އަގުވަޒަނެއް. ހަމަ ބަހައްޓާފަ ތިބޭ ރޮބޮޓުންހެން މަސައްކަތް ކުރުވާފަ ހަމައަށް އޯވާ ޓައިމް ވެސް ނުދޭނެ. ދެން ކީއްކުރަން ހިނިތުންވެފަ ބަންދު ކުރަންވާ ގަޑީގައި ޙިދުމަތްތަކެއް ދޭންވީ. ދެން އަދި ބައެއް ފަހަރަށް އަންނާނެ ކަސްޓަމަރުން އެންމެ ފަހު ވަގުތު އައިއްސަ ބޮޑެތި މަސަތްކަތް ތަކެއް ޖައްސާފަ ލަސްވެގެން ހަޅޭލަވާނެ. ކަސްޓަމަރަކަށް ވެވުނީމަ އަހަރެމެންނަށް ހަދާނެއް ނުވޭ އެމީހުން ކުރާ ބުރަ މަސައްކަތެއް. ސޭލްސް އެސިސްޓެންޓުންނަށް ޖައްސާ ޑެލިވަރީވެސް... މިއީ ވަރަށް ވާހަކަ.
މޮލްޑިވް ގޭސް ކުދިން ވެސް ވެމްކޮ ކުދިން ވެސް ކަޑަ
ވާހަކަ އުޅޭ ޒުވާނާ ހީކުރީތަ އޭނަ އެއުޅެނީ ޝާދީ ޑޮޓް ކޮމް އަށް ވަދެވިގެންނޭ.
ގަންނަ އެއްޗެހި އަގުހެޔޮވީމަ ކޮލިޓީ ދައްވޭ.ހަމަ އެގޮތައް މުސާރަ ކުޑަވީމަވެސް ކޮލެޓީދައްވާނެ ދޯ...
ފުރެންޑްލީ ކުއްޖެއް ވިއްޔާ ދެން އެވީ ބަޑިއަކަށް ނޫނީ ބޮމަކަށް / ވަރަށް ކެޓޭ ގޮލައެއް. ޕިސް ޕިސް. ސަލާމަތެއްނެތް. ތީތި ކަޑައޭ ބުރޯ
ވަރަށް ފުރިހަމަ.....
އެމް. ޢެން .ޔޫ ގެ ޚިދުމަތް ފޯރުކޮށްދޭ ކައުންޓަރަށް ތިބޭފުޅާ ވަޑައިގެންނެވިންތޯ އެއީ މީހުންނަށް ޚިދުމަތްފޯރުކޮށް ދިނުމުގައި މިހާތަނަށް އަޅުގަނޑަށް ފާހަނގަވި އެއްމެ ރުންކުރު ބޭފުޅުން ތިއްބަވާ އެއްތަން. ހިނިތުންވުން ކީއްކުރަން ދެފަހަރު އެއްގޮތަކަށް މަޢުލޫމާތު ދެއްވާކަށްވެސް ނޭގޭނެ. ޢެތަނުގައި ހަމައެކަނި ރަނގަޅަށް މީހުންނަށް ޚިދުމަތެއް ފޯރުކޮށްދޭ ހަމައެކަނި ތަނަކީ ލައިބްރަރީގެ ކައުންޓަރުގައި ތިއްބަވާ ކުދިން.