ޒަމާނަށް އައި ތަރައްްޤީ އާއި އެކު މިހާރު ބައިސްކަލުގައި ތަންތަނަށް ގޮސް އުޅޭ މީހުން މަދަކުން ނޫނީ ނުފެނެއެވެ. އެހެންނަމަވެސް ކޮވިޑް-19އިގެ ބަލިމަޑުކަމާއި އެކު މީހުން ކަސްރަތު ކުރަން ދޭ ސަމާލުކަން ވަނީ އިތުރުވެފައެވެ. އެހެންކަމުން ކުރިއަށް ވުރެ ގިނައިން ބައިސްކަލުގައި އުޅޭ މީހުން ދުނިޔޭގެ އެކި ހިސަބުތަކުން ފެނެެވެ.
މާލީ އަދި ތިމާވެއްޓާއި ގުޅޭ ސަަބަބުތަކަށް ބެލިއަސް މިކަން ނުކުރަންވީ ސަބަބެއް ނެތެވެ. ބައިސްކަލް ދުއްވުމުން ހަށިގަނޑަށް ލިބޭ އެތައް ފައިދާއެއް އެބަހުއްޓެވެ. އޭގެ ތެރެއިން ފުރަތަމަ ކަމ ކަހަތަ އިތުރުވުމެވެ. ކޮންމެ ދުވަހަކ ބައިސްކަލް ދުއްވުމަކީ މީހާގެ ހަކަތަ އތުރުވެ، ދުޅަހެޔޮކޮށް ހުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން އިތުރު ކުޅިވަރުތައް ކުުޅުމަށް ލިބޭ ބާރަކަށް ވެއެވެ.
އަދި ބައިސްކަލް ދުއްވަން ފެށުމުން ކެންސަރު، ހިތުގެ ބަލިތައް، ޑިޕްރެޝަން، އާދަޔާ ޚިލާފަށް ފަލަވުން އަދި އާރްތްރައިޓިސް ފަދަ ބަލިތަކާއި ދުރުހެލިކޮށްދެއެވެ. އަދި މިގޮތަށް ބައިސްކަލު ދުއްވުމުން މީހާގެ ހާސްކަން ކުޑަވާކަން ވެސް ވަނީ އެނގިފައެވެ.
އަދި ބައިސްކަލް ދުއްވުމަކީ ވަގުތާއި މެދު އިތުރަށް ސަމާލުވެވޭ ކަމެކެވެ. ސަަބަބަބަކީ ބައިސްކަލް ދުއްވަން ހޭދަވާ ވަގުތާއި ހަކަތައަށް ބަލާފައި ފަރުވާކުޑަ ކުރެވެން ނެތުމުންނެވެ. އެއީ އޫބަރ ނޫނީ ޓެކްސީގައި އޮފީހަށް ނޫނީ ތަންތަނަށް ދާ ނަމަ ވަގުތު އޮއްވާ ތަނަކަށް ދެވޭނެ ކަމުގެ ޔަޤީންކަން އޮންނާތީ ކަންނެތް ވާގޮތް ވެއެވެ. އެހެންނަމަވެސް ބައިސްކަލްގައި ތަންތަނަސް ދިއުމަކީ މީހާ ހީވާގިވާ ކަމެއްވެސް މެއެވެ. އަދި އިތުުރު ކަސްރަތަކާއި ނުލާ މީހާ ދުޅަހެޔޮކަން މަތީ ދެމިހުރުމަށް މަގުފަހިކޮށްދެއެވެ. އެހެންކަމުން ބައިސްކަލްގައި އުޅޭތާ 2 ވަރަކަށް ހަފްތާ ތެރޭގައި މީހާގެ ހަށިހަނޑާއި މޫޑަށް އެކަށީގެންވާ ފައްސި ބަދަލުތަކެއް އަންނާނެއެވެ.
ނަޒާހަތު އިބްރާހިމް ރަޝީދުގެ މި ލިޔުމުން އަހަރެމެންނަށް މި އެނގިގެން ދިޔައީ ނިކަން މުހިންމު މުޅިންވެސް އައު މައުލޫމާތެއް. ޝުކުރިއްޔާ.
އޯކޭ ދެން
ބައިސްކަލް ދުއްވައިގެން ދަރިފަނި މަދުވާ ވާހަކަ އިތުރު ކޮއްލިނަމަ.
Madun hure bala 😬
ތަރުޖަމާ ކުރާއިރު އެއާރޓިކަލްގެ އޮރިޖިނަލް ސޯސް ގެ ލިންކެއް ވިއަސް ބަޔާން ކޮއްލާނަމަދޯ.