ލ. ދަނބިދޫއަކީ ކުރީގައި އެ އަތޮޅުގެ އަތޮޅުވެރިކަން ކުރި ރަށެވެ. އެ އަތޮޅުގައި ވެރިކަން ކުރި މީހުން އެރަށުގައި އުޅެމުންދިޔަ ދުވަސްވަރުގައި އޭގެން މީހަކު ކަޅު ކުލައިގެ ކުޑަ އަންހެން ޖިންނިއެއް ގެންގުޅޭކަމަށް ވެއެވެ. އެ ކުއްޖާއަށް ނަމަކަށް ދީފައި އޮންނީ އަތޮޅު ކުއްޖާއެވެ.
އެ ކުއްޖާ ފެންނަނީ އަނދިރިގަނޑުގަނޑު ތެރެއިންނެވެ. އެ ޒަމާނަކީ ކަރަންޓް ލިބޭ ޒަމާނަކަށް ނުވާތީ އެ ކުއްޖާ އެ ރަށުގެ ވަރަށް ގިނަ މީހުންނަށް ފެނުނު ކަމަށް ވެއެވެ. އަދި އާއްމުކޮށް ރީތި ހަނދުވަރުދީފައި އޮންނަ ރޭރޭ އެ ކުއްޖާ ވަަރަށް ރީއްޗަށް ފެންނަ ކަމަށް ވެއެވެ.
އެރަށުގެ ބައެއް މީހުން ބުނާގޮތުގައި، އެ ކުއްޖާގެ ގައިގާ އެއްވެސް މީހަކަށް އަތެއް ނުލެވެއެވެ. އަދި އެއިރު އަތޮޅު ވެރިކަން ކުރި މީހަކު އެ ކުއްޖާއަށް ކާންދީ ކަންތައްކޮށްދިން ކަމަަށްވެސް ވެއެވެ.
އެ ކުއްޖާ ފެންނަނީ ރަށުގެ އެއް ސަރަހައްދަކުންނެވެ. އެއީ މިހާރުވެސް އެ ރަށުގެ ކައުންސިލް އިދާރާ ހުންނަ ސަރަހައްދުންނެވެ.
މިހެން މި ކުއްޖާ ފެންނަކަމަށް ރަށުގެ އިހުގެ ގިނަ ބަޔަކު ބުނާއިރު، އެއް ދުވަހެއްގައި މި ކުއްޖާގެ ގައިގާ އަތްލާ އެ ކުއްޖާއަށް ދިމާ ކުރުމުން އެ ކުއްޖާ މި މީހާ މަޅާ ބިންބައްޗަށް ޖެހި ގޮތަށް، އަދިވެސް އެ މީހާ ހިނގަމުން ދަނީ ކޮރުފާޑަކަށް ކަމަށް ވެއެވެ.
މި ބުނާ ކުއްޖާ އެންމެ ފަހުން ފެނިފައި ވަނީ 2005 ހިސާބުގައެވެ. އޭގެ ފަހުން އެ ކުއްޖާއެއް ނުފެނެއެވެ. ބޮޑަށް ބެެލެވެނީ ރަށަށް ކަރަންޓް ލިބުމުން އެ ކުއްޖާ އެރަށުން ފައިބައިގެން ދިޔައީ ކަމަށެވެ. އެ ކުއްޖާ ގެންގުޅުނުކަމަށް ބުނާ މީހާވެސް އެރަށުން ދިޔަފަހުން އެ ކުއްޖާ އުޅުނުކަމަށް ބައެއް މީހުން ބުނެއެވެ.
އެއީ އެއްވެސް އިރެއްގައި އެއްވެސް މީހަކަށް އުނދަގޫކުރި އެއްޗެެއްވެސް ނޫނެވެ. އެހެންކަމުން ރަށު މީހުން ގަބޫލުކުރާގޮތުގައި އެ ޖިންނި މަރާލުަމަކީ އެރަށު ބަޔަކު ކުރާނެ ކަމެއް ނޫނެވެ.
