އުފާވެރި ދަތުރެއް ހިތާމައިން ފުރިފައިވާ ދަތުރަކަށް ބަދަލުވާން ސިކުންތު ކޮޅެއްވެސް ނުނަގާނެއެވެ. ވީވެސް އެހެންނެވެ. އާއިލާއާ ރަހުމަތްތެރިންނާއެކު ފަޅުރަަށަކަށް ދަތުރު ދިޔައީ މަޖާކޮށްލާ ގުޅުން ބަދަހި ކުރާށެވެ.

ދަތުރުގޮސް މޫދަށް އެރުމާއި މަޖާ ކުރުން ކުރިއަށް ދިޔައެވެ. ތަފާތު ގޭތްމަތައް ކުޅުމާއި، ކެއްކުމާއި ކެއުމުގައި އެންމެން ކަހަލަ ގޮތަކަށް ޝާމިލުވެ އުޅެނެވެ. ހުރިހާ ކަމެއްގައިވެސް އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނެވެ.

އުޑުމަތީ ރީތި ސާފު ދުވަހެއްގެ ހެނދުނު ދަތުރުދިޔައީ، ބިޔަބޮޑު ވާރޭގަނޑެއްގައި ޖެހިދާނެކަމަށް އެއްވެސް ވަރަކަށް އުއްމީދުކޮށްގެންނެެއް ނޫނެވެ. އެހެން ނަމަވެސް އިރުއޮއްސެން ކައިރިވިއިރު ވާރޭ ބޯކޮށްލިއެވެ. ވާރޭގައި ނަަމަވެސް އެ މީހުންނަށް އެނބުރި ރަށަށް ނުގޮސް ނުތިބެވޭނެއެވެ. އެރަށަކީ ވަރަށް ނާމާން ރަށެއްކަމަށް މީގެ ކުރިންވެސް ގިނަ ބަޔަކު ބުނަމުން އަންނަ ރަށެކެވެ.

އެ މީހުން އެ ފަޅުރަށަށް ގޮސްފައި ވަނީ ބޮއްކުރައެއްގައެވެ. އެ ދަތުރުގައި 16 މީހުން ދިޔައިރު، ފަހަރަކު އެނބުރި ރަށަށް ދިޔައީ އަށް މީހުންނެވެ. މާކަނޑުގައި ދުއްވަމުންދިޔަ ބޮއްކުރާ ބަނޑުން ޖަހާލާނެ ބިރު އޮތް ކަމުގައިވިޔަސް ފުރަތަމަ ގުރޫޕު ސަލާމަތުން ރަށަށް ބާލައިފިއެވެ.

ދެވަނަ ގުރޫޕު ގޮވައިގެން އެނބުރި ރަށަށް ދާން ނައްޓާލީ ގާތްގަނޑަކަށް އިރުއޮއްސި 6:30 ހާއިރުއެވެ. އެއިރު މުޅި ހިސާބުގަނޑު އޮތީ މުޅިން އަނދިރިވެފައެވެ. ފެންނަނީ ހަމައެކަނި ރަށުގެ އަލިކަމެވެ. އެންމެން އަރުވައިގެން ބޮއްކުރާ ނައްޓާލިއިރުވެސް ބޯކޮށް ވާރޭ ވެހެމުންދެއެވެ. ރާޅުތައްވެސް ބިޔަވެ ބޮއްކުރާގައި ޖެހި އަރިއަކަށް ވެއްޓެން އުޅޭހެންވެސް ހީވެއެވެ.

