އުއްމީދުތަކެއް ކުރިއެވެ. ހަޔާތަށް ރަނގަޅު ބައިވެރިޔަކުވެސް އައެވެ. ނަމަވެސް އެ ގުޅުން މާގިނަ ދުވަހަަކަށް ދެމި އޮންނަ ގޮތް ނުވީއެވެ. ބައެއްގެ ނުލަފާ ރޭވުމާއެކު ހެދި ފަންޑީތަކައަކުން ދެ ލޯބިވެރިން ދުރުކުރުވީއެވެ. އެއިރު އަކްރަމް (އަސްލު ނަމެއް ނޫން) އަކީ ރިޒޯޓެއްގައި މަސައްކަތް ކުރަމުން އައި މީހެކެވެ. ފައިސާތައް ވަރަށް ބައިވެރު ލިބުނެވެ. އެކަމާއި ގިނަ ބަޔަކު ހަސަދަވެރިވީއެވެ.

ލޯބިވާ އަނބިމީހާ އެކީ އުޅުން ދުވަސްތައް މާޒީވެ އެ ގުޅުން ކެނޑި ފަހުން އަނބީމީހާއަކީ ކާކުކަންވެސް ނޭގެ ހިސާބަށް ދިޔައީއެވެ. އަކްރަމްގެ މުޅި ދިރިއުޅުން މައިތިރިވެއްޖެއެވެ. މީހާ މޯޅިވެއްޖެއެވެ. އެ ދުވަސްވަރަކީ ބައްޕަވެސް މި ދުނިޔެއާ އަލްވަދާއު ކީ ދުވަސްވަރެވެ. އެހެންވުމުން ދެން އަކްރަމް ކުރާނެ ހިތާމަތަކާއިމެދު ވިސްނާލާށެވެ.

އޭގެ ފަހުން އަކްރަމް އުޅެނީ މޮޔައެއް އުޅޭ ހެންނެވެ. އުޅެމުން ދިޔައީ ވަރަށް އެކަނިވެރިކޮށެވެ. މިގޮތަށް އޭނާ އުޅެމުން ގޮސް ކޮންމެ ދުވަހަކު އޭނާ ދިރިއުޅޭ ރަށް ކައިރީ އޮންނަ ފަޅު ރަަށަކަށް ދެއެވެ.

ކޮންމެ ދުވަހަކު ހެނދުނު އަކްރަމް އެރަށަށް ދާއިރު އިރުއޮއްސުމުގެ ކުރިން އޭނާ އެނބުރި ރަށަށް އާދެއެވެ. އަކްރަމް އަމިއްލައަށް ހަދާފައި ހުރި ގެއެއް އެރަށުގައި ހުރެއެވެ. ފަނުން ހަދާފައި ހުންނަ ޣޭގައި އޭނާ ދުވާލުގަޑި އުޅުމަށްފަހު ކޮންމެ ދުވަހަކު ރަށަށް އަންނަނީއެވެ.

އަކްރަމްގެ މި އުޅުން ވަރަށް ގާތުން ބަލަމުން ދިޔައީ އޭނާގެ ބޭބެއެކެވެ. އޭނާ އަކީ ކޮންމެވެސް ވަރަކަށް ރުގްޔާ ކުރާ މީހެކެވެ. އަކްރަމް ޖިންނި އަވަލަވާފައި ހުންނަކަން އޭނާ އަށް ވަނީ އެނގިފައެވެ. އަކްރަމްގެ ރަށުގެ ބައެއް މީހުންނަށް އަކްރަމްގެ އަތުގައި މީހަކު ހިފަހައްޓައިގެން ހިނގާ މަންޒަރުވެސް ފެނިފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެ މީހާއެއް ނުފެނެެއެވެ.

