މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިވެރިއެއްގެ ގޮތުގައި ދުނިޔެ މަޝްހޫރު ސިނާލޯ ކާޓެލްގެ ވެރިޔާ ޖޮކްއިން އެލް ޗަޕޯ ގުޒްމަން ޖަލުގައި ހުރި ނަމަވެސް އޭނާގެ ވާހަކައެއް ނުނިމެއެވެ. އަދިވެސް މީޑިއާތަކުގައި ދޭތެރެ ދޭތެރެއިން އޭނާގެ ވާހަކަ ދެކެވެއެވެ. ނަމަވެސް މިފަހަރު މިއޮތީ އަދި އޭނާގެ ވާހަކައެއް ނޫނެވެ. މިފަހަރު މިއޮތީ އެލް ޗަޕޯގެ އަނބިމީހާ އެމާ ކޮރޯނެލްގެ ވާހަކައެވެ.

އެލް ޗަޕޯއަށް ލިބިފައިވާ މަޝްހޫރު ކަމުގެ ސަބަބުން އެމާ އަކީ ވެސް އާއްމުންގެ ތެރޭގައި މަޝްހޫރު މީހެކެވެ. އުމުރުން 31 އަހަރުގެ އެމާ އަށް އިންސްޓަގްރާމްގައި ފޮލޯ ކުރާ މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެ ގިނައެވެ. ނަމަވެސް އޭނާ އިންސްޓަގްރާމްގައި ޕޯސްޓްތައް ކުރަނީ ވަރަށް މަދުންނެވެ.

އެންމެ ފަހުން މިހާރު މީޑިއާގެ ސަމާލުކަމަށް އެމާ އައިސްފައި މިވަނީ ވެޑިން ޑްރެސްއެއްގައި ހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކުރުމުންނެވެ. ޖުލައި މަހު އުފަން ދުވަސް ފާހަގަ ކުރަން ކުރި ޕޯސްޓަށް ފަހު އެމާ ދެން ޕޯސްޓެއް ކުރީ އިއްޔެ އެވެ. އެޕޯސްޓްގައި ވެޑިން ޑްރެސްއެއް ލައިގެން އޭނާ ހުރި އަސްލު ސަބަބެއް އަދި ސާފެއް ނުވެއެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއީ "ލޯމަން ސެލޫން" ނަމަކަށް ކިޔާ ކުންފުންޏެއް އިސްތިހާރު ކުރަން އެމާ އާއި އެކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޕޯސްޓް ކުރި ފޮޓޯއެކެވެ. އެމާ އިން އެކުންފުނީގެ ގިނަ ހަރަކާތްތަކެއްގައި އަންނަ އަހަރުން ފެށިގެން ބައިވެރިވާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އެލް ޗަޕޯގެ އަނބިމީހާ ކުންފުނިތައް އިސްތިހާރު ކުރުމުގެ މަސައްކަތުގައި އުޅޭއިރު އެލް ޗަޕޯ ހުރީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަން އެމެރިކާގެ ފޮލޮރިޑާގެ ޖަލެއްގައެވެ. އޭނާ އުމުރަށް ޖަލަށް ލާން މިދިޔަ އަހަރު ކޮށްފައިވާ ޙުކުމް އޭނާގެ ފަރާތުން ވަނީ އިސްތިއުނާފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގު

    ވަ1800 ކިލޯ އޯކޭ 3 މިލިއަން އޯެކޭ ފަހާ ނު ދުވެ ވޭ ވަރު ކޮއް ލީ 5 ޓަން ވީމަ 1ބިލިއަން ލި ބޭ ނެ

    • ޛ

      އާން