މިއީ ނޫސްވެރިއެއްގެ ވާހަކައެކެވެ. އަންހެނަކު ނޫސްވެރިކަން ދޫކޮށްލީ ނުރައްކާތެރި ކުށްވެރިއަކާއެކު ދިރިއުޅޭއެވެ. ނިއު ޔޯކްއަށް ނިސްބަތްވާ އެ ނޫސްވެރިޔާ މަޝްހޫރު ކުށްވެރިއެއް ކަމަށްވާ މާޓިން ޝްކެރިލީ ދެކެ އިންތިހާއަށް ލޯބިވީއެވެ. އޭނާ ދެކެ ލޯބިވި ގޮތަށް ވަޒީފާއަށް ދޫކޮށްލައިފިއެވެ. އަދި އެ ނުވެގެން ފިރިމީހާވެސް ދޫކޮށްލީއެވެ.

ކްރިސްޓީ ސްމީތް ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ބްލޫމްބާގް ނިއުސް ރިޕޯޓަރެކެވެ. އޭނާ ވަނީ ބޮޑު ވަގެއް ކަަމަށްވާ މާޓިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މުޅި ދުނިޔެއަށް ހާމަކޮށްފައެވެ. މާޓިން އަކީ އެމެރިކާގެ ކުރީގެ ހެޖް ފަންޑް މެނޭޖަރެކެވެ. އޭނާއަކީ މީހުންނަށް އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މީހެކެވެ.

ސްމީތް އަކީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލާގައި މާޓިންގެ ހަބަރު ކުއްލި ހަބަރުގެ ގޮތުގައި ލިޔުނު ނޫސްވެރިޔާ އެވެ. އަހަރުތަކެއް ފަހުން އޭނާއާ މާޓީންގ ގުޅުން ދިޔައީ ގާތްވަމުންނެވެ.

ސްމީތް ބުުނީ، އޭނާ މާޓީން އާ ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރު އޭނާ ޖަލަށް ލީ ފަހުންނެވެ. އޭނާ ބުނާގޮތުން އޭނާ ވަރަށް އުފާވެރި އެވެ.

ސިމީތް އާއި މާޓީންއާ މިހާރު ބައްދަލު ނުވާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެއީ ކޮވިޑް-19އާ ހެދިއެވެ، މިހާރު ސްމީތް މަސައްކަތް ކުރަުން ދަނީ ނޫސްވެރިކަމުގެ ދާއިރާގައި އަނެއްކާވެސް ހިފާލުމަށެވެ. އެ މަސައްކަތް އޭނާ ގޭގައި ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އޭނާ ވަނީ މާޓީން ކައިރީގައި، އޭނާ ޖަލުން ސަލާމަތްވެގެން އަންނަން ދެން އިންތިޒާރު ކުރާނެ ކަމަށް ބުނެފައެވެ.