މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ އޮޑިޝަންތައް ކުރިއަށް ގެންގޮސްފަައި ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައެވެ. އެއީ މާލެ އާއި އައްޑޫ ސިޓީ އަދި ރ.އުނގޫފާރުގައެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ރެއެއްގައި އައިޑޮލްގެ އޮޑިޝަންތައް ޓީވީއެމްއިން ދައްކަން ފެށިއިރު، މިހާރު ހުރިހާ އޮޑިޝަންތަކެއް ނިމި 33 ބައިވެރިޔަކު ވަނީ ތިއޭޓަރ ރައުންޑަށް ހޮވިފައެވެ.
ރޭ ޓީވީއެމްއިން ދައްކާފައި ވަނީ އުނގޫފާރު އޮޑިޝަންއެވެ. އެ އޮޑިޝަންގައި ބައިވެރިންގެ ފަރާތުން ތަފާތު ހުނަރުތަކެއް ފެނިގެން ދިޔައެވެ. ލަވަ ކިޔުމުގެ އިތުރުން ނެށުމަކީވެސް ބައެއް ބައިވެރިންގެ ފަރާތުން ފެނިގެން ދިޔަ ކަންތައްތަކެެވެ.
ރޭ ދެއްކި އޮޑިޝަންގައި ހުރިހާ ޖަޖުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްތަކެއް ލިބުނު ދެ ބައިވެރިޔަކު ތިއްބެވެ. އެ ދެ ބައިވެރިން ހަމައެކަނި "އިމްޕްރެސް" ކުރީ ޖަޖުންނެއް ނޫނެވެ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން އެ ދެ މީހުންނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެެންދިޔަ ކަން މީސް މީޑިޔާއަށް ބަލާލުމުންވެސް އެނގެއެވެ.
އެ ދެބައިވެރިންނަކީ އަބްދުﷲ ޝާފިއު އާއި ޝާން ޝަރީފް އެވެ.
ޝާފިއުއަށް ބަލާއިރު، އޭނާއަކީ އޭނާގެ އަމިއްލަ ރާގުތަކާއި އަމިއްލަ ލަވަތައް ހަދައިގެން ކިޔަމުން އަންނަ, މީސް މީޑިޔާގައިވެސް މަޝްހޫރު މީހެކެވެ. ރ. އުނގޫފާރަށް ނިސްބަތްވާ ޝާފިއު ޖަޖުން ޕެނަލް އިމްޕްރެސް ކުރުވީ އޭނާގެ އަމިއްލަ ރާގުގެ އަދި އޭނާ ޅެން ހަދާފައިވާ ލަވައަކާއެކުއެވެ. ހަތަރު ޖަޖުންވެސް އޭނާއަށް ދިނީ ޔެސްއެވެ.
ޝާންއަށް ބަލާއިރު. ޝާންގެ ލަވައިން ހުރިހާ ޖަޖުން ތިބީ އަންތަރީސްވާވަރުވެފައެވެ. އޭނަގެ އަޑުގެ ރީތިކަމަށް ތައުރީފް ކުރިއެވެ. އަދި އެ އަޑުގެ ސަބަބުން ގައިން ހީބިހި ނަގާވަރުވާކަަމަށްވެސް ޖަޖުން ވަނީ ބުނެފައެވެ. ޝާންއަކީ ހޭރިޔާ ބޮޑުބެރު ގުރޫޕްގެ މެންބަރެއްވެސް މެއެވެ. އޭނާގެ ބޮޑު ބެރު ގުރޫޕް އައިޑޮލް ކުރިއަށްދިޔަ ސަރަހައްދަށް އައުމުން އޭނާއަށް ލިބިގެން ދިޔައީ ބޮޑު ސަޕްރައިޒެކެވެ. ހަތަރު ޖަޖުން ވެސް ޝާންއަށް ދިނީ ޔެސްއެވެ.
މީގެ އިތުރުން ރޭ އޮޑިޝަންގައި މިދިޔަ ފަހަރު ތިއޭޓަރ ރައުންޑްގެ ސޯލޯ ބައިން ކަޓައިގެން ދިޔަ ބައިވެރިއެއް ވަނީ ބައިވެރިވެފައެވެ. އެއީ ސައްމާހުއެވެ.
