ފްލޮރިޑާގައި ހަތަރު ފުރޮޅުލީ ގޮޑިއެއްގައި އިން މީހަކު ވަޅިން ހަމަލާދީ ދެ ފުލުހަކު ޒަހަމްކޮށްލައިފިއެވެ.

އުމުރުން 29 އަހަރުގެ މިމީހާ ފުލުހުންނަށް ވަޅިން ހަމަލާދީފައިވަނީ މީހަކު 9 އިންޗީގެ ވަޅިއެއް ހިފައިގެން މަގުމަތީގައި މީހުންނަށް ބިރުދައްކަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން އެމީހާ ހުއްޓުވުމަށް އެސަރަހައްދަށް ދިޔަ ދެފުލުހުން އެމީހާ ހުއްޓުވުމަށް ކުރި މަސައްކަތުގެ ތެރޭގައެވެ.

އެޤައުމުގެ ފުލުހުން ބޭރުގެ މީޑީޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފުލުހުން މިމީހާ ކުރެން ކުރަނީ ކީތްތޯ ސުވާލު ކުރުމުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމީހާ ވަޅިން ފުލުސް މީހާއަށް ހަމަލާދިނެވެ. މިހަމާލާގައި ފުލުސް މީހާގެ އަތަށާއި މޫނަށް ޒަހަމްތަކެއްވަނީ ލިބިފައެވެ. އަދި މިވަގުތު ދެވަނަ ފުލުސް މީހާ މިމީހާ ގާތަށް އައުމުން އެފުލުސް މީހާއާ ދިމާލަށް ވަޅި އެއްލާފައިވެއެވެ. އަދި އެއްލި ވަޅިން ސަލާމަތްވުމަށް ފުލުސް މީހާ މަސައްކަތް ކުރުމުގެ ތެރޭގައި ފުލުސްމީހާގެ އަތަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

މިހަމަލާގެ ސަބަބުން ފުލުހުންނަށް ލިބުނު އަނިޔާތަކަށް ބޭސް ކުރުމަށްފަހު ފުލުހުން ހޮސްޕިޓަލްއިން މިހާރު ގެޔަށް ދޫކޮށްލާފައިވާއިރު، މިހަމަލާ ދިން ފަރާާތްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 3ނިރު

    ނުކުޅެދެނީ ފުލުނުންގެ ދެމީހުން