ލިޔާނެ އެއްޗެއް ނޭނގުނީ ؟
ޢަހަންމާ ދެން ކައެ ލިޔަންވީނު
ދަނބިދޫ މީހުން ކިޔާ އުޅެނީ އަތޮޅުގެ ކުއްޖާ ކުރީ ޒަމާނުގާ އެކުއްޖާ ވަރައް ގިނަ މީހުނައް ފެނިފަވާކަމައް މައުލޫމާތު ލިބޭ
ހުސްދޮގު
އެއީ ހަަމަ ތެދު ވާހަކާ އެއް
ވަރައް ގަބޫޫޅު ކުރަން ދަތިވާހަކައެއްތީ
އަސްޅައް ޖިންނި ފެއްން ނައްޏާ ވަރައް ހައިރާންވޭ
އަތް ނުލާތަ ކާންދެނީވެސް. ޖިންނި ސައިތާނު އެއީ އުޅޭ އެއްޗެއް. ކޮންމެ ރަށަކުންވެސް ތިޔަކަހަލަ ކުދިން ފެނޭ. ރައީސް ނަޝީދަށް ފެންނަނީ ތަންކޮޅެއް ބިޔަ ޖިންނިއެއް ކަމަށް ވަނީ.
ޓި ދެން އަންދިރިވީމަ ހިވާގޮތް.. ޖިންނި ކަރަންޓްދެކެ ބިރުގަނޭތަ.. ޖިންނި ވެސް އުޅޭ އެކަމަކު ގިނަފަހަރު ހީވާހީވުން ތަފާތުވަަނީ އަންދިރި ވީމަ ނުވަތަ ބިރުގަތީމަ.. ތިފަދަ ވާހަކަ ތަކުގެ 25 ޕަސަންޓް ތެދަކަށް ވާނީ..
ރައީސް ނަޝީދު އާ ވާނެ ކޮންމެހެންވެސް ބެހެން. ކަމާގުޅޭ ކޮމެންޓް ކުރުން ކިހިނެވާނެތޯ؟
ތިހެން ބުނީމަ ހަދާންވަނީ. މީހުން ބިރު ގަންނަވަން އަހަރުން ރަށުގަ ކުރި ކަމެއް. މި ކުރާ ކަމަކީ ބަޔަކު ރާވައިގެން ކުޑަ ކުއްޖަކު ބޭނުންކޮށްގެން ކުރި ކަމެއް. އެމީހުން ފިލާ ތިބެފަ މީހުންނަށް ފެނަ ހެން އެ ކުޑަ ކުއްޖާ އަދިރި ތަންތަނުގަ ބަހައްޓަނީ. ހެނދުނު ވާ އިރު ރަށު ތެރޭގައި ކިޔާނެ ރޭގަ މިވެނި ތާކުން ކުޑަ ކުއްޖެއް ފެނުނޭ. މާފަހުން މި އިނގުނީ މީ ބަޔެއްގެ ރޭވުމެއްކަން.
ހެ ލިޔާނެ އެއްޗެއް ނޭނގިގެންތަ މި އުޅެނީ....ހެޕީ ދެން މި ވާހަކަތައް ވެސް ލިޔަާތީވެ.....ތޭންކްސް ވަގުތު...
އެ ޖިންނި އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާ ނަމަ މީހަކު ނަގާޖަހާނެތަ؟
ޕިސް ޕިސް....ކިޔާބަލަ ފުރަތަމަ ރަނގަޅަށް.. އެކުއްޖާ އަށް އުނދަގޫ ކުރީ އޭނު އެ އިނީ ބުނެފަ..
ރަނގަޅަށް ލިޔުން ކިޔާބަލަ އިހަށް
މި ވާހަކަ އަސްލު ވިއްޔާ މި ކަންތަށް ފެންނަ ކަމުގެ ހެއްކެއް ދީބަ. ބަޓް ނޮޓް ބޭޑް އެޓް އާލް
ހެއްކަކަށް ފުދޭނެތާ ނަގާބަހައްޓާފަ ގުޅަވަރަކަށް ޖެހިގޮތަށް އަދިވެސް ކޮރު ފާޑަކަށް ހިނގާ މީހާ. އަދިވެސް އެމީހާ ދުނިޔޭގަ ހުރި ކަމަށްވަނީ.
ލ. ދަނބިދޫ އަށް ޖައްސާލައިގެން އެމީހާ ހޯދާފަ، ވާހަކަ އަހާލައިފިއްޔާ މީ ހަގީގަތެއްކަމުގެ ހެކި އޮންނާނީ ލިބިފަ. ފްލޯކްއެއްނަމަ، އެކަންވެސް އެބޭބެ ކިޔާ ދޭނެތާ..
