ތުރުކީގެ ސޮއުޓްގެ ބިމުގެ އަޑިން ގިނަ އަދަދެއްގެ ރަން ފެނިއްޖެއެވެ.

ތުރުކީގެ އަންދޮލު ނޫހުން ރިޕޯޓް ކުރި ގޮތުގައި، އެގައުމުން ފެނުނު ރަނުގެ އަގު ހަ ބިލިއަން ޑޮލަރަށް އަރައެވެ.

އެގައުމުގެ އެގްރިކަލްޗަރަލް ކްރެޑިޓް ކޯޕަރޭޓިވްސްގެ ވެރިޔާ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ، މި ރަންވަޅު ފެނިފައިވަނީ ސޮއުޓްގެ ބިމު އަޑިންނެވެ. އޭނަ ވިދާޅުވިގޮތުގައި، ރަން ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭ ފަށާނެއެވެ.

ރަން ފެނުނު ސަރަހައްދު ކޮންޓްރޯލް ކުރަމުން އަންނަނީ ތުރުކީގެ ގެބްރޭޓަސް ފާޓިލައިޒާ ޕްރޮޑަކްޝަން ފާމުންނެވެ.

ރަން ފެނުނު ހަބަރާއި ގުޅިގެން ގެބްރޭޓަސް ފާމްގެ ޝެއާ މާކެޓް ވެލިއުވަނީ މިހާރު އުފުލިފައެވެ.

ތުރުކީގެ އެނާޖީ އެންޑް ނެޗުރަލް ރިސޯސް މިނިސްޓަރ ފާތިހް ޑޮންމޭޒް ވިދާޅުވި ގޮތުގައި ތުރުކީ ވަނީ މިދިޔަ އަހަރު 38 ޓަނުގެ ރަން ބިމުގެ އަޑިން ނަގައި ދުނިޔޭގެ ރިކޯޑެއްވެސް ހަދާފައެވެ.

"އަހަރުމެންގެ ޓާގެޓަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭ 100 ޓަނުގެ ރަން އުފެއްދުން" އޭނާ ވިދާޅުވިއެވެ..

ތުރުކީއިން ރަންވަޅެއް ފެނިފައިވާއިރު، މިހާރު އެގައުމުގެ ރަނުގެ އަގު ވަނީ 0.09 އިންސައްތަ މައްޗަށް ގޮސްފައެވެ. އެގައުމުގައި އެއް ކިލޯ ރަން އުޅެނީ 458،745.82 ޓާކިޝް ލީރާ (60،076.57) އެމެރިކާ ޑޮލަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާމިޔާ

    އަލްހަމްދުލިއްލިއްލާހި

    100
    3
  2. އަންނި

    އަހަރެންބޭނުން ރަންކާން.

    15
  3. Anonymous

    މާޝާﷲ.
    އެކިމީހުންނަށް އެކިނިޢްމަތްތައް މިންވަރުކުރެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ވަންތަކަމާއެވެ. سبحان الله

    81
  4. ޒިމްޒިމް

    މުސްލިމް އުއްމަތްދެކެ ލޯބިވާ އަދުލުވެރި ވެރިއެއްހުރި ޤައުމެއް.. މިއަދު މުސްލިމުންގެ ޙަލީފާއަކަށް ބަލަން އެންމެ ރަގަޅު ލީޑަރއަކީ އުރުދުޤާން..

    19
    2