އަދި އިތުރަށް އޭނާގެ ބޭބެ ބެލިބެލުމުން، އަކްރަމްއާ އަވަލަވާފައި ހުންނަ ޖިންނީގެ އަކްރަމްގެ ދެ ދަރިންވެސް ތިބޭކަމަށް ވެއެވެ. މިކަން ބޮޑުކަމަކަށް ވެދާނެތީ އަކްރަމް އެކަމުން ސަލާމަތް ކުރުމަށް، އޭނާގެ ބޭބެ މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވެއެވެ.

އަކްރަމް އެރަށަށް ދާ ފަހަރަކުން ހޯދަން އުޅުނަސް ނުފެނެއެވެ. އެރަަށަށް ބަޔަކު އެރިކަމަށްވާނަމަ އޭނާ ފިލައެވެ.

މިކަންތައްގަނޑުގެ ތެރޭގައި އަދިވެސް އޭނާ ދަނީ އުޅެމުންނެވެ. ލިބިފައިވާ މައުލޫމާތައް ބަލާއިރު، އޭނާ ކައިވެނިކޮށްގެން އުޅެނީ ޖިންނިއާއެވެ. އިތުރު މީހަކާއި އޭނާ ކައިވެނިކޮށްފައެއް ނުވެއެވެ.

މިހާރުވެސް އަކްރަމް އެރަށަށް ދެއެވެ. އަދި އަންނަނީ ކޮންމެ ދުވަހަކު އިރުއޮއްސުނީމައެވެ. އެއިރެކޭ މިހާރެކޭ އޭނާގެ ދިރިއުޅުމަށް މާބޮޑު ތަފާތުކަމެއް ފެންނާކަށް ނެތެވެ.

ނޯޓް: މިއީ ރާއްޖެ ތެރޭގެ ރަށެއްގައި ދިމާވި ހާދިސާއެކެވެ. މި ވާހަކަ ކިޔާދިން މީހާގެ އެދުމުގެ މަތިން އެ މީހާގެ އަސްލު ނަމާއި ރަށުގެ ނަން ވާނީ ސިއްރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިންސާނާ

    އިންސާނަކަށް ޖިންނި ދަރިންނެއް ނުލިބޭނެ.

    17
    3
    • އެހެނަތަ

      ކީއްވެ ދަރިން ޖިންނި ދަރިން ނުލިބެންވީ... މިރަށުގަ ވެސް އިންސިއަކާ ޖިންނި އަކާ ގުޅުން އޮވޭ އަދި އޭނާޣެ ޖިންނި ދަރިންވެސް ތިބޭ.... ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ފަރާތެއް ވޭ..

      15
      4
  2. ޢއއ

    ޢިންސާނުން. ނޫން މީހަކަށް އިންސާނަކާ އެކީ. ޢުޅުނަސް ދަރިން ނުލިބޭނެ. ޖީންސް. މެޗް ނުވާނެ.. ސައިންޓިފިކަލި ޕްރޫވަން.

    6
    11
  3. ތިމަންނަ

    އެކި މީހުނަށް އަވަލާނީ އެކިކަހަލަ ޖިންނިއެވެ. މަށަށް ހީވަނީ މިހާރުވެސް މިޢުޅެނީ ތިޔަފަދަ " ޖިންނިއެއް" އަވަލައިގެން ހެން ؛ ކިޔޭ ނުކިޔޭ އެއްޗެއް ނޭގި ، ހެދޭ ނުހެދޭއެއް ނޭގި ، ކުރެވޭ ނުކުރެވޭ ކަމެއް ނޭގި މިއޮއްގެން ދަނީ....

    9
    3
  4. އަސްލޭ

    އިންސާނުންނާ ޖިންނީންގެ ކައިވެންޏަށް ދަރިން ނިލިބޭނެކަމަށް އިލްމުވެރިން ބުނަނީ.. އަދި ސައިންޓިފިކް ދިރާސާތަކުންވެސް އެކަން ސާބިތުވޭ.. 100 ޕަސަންޓް ފޭކު އާޓިކަލްއެއް ނޫނީ ހަޤީޤަތޭކިޔާފަ މިއަދު ނޫހުގެ އަބްﷲ ލަތީފު ލިޔާކަހަލަ ހިޔާލީ ފޮލައެއް..

