އާދަޔާ ހިލާފު ކުޅަދާނަކަމެއް ލިބިފައިވާ މީހުން ހިމެނޭ އެތައް ތަރީންނެއް ބޭރުގެ ފިލްމުތަކާއި ވާހަކަ ފޮތްތަކުގައި ވާއިރު އެފަދަ ފިލްމުތަކާއި ވާހަކަތައް ކިޔާ އެތައް ބަޔަކު އުޅެއެވެ. އާދަޔާ ހިލާފު ބާރުތައް ލިބިފައިވާ އަދި މި ދުނިޔޭގެ އެހެން އިންނާނުންގެ އުޅުމާއި ވަރަށް ތަފާތު ގޮތަކަށް ފިލްމުތަކުގަޔާއި ވާހަކަ ތަކުން އަންހެން ތަރީންނާއި ފިރިހެނުން ތަރީން ފެނިގެންދާއިރު އޭގެ ތެރެއިން އެއް ތަރިއަކީ ވޮންޑާ ވުމެން އެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް ހުންނަ ފުބާއީގެ ބުރުޖު ހަލީފާގައި މިވަނީ ވޮންޑާ ވުމެންގެ އާ ފިލްމެއް ނެރޭތީ ވޮންޑާ ވުމެންގެ ފޮޓޯއަކުން އެ އިމާރާތް ދިއްލާލާފަ އެވެ. ޔޫއޭއީގެ ތިއޭޓަރުތަކުގައި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ވޮންޑާ ވުމެން 1984 ރިލީޒް ކުރަނަ ހަމަޖެހިފައި ވުމުން އެކަމުގެ އުފަލުގައި ބުރުޖު ހަލީފާގައި މިފަދަ ތަރިއެއްގެ ފޮޓޯ ދައްކައިލި އިރު މިއީ މިފަދަ އުސް އިމާރާތެއްގައި އާދަޔާ ހިލާފު ކުޅަދާނަކަމެއް ލިބިފައިވާ ތަރިއަކު ދައްކުވައިލި ފުރަތަމަ ފަހަރެވެ.
ވޮންޑާ ވުމެންގައި އިސް ރޯލުން ފެނިގެން ދަނީ ގާލް ގަޑޮޓް އެވެ. މި ފިލްމު ޑައިރެކް ކޮށްފައި ވަނީ ޕެޓީ ޖެންކިންސް އެވެ. މި ފިލްމުގައި ގާލް ގަލޮޓް ފެނިގެން ދަނީ ޑަޔާނާ ޕްރިންސްގެ ރޯލުންނެވެ. ވޮންޑާ ވުމެންގެ ކޮންމެ ފިލްމަކީވެސް ބެލުންތެރީންގެ ސަޕޯޓު ލިބޭ ފިލްމުތަކެވެ. އަދި ވޮންޑާ ވުމެންގެ ވާހަކަ ތަކަށް ވެސް ހުރިހާ އުމުރެއްގެ މީހުންވެސް ކިޔާއިރު އޭގެ ވާހަކަތައް ގަންނަ ފަރާތްތައްވެސް އިތުރުކަން ފާހަގަ ވެއެވެ.
برج خليفة يضيء احتفالاً بإطلاق فيلم
Wonder Woman 1984
في السينمات يوم 17 ديسمبر! احجزوا تذاكركم الآن في #ريل_سينما#BurjKhalifa
lights up in celebration of the release of Wonder Woman 1984 in cinemas on December 17. Book your tickets now at @reelcinemas! #WW84 pic.twitter.com/7tiFbXkoPy— Burj Khalifa (@BurjKhalifa) December 15, 2020
ވޮންޑާ ވުމެންގެ ތަރި ގާލް ގެޑޮޓް އުފަންވެފައި ވަނީ 1985 ވަނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހުގައި އެވެ. އިސްރާއީލަށް އުފަން ގެޑޮޓް އަކީ ފިލްމުކުޅުމުގެ އިތުރުން ފިލްމު ޕްރޮޑިއުސް ކުރުމާއި މޮޑެލް ކުރުމުގައިވެސް ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އުމުރުން 18 އަހަރުގައި ގެޑޮޓް އަށް އިސްރައިލްގެ މިސް އިސްރައިލް 2004 ލިބިފަ އެވެ. ދެ އަހަރު އިސްރައިލްގެ އަސްކަރިއްޔާގައިވެސް ގެޑޮޓް މަސައްކަތް ކޮށްފައިވާއިރު އޭނާ ވަނީ އޭގެ ފަހުން ވަކީލުކަމުގެ ދާއިރާ އަށްވެސް ވަދެފަ އެވެ.
ގެޑޮޓް 2008 ވަނަ އަހަރު ކައިވެންޏެއް ކޮށްފައިވާއިރު އޭނާގެ 2 ކުދީންވެސް އެބަ ތިއްބެވެ. އޭނާ ކައިވެނި ކޮށްފައި ވަނީ ޔަރުން ވަރްސަނޯ ނަމަކަށް ކިޔާ މީހަކާއި އެވެ.
ޝައިތާނީ ޚަލީފާ..
އެއީ މެޑަމް ފާތުް ތޯ