އެމެރިކާގެ ދެކުނު ކެރޮލީނާގެ ސިޓީއެއް ކަމަށްވާ ގްރީންވިލްގެ ސްކޫލެއްގައި މަސައްކަތްކުރާ ޓީޗަރަކު، އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ލަދުގަންނަވާލައިފިއެވެ.

އެގޮތުން އިނގިރޭސި ޓީޗަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ޓީޗަރެއް ކަމަށްވާ އިވާން މޭސަން ވަނީ ޓްރަމްޕް އޭނާއަށް ފޮނުވި ސިޓީއަކުން ގިނަ ޢަދަދެއްގެ ލިއުމުގެ ކުށް ދައްކައި އެ ސިޓީ އަނބުރާ ވައިޓް ހައުސްއަށް ފޮނުވާލާފައެވެ.

ކެރޮލީނާގެ މައުލްޑިން ހައި ސްކޫލުުގައިވެސް މީގެ ކުރިން ކުދިންނަށް ކިޔަވައިދިނުމަށް މަސައްކަތް ކޮށްފައިވާ މޭސަން ބުނެފައިވަނީ، އޭނާއަށް މިފަދަ ލިއުމުގެ ކުށްތައް މީގެ ކުރިން ވަރަށް ގިނައިން ފެނިފައިވާ ކަމަށާއި، ނަމަވެސް ދުވަހަކުވެސް ސިޓީއަކުން މިހައި ގިނަ ޢަދަދެއްގެ ކުށް ފެނިފައިނުވާ ކަމަށެވެ.

"އަހަންނަށް އަދި ދުވަހަކުވެސް ނުލިބޭ މިހައި ގިނަ އަދި މޮޔަ ކުށް ހުރި ސިޓީއެއް. ޤައުމުގެ އެންމެ އިސް ވެރިޔާގެ ފަރާތުން ލިބޭ ސިޓީއެއްގައި ކުށް ހުރެދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން. އަހަރެން އެދެނީ މިފަދަ ކުށްތައް ތަކުރާރު ނުކުރުމަށް،" މޭސަން އާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.

މޭސަން ވަނީ ޓްރަމްޕް ފޮނުވި ސިޓީގައި ހުރި ކުށްތައް ފާހަނގަކޮށް އެކަން ރަނގަޅު ކުރާނެގޮތް ސިޓީގައި ލިޔެ ދިނުމަށްފަހު އަލުން އެ ސިޓީ ޓްރަމްޕަށް ފޮނުވާފައެވެ. އެގޮތުން އެ ސިޓީން އޭނާ ވަނީ 11 ކުށް ފާހަގަކޮށްދީފައެވެ. މިއީ ސްކޫލްގައި އުޅުނު ދުވަސްވަރުވެސް އޭނާ އެތައް ފަހަރެއްގެ މަތިން ކުރަން ޖެހުނު ކަމެއް ކަމަށް މޭސަން ބުނެފައިވެއެވެ.

"ސިޓީއަށް ބަލާފައި ހައި ސްކޫލްގެ ފެންވަރުން ގްރޭޑެއް ދޭނަމަ، މި ސިޓީއަށް ލިބޭނީ 'ޑީ' އެއް" މޭސަން ބުންޏެވެ.

މޭސަން ބުނެފައިވަނީ، އޭނާއަށް ޓްރަމްޕްގެ ފަރާތުން ސިޓީ ލިބިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެމެރިކާގެ ސްކޫލްތަކުގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާއި ގުޅިގެން ފޮނުވި ސިޓީއެއްގެ ޖަވާބުގައި ކަމަށެވެ.

ޓްރަމްޕްގެ ފަރާތުން ޓީޗަރަކަށް ފޮނުވި ސިޓީގައި ކުށްހުރުމުން، އެކަން ގިނަ ބައެއްގެ ސަމާލުކަމަށް މިހާރު އައިސްފައިވާއިރު، އެފަރާތްތަކުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަލޯ

    ނުގަންނާނެ ލަދެއް ޓުޓަށްޕެއް

  2. މާމިގިލީ މީހާ

    ގާސިމް ވެރިކަމަށް އެރިޔަސް ވާނީ ހަމަ ތިހެން.. ތިޔައްވުރެ ވެސް ގޯސްވާނެ..

  3. ކާފަ

    ރާއްޖޭގައި ނަމަ ތި ތީޗަރުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާ 10 އަހަރާއި 20 އަހަރާއި ދެމެދުގެ މުައްދަތަކަށް ޖަލައްލާނެ

  4. ޔޫވީ

    އެއްވެސް މޮޅުކަމެއްނޫން، މަޝްހޫރުވާން އުޅުނަސް ބޮޑުވަރު

  5. ޏަޖް

    ޜަނގަޅު ގޮތެއް ތިޔަހެދީ

  6. ހެހެ

    ޓްރަމްޕެއްނޫނޭ ސިޓީލިޔަނީ މޮޔަ