މި ނޫނަސް އުނގޫފާރު އޮޑިޝަންގައި ރީތި ލަވަތަކެއް ބައިވެރިންގެ ފަރާތުން ފެނިގެން ދިޔައެވެ.
އަންނަ ހަފްތާ ހުކުރު ދުވަހު ދައްކާނީ އޮޑިޝަންތަކުން ހޮވުނު 33 ބައިވެރިންގެ އިތުރު ހުށަހެޅުންތަކެވެ. ކޮންމެ ބައިވެރިއެއްގެ ފަރާތުންވެސް ސޯލޯ ހުށަހެޅުމަކާއި، ގްރޫޕް ހުށަހެޅުމެއްް ފެނިގެންދާނެއެވެ. އެއަށް އިންސާފުކޮށް، ޖަޖުން ގޮތް ނިންމާ ބައި ދައްކާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ.
ސާފިއު އެއީ އަލިފުށްޓަށް އުފަން ކުއްޖެއް .......
ޝާފިއު އަކީ ރ.އުނގޫފާރަށް ނިސްބަތްވާ ކުއްޖެއް ނޫން. އެއީ ރ.އަލިފުށީ ކުއްޖެއް....
ރ. އުނގޫފާރަށް ނިސްބަތްވާ ޝާފިއު ޖަޖުން ޕެނަލް އިމްޕްރެސް ކުރުވީ އޭނާގެ އަމިއްލަ ރާގުގެ އަދި އޭނާ ޅެން ހަދާފައިވާ ލަވައަކާއެކުއެވެ.
ޝާފިއު އަކީ ރ.އަލިފުށި ކުއްޖެއް، ތަނެއްދޮރެއް ނޭނގުނަސް ހަބަރު ލިޔެވޭތޯބަލާ..
ގޯލްޑެން މައިކްޝާން އަށް ނުލިބުނީ މާލެ ނޫން ވީމަ ..ނޮޓް ފެއާ .
ސައިނާ އެއީ އައްޑޫ ކުއްޖެއް، މާލެ އެއްނޫން.
ސައިނާ ބައިވެރިވީ މާލެ އޮޑިޝަނުން އޭނަ އައްޑޫވިޔަސް. ޝާން އަށް ގޯލްޑަން މައިކް މާ ބޮޑަށްވެސް ލިބެންވީ.
ގޯލްޑެން މައިކް ލިބުނީ މާލެ ކުއްޖަކައްތޯ؟
ގޯލްޑަން މައިކް ހައްޤީ ޝާންއަށް.. ސައިނާ އަކަށް ނޫން..
ސައިނާއަށް ގޯލްޑަން މައިކް ލިބުނީ އޭނާ އެޓްރިކް ހަދާފައިވާތީކަށްނޭގެ! ޝާން އަށް އަސްލުމާ ޑިސަރވިންގް.
ލަވަ ކިޔުންތެރީްނަށާ އެމީހުންގެ އަޑު ތަކަށް ހިތްތައް އަޅުވެތިވެފަ، ﷲ ޒިކުރު ކުރުމުންނާއި އެކަލާނގެ އަށް އަޅުވެތި ވުމުގެ މަތީން ޣާފިލުވެފަ، ޙަޤީޤީ ލައްޒަތުން މަޙުރޫމްވެފަ.
ޝާފިޢު އަކީ އަލިފުއްޓެއް ކުޑަފުއްޓެއް ކަމެއްނޭނގެ ހަމަ ގައިމުވެސް އުނގޫފާރު ސޮރެއް ނޫން.
ފުރަތަމަ ތިޖަޖުންނަށް ނޭގޭނެ އަމިއްލަ ރާގެއް' ޅެމެއް ހަދާލަން ވެސް. ދެން ބަލަން ތިބޭ ތިސޮރު(ޝާފިއު) ތި ޖަޖުން ވެގެން ކަޓުވާލާތަން...
އައިޑޮލްގައި ގޯލްޑަން މައިކު ތައާރަފް ކުރީ ވަކި މީހަކަށް ދޭންކަން މިއަދު އެންގިގެން ތިދިޔައީ މާ ކުރިންވެސް ތިއެންގީ ތި އައިޑޮލް އަކީ އިންސާފްވެރިކަމެއް ނެތް ކަމެއް ކަން.
ޝާފިއު އެެއީ ތަކަންދޫ އިނގޭ