ބޭނުންވާ ތަކެތި

1/2 ޖޯޑު ބަޓަރ 1 ޖޯޑު ހަކުރު 2 ބިސް 1 ސައިސަމުސާ ވެނީލާ އެސެންސް 1/3 ޖޯޑު ކޮކޯ ޕައުޑަރ 1/2 ޖޯޑު ފުށް 1/4 ސައިސަމުސާ ލޮނި 1/4 ސައިސަމުސާ ބޭކިންގ ޕައުޑަރ

ފްރޮސްޓިން އަށް ބޭނުންވާ ތަކެތި

3 މޭޒުމަތީ ސަމުސާ ބަޓަރ 3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ 1 މޭޒުމަތީ ސަމުސާ މާމުއި 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް 1 ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް

ކޭކު ފިހާ ތަށީގައި ތެޔޮ އުނގުޅާށެވެ. (ބޮޑު ތަވައެއްގައި) މަޑު ގިނީގައި ބަޓަރު ވިރުވާށެވެ. އެއަށްފަހު އޭގެ ތެރެއަށް ހަކުރާއި ބިސް އަދި 1 ސައިސަމުސާ ވެނީލާ އެޅުމަށްފަހު އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން، ކޮކޯ، ލޮނު، ފުށް އަދި ބޭކިންގ ޕައުޑަރ އެއްކޮށް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު 25 - 30 މިނެޓް ވަންދެން އަވަންގައި ފިހެލާށެވެ ފްރޮސްޓިންގ ތައްޔާރު ކުރާނެ ގޮތް: 3 މޭޒުމަތީ ސަމުސާ ބަޓަރާއި، 3 މޭޒުމަތީ ސަމުސާ ކޮކޯގެ އިތުރުން ވެނީލާ އެސެންސް އަދި ހަކުރު އެއްކޮށްލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ބްރައުނީސް އަވަނުން ނަގައި އޭގަ މަތީގައި ފްރޮސްޓިންގ އުނގުޅާށެވެ.