ބޭނުންވާ ތަކެތި: (އެކަކަށް)

3 ޖޯޑު ބަތް

ލޮނުމެދުކޮޅެއް (ކޮށާލާފައި)

½ ޖޯޑު ފިޔާ (ކޮށާފައި)

1 މޭޒުމަތީ ސަމުސާ އިނގުރު ދިޔަ

½ ސައި ސަމުސާ މުގުރި މިރުސް/ތެޅި މިރުސް/ލޮނު މިރުސް ހަވާދު

2 ކައްޓަލަ (ފެނު ކައްކާފައި)

3 ސައި ސަމުސާ ޒައިތޫނި ތެޔޮ

ރަހަލާ ވަރަށް ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، ތެއްޔެއްގެ ތެރޭގައި ތެޔޮފޮދު ހޫނުކުރަން ފަށާށެވެ. އެއަށްފަހު، އޭގެތެރެއަށް ލޮނުމެދުކޮޅު އަޅާލުމަށްފަހު މުށި ކުލަ އަރަންދެން ކައްކާށެވެ. އޭގެފަހުން، ކައްޓަލަކޮޅު އަޅާލުމަށްފަހު ކުޑަކޮށް ކައްކާލާށެވެ. ދެން، މުގުރި މިރުސްކޮޅާއި އިނގުރު ދިޔަފޮދު އެޅުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. ދެން، އެއަށްފަހު ފިޔާކޮޅު އަޅާ ކުޑަކޮށް ރޯފިލުވާލާށެވެ. އޭގެފަހުން، ބަތްކޮޅު އެޅުމަށްފަހު، ރަނގަޅަށް މިކްސް ކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަފީ

    މިބަތް ތައްޔާރުކުރަން ބޭނުންކުރާ ތަކެއްޗަށް ބަލާއިރު ތިޔަބަތުގެ ނަމަކަށް ކިޔަން ރަނގަޅީ އިނގުރުދިޔަބަތް. އެއީ އެންމެމަދުން ބޭނުންކުރަނީ އިނގުރުދިޔަކަމަށްވާތީ. ދެން ފޮޓޯގައި ހުރި އެއްޗަކާ ރެސިޕީއަކާވެސް ދިމަލެއްނުވޭ.

    11
  2. Anonymous

    އެބުނާހެން ފޮޓޯއިން ފެންނަށް ހުރި އެއްޗެއް ރެސިޕީއަކު ހިމެނިފައެއްނެތް؟؟؟؟