ނާހަމަތެދެއް
ހާދަހީނުވެޔޭ
ދުނިޔޭގައި އުޅެނީ އިންސާނުން އެކަންއެއް ނޫން....
ގަބުޫލު ކުރަނ ދަތި
ހަމަ ތެދެއް އެއީ މަގޭ މަންމަ ވެސް އޭތި ދެކުނު ވާހަކަ ބުނި
ތިކަހަލަކުއްޖެއް އަހަރުމެންރަށުގަވެސް 80 ގެއަަރުތަކުގަ އުޅުން އެކުއްޖާ ފެންނަނީ ވކިބަޔަކއް ވަކިގަޑިއެއްގަ އެކުއްޖާ ފެނިދާނެތީ ރަށުމީހުނަކައް ނުކެރެ ރޭގަޑުނުވައެއްގެފަހުން ގެއިންބޭރަށް ބޯވެސް ދއްކޮއްލަން އެންމެފަހުން ހަގީގަތް އެގުންއިރު މިވީ މީސްމީހުންގެ އަބިންކައިރިއައް ވަންނަން ވެގެން ދައްކާ ވާހަކަތަކެއް ކަން ތިވެސްވާނީ ތިކަހަލަކަމަކަށް
ކިތައްޕަސެންޓް ކަނޑާފަ ގަބޫލްކުރަންވީ.
މައްވެސް ފެނަނަ ، މަ އެރޭހުމާ ޢޮތީ ؛ ދޯބޭބޭ،،
ފެނުނީ 10 ވަރަކަށް ފޫޓު ކައިރިން،، ދޯބޭބޭ،، ކައިރިން ހޫނުކަމެއް އިހްސާސްވާތީ ބަލާލެވުނީ،، ދޯބޭބޭ،، އަނގަ ތަންމިނަށް ހުޅުވައި އަމަޔަށް ގޮވަން އުޅެ އުޅެ އަޑެއް ނުނިކުމެ މީހާ ފިނިވެ މޫނުމަތި އަނދިރިވެ މީހާ ތުރުތުރު އަޅައި ހެޔައް ގޮތްވެފަ އޮއްވާ ފެނުނީ ބޭބެ މެނަށް، ދޯބޭބޭ،، އަދިވެސް ކުލަވޭ ސިފަ ނެންގެ، ފައިކޮޅު ހުންނަނީ ފޫޓަކުންފެށިގެން ތިރިއަށް ފުސްވެފަ،ދޯބޭބޭ،، ލޯ ފެންނަނީ ވައްކޮށް .ދޯބޭބޭ،، އީހް... ގައިގަ ހީބިހި ނަގާ ޢަދިވެސް ،ދޯބޭބޭ،، އީހް.....💉
ޖިންނި ޝައިތާނުންނަކީ އަހަރުމެން މިއުޅޭ ދުނިޔޭގަ އުޅޭބައެއް ނޫނެކޭ އެއްވެސް ހާލެއްގަ ނުބުނަަން.. އުޅޭނެ. އަދި އިހުގެ ބައެއް މީހުން އަވަށްޓެހި ކުދިންވެސް ގެންގުޅުނު ކަމަށްވޭ. އެކަމް އެއީ އެއްވެސް ބިރުވެރިކަމެއް ވާ އެއްޗެއްނޫން. އަހަރުން ކާފަ ދުނިޔޭގައިވެސް އެފަދަ ކުއްޖެއް ގެންގުޅުނުކަމަށް މަންމަ ކިޔައިދިން. އަދި މަންމަ އަށްވެސް އެކުއްޖާ ފެންނަ ކަމަށްވޭ އޭރުގަ. އަކަމަކު މަންމަ ބުނަނީ އެކުއްޖާގެ މޫނެއް މަންމަ ނުދެކެމޭ. ވަރަށްދިގު، އެހާމެފަން އިސްތަށިގަނޑެއް އޮންނަ ކަމަށް.
އެހެންކަމުން އެއީ ހަޤީޤަތެއް ކަމަށް އަހަރުން ޤަބޫލު ކުރަން.