މިގޮތަށް މާދުރަަކަށް މި މީހުންނަކަށް ނުދެވުނެވެ. އައި ބިޔަ ރާޅެއްގައި ބޮއްކުރާ ބަނޑުން ޖަހާލީއެވެ. އެ ބޮއްކުރާގައި ދަތުރުކުރި އެންމެން މޫދަށް ވެއްޓުނެވެ. ހުސް ފިިރިހެނުންގެ ގުރޫޕެއް ގޮވައިގެން ދަތުރުކުރަމުންދިޔަ އެ ބޮއްކުރާ ބަނޑުން ޖަހާލިިއިރު، އޭގެން ދަތުރުކުރި އެންމެން ކަހަލަ ގޮތަކަށް އަލުން ބޮއްކުރާއަށް އެރިއެވެ، އެންމެން އެރުމަށްފަހު ކައްޕި އެންމެން ހަމަތޯ ބެލިއެވެ.

އެކަކު މަދެވެ. އެއީ އެ މީހުންގެ ތެރޭގައި ހުރި އެންމެ ޅަ ކުއްޖާއެވެ. އުމުރަކީ 14 އަހަރެވެ. އުމުރުން ހަގު ނަމަވެސް އޭނާ އަށް ފަތަން އެނގެއެވެ.

އޭނާ ހޯދުމަށް އެ ބޮއްކުރާގައި ތިބި ގިނަބަޔަކު ފުންމާލައި ފީނަން ފެށިއެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނޭގޭ ހާލުވެސް އެ ކުއްޖާ ފެނޭތޯ ކުރި މަސައްކަތް ވީ ބޭކާރެެވެ. އެއްވެސް މީހެއްގެ ފޯނެއްވެސް މަސައްކަތެއް ނުކުރެއެވެ. އެންމެ ފަހުން ޖެހުނީ ރަށަށް ދާށެވެ. ރަށަށް ގޮސް އެމްއެންޑީއެފް އަށާއި ފުލުހަށް ގުޅައިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރިއެވެ. ނުފުނެވެ.

އެ އާއިލާތިބީ ފުން ހިތާމައެއްގެ ތެރޭގައެވެ. އެއީ އެ އާއިލާގައި ހުރި ހަމައެކަނި ފިިރިހެން ކުއްޖާއެވެ. އަނެއް ދުވަހު ހެނދުނުވެސް ވެއްޖެއެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެ އާއިލާއިންނާއި، ސިފައިންނާއި ފުލުހުން ދަނީ ކުރަމުންނެވެ. މިގޮތަށް ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެ ކުއްޖާއެއް ނުފެނުނެވެ.

އެ އާއިލާގެ ހުރިހާ އުއްމީދުތަކެއް ވިއްސި ވިހާލިވެގެން ދިޔައީއެެވެ. އެމްއެންޑީއެފް އާއި ފުލުހުންވެސް އެންމެ ފަހުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލީ އެ ކުއްޖާ ފެންނާނެކަމުގެ އެއްވެސް އުއްމީދެއް ނެތީމައެވެ.

އެއް ރެއެއްގެ ދަންވަރެވެ. ކޮޓަރި ތެރޭގައި މީހަކު އޫޅޭހެން ހީވެގެން ބަލާލިއިރު، އެއީ ގެއްލުނު ކުއްޖާއެވެ. އޭނާ ފެނުމާއެކު މަންމަ ދިޔައީ ސިއްސައިގެންނެވެ.

'މަންމާ.... އަހަރެން ސަލާމަތްކުރޭ...." މިހެން އެ ކުއްޖާ ބުނުމަށްފަހު ގެއްްލުނީއެވެ. އޭގޭ ފަހުންވެސް އެ އާއިލާގެ އެކި މީހުންނަށް އެ ކުއްޖާ ފެންނަކަމަށް ވެއެވެ. އެކި ފަހަރު އެކި ތަންތަނުންނެވެ. ފެންނަ ކޮންމެ ފަހަރަކު ބުނަނީ އޭނާ ސަލާމަތް ކުރަން އައުމަށެވެ.

އެކަމާއި އެ ކުއްޖާގެ މަންމަ މިހާރު ހުންނަނީ ދުނިޔެއިން މޮޔަވެފައެވެ. ގެއްލުނު ކުއްޖާ އަދިވެސް އެ އާއިލާގެ މީހުންނަ ރަށުގެ އެކި ތަންތަނުން ފެންނަކަމަށް ވެއެވެ.