    4
    9
  5. ހައްޤުބަސް

    އޯލްމައިޓީ ފޭކެއް.. ޖިންނިނ އިންސިންގެ ކައިވެންޏަށް ދަރިން ނުލިބޭނެ.. ސައިންސްގެ އަލީގަވެސް އަދި ހަދީސުންވެސް ސާބިތުވާކަމެއް އެއީ..މިއީ ޑިޒްނީގެ ކާޓޫނެއްގެ ސްކްރިޕްޓެއް

    4
    5
    • ނުރަބޯ

      އޯލްމައިޓީ އޭ ބުނެފަ ފޭކެކޭ ނުބުނެވޭނެ. އޯލްމައިޓީ ފަރާތަކީ ހަމައެކަނި މާތްﷲ. މާނައަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަކަން.

      20
  6. އިސްމާއީލް އަހްމަދު

    ޖިންނިންނަކީ ވެސް ހަމަ އިންސާނުން ކަހަލަ ނަސްލެއް ކައިވެނިވެސް ކުރޭ އަދި ދަރީންވެސް ލިބޭ އެމީހުންނަކީ ނަބީޒަމާނުން ފެށިގެން މިއަދާ ހަމައައް ދުނިޔެމަތީގައި އުޅެމުން އަންނަ ބައެއް.

    11
  7. އަންހެނެއް

    ހުސު ދޮގު

    2
    2
  8. ޗަކޮއެ

    ތީތި ސަޅި

    2
    1
  9. ހުސެން

    އިންސާނަކަށް ޖިންނި ދަރިންވެސް ލިބޭނެ .ޖިންނިއާ ޖިންސީގުޅުން ހިންގައިފިނަމަ އެއީ ވެދާނެކަމެއް.

    7
    3
  10. ބޮބު

    ހިންނައްށިއޭ ކުޅިވަރައް

  11. ހުސެން

    ފިރިހެން ކުއްތާއަކާ އަންހެން ބުޅަލެއް ކިތަންމެ ޒަމާނަކު އެއްކޮށީގައި ބޭއްވިއަސް ބުޅާ ދަރިމައި ނުވާނެ، މިއީ ދެވައްތަރެއްގެ ނަސްލު ނުގުޅޭނެ ކަމުގެ ހެއްކެއް.

    4
    2
  12. ކަޅުބޯ

    ނުރަބޮލާ ،ކަލެއަކަށް އިސްލާމް ދީން ނޭގޭދޯ

    2
    1
  13. ޖިންނި ރަޝީދު

    ހޭބަލިވާމީހިންނަށް ދަންނަވާލަންއޮތީ، ޖިންނިއެއް އިންސާނަކަށް ބަދަލުވެއްޖެނަމަ އިންސާނެއްގެ ހުރިހާ ފީޗާސްއެއް އޭނާއަށް ހުންނާނީ ލިބިފަ. މާނައަކީ، އިންސާނަކު މަރާލާފަދައިން މަރާވެސް ލެވޭނެ. ޢެއީ ހަމަ ސޭމް ހުކުމްތައް އޭނާއަށްވެސް ހިގާނީ. މިސަބަބާހުރެ އަސްލު ޖިންނި އިންސާނުންގެ ސިފައިގަ ފެންނަލެއް މަދީވެސް. އެމީހުންނަށް އެނގޭ އިންސާނުންގެ ވީކްޕޮއިންޓްސް، އެހެންވެ ބިރުގަންނަނީ. ސޯ... ދަރިންވެސް ލިބޭނެ މާ އެގިގެން ކޮމެންޓް ނުކުރޭ. ޢަހަރެން އުޅެބޮޑުވީ އެސޮރުމެންނާއެކީ. އެހެންވެ އެހާ އެނގެނީ. އޯކޭ

    12