ބަތަލާ ސަނީ ލިއޯންއަކީ އެތަރިއަކަށް އެންމެ އަަވަހަށް ބޮލީވުޑްގައި ކުރިއެރުން ލިބުނު އެއް ފަންނާނަށް ވާނެއެވެެ. ތަފާތު ފާޑުކިޔުންތަކާއި އެކުވެސް އޭނާ ދަނީ ފިލްމަކަށް ފަހު ފިލްމެއް ކާމިޔާބު ކަމާއި އެކު ފުރިހަމަކުރަމުންނެވެ. އޭނާގެ އެކްޓިންގެ ހުނަރާއި މެދު ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް އެކަންކަމަށް ގޮންޖަހާ އޭނާ ދަނީ އޭނާގެ ކެރިއާ އާއި އެކު ކުރިއަށެެވެ.

އެހެންނަމަވެސް ކޮވިޑް-19އިގެ ބަލިމަޑުކަމާއި އެކު ސަނީ 2020ގެ ގިނަ ވަގުތުތައް ހޭދަކުރީ ފިލްމީ ދާއިރާ އާއި ދުރުގައެވެ. ނަފްސާނީ، މާލީ އަދި އެހެނިހެން ގޮތުން މި އަހަރަކީ ގިނަ ބަޔަކަށް ދަތި އަހަރެއް ކަމަށް ވާއިރު މި އަހަރު ސަނީ އެންމެ ބޮޑު އިސްކަމެއް ދިނީ އޭނާގެ އާއިލާ އަށް ވަގުތު ދިނުމަށެވެ.

އެހެންނަމަވެސް އަންނަ އަހަރު ސަނީ ބޭނުމީ އޭނާގެ ވަގުތުތައް ވަރަށް ބޮޑަށް މަސައްކަތަށް ހުސްކުރާށެވެ. އޭނާ ބުނީ 2021 އަކީ އޭނާގެ އަަހަރެއް ކަަމަށް ޤަބޫލުކުރާ ކަމަށެވެ. ޔަހޫ އަށް ދިން އިންޓަރވިއުއެއްގައި އޭނާ ބުނީ އުންމީދަކީ ހަމަޖެހިލާނެ ވަގުތުކޮޅެއް ވެސް ނުލިބޭހާ ބުރަކޮށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެންމެ އަހަރަކު އޭނާ ބޮލީވުޑުން ގިނައިން ނުފެނުނު ނަމަވެސް އޭނާގެ ތަރި އޮއްސުނީ ނޫން ކަމަށް ސަނީ ވަނީ ބުނެފައެެވެ.

ސަނީ ދަނީ މިހާރު ވިކްރަމް ބަޓް އާއި އެއްކޮށް ސޮއިކޮށް އޭނާގެ "އަނާމިކާ"ގެ ޝޫޓިންގައި މަސައްކަތް ކުރަމުންނެވެ. ސަނީ އަކީ މިވަގުތު އެންމެ އަގުބޮޑުކޮށް އައިޓެމް ސޮންގް ކުޅެދޭ އެއް ފަންނާނަށް ވާއިރު އޭނާ އަކީ ރީތިވާ އެކި ކަހަލަ ސާމާނުތަކުގެ އިޝްތިހާރުތައް ވެސް އެންމެ ބޮޑު އަގުގައި ކުޅެދޭ އެއް ފަންނާނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖުހާ

  މިކޮޅުގަވެސް ވަރަށް މަސައްކަތް އެބައޮތް އަނައްޗޭ

  • Haha

   Anehkkaa knkahala masaikatheh baa?? .. Rangalhu kameh kurache juhaa... Haha

 2. ޒާނީ

  ނަމަ ކިޔުމުގެ ދެވައްތަރުން އެއްވައްްތަރު ކަމައްވާ މުސްތަޤްބަލަށް ނަމަކިޔައިފި. އެއީ މައްސަލައެއް ނޫން. އުންމީދަކީ ވެސް ދުޢާޔެއްތާ.