ނޯޓް: މިއީ އުތުރުގެ ރަށެއްގައި ހިނގާދިޔަ ކަމެކެވެ. އެ ކުއްޖާގެ ރަށާއި ނަން އަދި އެ އާއިލާގެ މެންބަރެއްގެ ނަން ހާމަކޮށްފައި ނުވަނީ އެ ވާހަކަ ކިޔާދިން މީހާގެ އެދުމުގެ މަތިންނެވެ. ވާހަަކައަށް ކޮންމެވެސް ވަރެއްގެ އުނި އިތުރުކަމެއް ވާނީ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މުހައްމަދު

    ތިކުއްޖާ ބޮއްކުރައަށް އެރިކަމަކަށް ނުވާނެ. އެކުއްޖާ ސަލާމަތްކުރާށޭ އެބުނީ ފަޅުރަށުގައި އެކުއްޖާ ހުރުމުން

    • ޢަލީ

      ބޮއްކުރާ އަށް އެރިކަން ކަށަވަރު ނުވާނަމަ ޖެހޭ ބަލަން އެރަށައް ދާން.

    • އަޅުގަނޑު

      އެ ފަޅުރަށް ބަލަން އަހަންނަށް ފެނޭ... އެ ރަށުގައި ހުރުމަކީ ވެދާނެ ކަމެށް..

  2. މޮދު

    އެކަން އެގޭބަޔަކުނެތް.

  3. ހަޒާޑް

    ޓާގު ބޯޓަކަށްވެސް ތިމީހުން ބޮއްކުރާ ކިޔާފާނެ ދޯ.ބޮއްކުރައެއްގަ 16 މީހުން.ލޮލް(މީ އިނގިރޭސި ލޮލް އެނގޭ)

    • ޅޮލް

      ރަނގަޅަށް ކިޔާލިން ތަ ވާހަކަ؟ މަށަށް ފެނުނީ 8 މީހުން ގޮވައިގެން ދެބުރަށް ދިޔަ ވާހަކަ. ލޮލް..

    • ޤައުމު

      ރަގަޅަށް ކިޔާބަލަ.. ޖުމްލަ 16 މީހުން ދަތުރު ދިޔައީ، ފަހަރަކު 8 މީހުން ބޮއްކުރައަށް އެރި ވާހަކަ ލިޔެފަ އޮތީ.. ( ލޮލް މީ ދިވެހި ވަންތަ ލޮލް އިނގޭ )

      11
    • Chokkolhey

      ރަގަޅަށް ލިޔުން ކިޔާބަލަ. ފަހަރަކު އަށް މީހުން ދިޔައޭ އެއޮތީ ސާފު ދިވެހި ބަހުން ލިޔެފަ. މާ ބޮޑަށްް އެނގޭތީ މައްްސަލަ އަކީ.. ލޮލް. ތަމަޅަ ބަހުން ލޮލް.

      • އައިރާ

        ހައްހައްހާ..... އަޅެ ފަހެ މިތާ ކޮމެންޓު މިކުރަނީ ޓޮން އެންޑް ޖެރީތަ.؟؟؟؟

        3
        1
  4. ނ

    ސޭޑް

    1
    2
  5. ާެެއިބުރާހިމް

    ތިޔަ ކުއްޖާ ފެނޭތޯ އެ ރަސައް ދާންވީ މަވެސް ދާނަން

  6. ހުސް

    ގަބޫލުކުރަން ދަތި ވާހަކައެއްތީ

    1
    3
    • ހުސޭނުބެ

      ތީ އަރަތެކޭ މޮޔަނުވެބަލަ !

      1
      1
  7. ޖޮއްބެ

    ހަހަހަ ހިސާބު ނުދަންނަ ގޮލައެއް.