ތައިލެންޑްގެ ރަސްގެފާން މަހާ ވަޖިރަލޮންގްކޮންގެ އަނބިކަނބަލުން ސިނީނަޓްރާގެ ފޯނު ހެކްކޮށް 1400 އަށްވުރެ ގިނަ ބަރަހަނާ ފޮޓޯ އިނގިރޭސިވިލާތުގެ ނޫސްވެރިއެއް ކަމަށްވާ އެންޑްރޫ މާޝަލް އަށް ކާކުކަން ނޭންގޭ މީހަކު ފޮނުވައިފިއެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާއާ ދެކޮޅަށް ތަފާތު ލިޔުންތައް ލިޔަމުން ގެންދާ ނޫސްވެރިޔާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ކުޑަ އެސްޑީ ކާޑެއްގައި އޭނާ އަށް ލިބުނު ފޮޓޯތަކަކީ ފޯނެއް ހެކް ކޮށްގެން ނަގާފައިވާ ފޮޓޯތައްކަން އެނގެއެވެ.

ސިނީނަޓްރާ ނުވަތަ މަޝްހޫރު ނަމުންނަމަ ކޯއީގެ 1443 ބަރަހަނާ ފޮޓޯ ލިބިފައިވާ ކަމަށް އެންޑްރޫ ބުނެއެވެ. "ވަރަށް ސާފުކޮށް އެނގޭ އެއީ ކޯއީގެ އަމިއްލަ ފޯނު ހެކްކޮށްގެން ހޯދާފައި ހުރި ފޮޓޯތަކެއްކަން. އޭގެތެރެއިން ގިނަ ފޮޓޯތައް ނަގާފައި ވަނީ އަމިއްލައަށް. ބެލެވޭ ގޮތުގައި އެއީ ރަސްގެފާނަށް ފޮނުވަން ކޯއީ ނަގާފައިވާ ފޮޓޯތަކެއް." އެންޑްރޫ ބުންޏެވެ.

އެންޑްރޫ ބުނީ ތައިލެންޑްގެ ރަސްކަމަކީ ތައިލެންޑަށް ކުރިމަތިވެފައި އޮތް ބޮޑު މުސީބާތެއް ކަމަށް އޭނާ ގަބޫލުކުރި ނަމަވެސް ކޯއީގެ ބަރަހަނާ ފޮޓޯތައް އާއްމު ކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. "މީހުންގެ ޒާތީ ކަންކަމަށް އިހްތިރާމް ކުރާތީ އެފޮޓޯތައް އާއްމު ކުރުމުގެ ވިސްނުމެއް އަހަރެންގެ ނެތް." އެންޑްރޫ ބުންޏެވެ.

ތައިލެންޑް ޝާހީ އާއިލާ މެންބަރުންގެ ބަރަހަނާ ފޮޓޯ ލީކްވުން މިއީ އަލަށްވީ ކަމެއް ނޫނެވެ. ރަސްގެފާން މަހާގެ ކުރީގެ އަނބިކަނބަލުންގެ ބަރަހަނާ ފޮޓޯތަކެއް ވެސް 2001 ވަނަ އަހަރު ލީކްވިއެވެ. އޭރު މަހާ އަކީ ތައިލެންޑްގެ ވަލީއަހްދެވެ.

ތައިލެންޑް ރާނީގެ ބަރަހަނާ ފޮޓޯތަކެއް ލީކްވެފައިވާއިރު ތައިލެންޑްގެ ރަސްކަމާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ސިލްސިލާ މުޒާހަރާތަކެއް ކުރަމުން އަންނަތާ މިހާރު ހައެއްކަ މަސްވެއްޖެއެވެ. މުޒާހަރާތައް ހޫނުވެފައިވާއިރު ކޯއީ ގެންދަނީ ނިކަމެތި އާއިލާތަކާއި ބައްދަލުކޮށް ތަފާތު އެހީތައް ވެސް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަރު

    މިއީ އިސްތިހާރެއްތަ

    49
    2
  2. Anonymous

    އަނގަ ކަހެރުވަކެއްހެން ހަދައިގެން މައިތިރި ނުވެގެން އުޅޭ ބައެއް.

    34
    2
  3. ސައްފަތު

    ކީރިތި ޤުރުއާނުގެ ސޫރަތުއްނޫރުގެ 19 ވަނަ އާޔަތާއި އެއާޔަތުގެ މާނަ ވިދާޅުވުން އެދެމެވެ. އަދި ދަންނަވަމެވެ. ތިބާއަކީ ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި ޢަމަލުތައް ފެތުރިގެން ދިއުމަށް ލޯބިކުރާ މީހަކަށް ނުވާނަމަ މިޚަބަރު މިހާރުން މިހާރަށް ނަންގަވާށެވެ. އަދި މިފަދަ ޚަބަރުތައް ނުލިޔުއްވާށެވެ.

    142
    3
  4. ބޯގޯސް

    މިފަދަ ޚަބަރުތައް ފެތުރުން ހެޔޮނުވާނެ. ދެން އެންމެން މިފޮޓޯތައް ހޯދަން ސާޗްކުރާށޭ ތިޔަބުނަނީ. ނުބައިކަމުގެ މަގަށް ގޮވާނީ ޝައިޠާނުން.

    145
    3
  5. ޑރ. ރާމީ

    މި ޒަމާނު ގައި ޕްރިންޓަރ އަކާއި ކޮމްޕިއުޓަރ އެއް ހުރިއްޔާ ބޭނުން ގޮތަކަށް ފޮޓޯ ހަދާލެވޭނެ. ފޭކު އަށްވުން ވަރަށް ކައިރި.

    46
    2