ބޭނުންވާ ތަކެތި:

1 ޖޯޑު ބާސްމަތީ ހަނޑޫ

2 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ

1/8 ސައި ސަމުސާ އަސަފޯޓިޑާ

1 ސައި ސަމުސާ މަސްޓަޑު ސީޑް

7-8 ހިކަނދި ފަތް (ޗަސްކޮށްފައި)

2-3 ރެޑް ޕެޕަރ

½ ސައި ސަމުސާ ރީނދޫ

2 ސައި ސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

2 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަރް (ޗަސްކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، ތެއްޔެއްގެ ތެރޭގައި ތެޔޮފޮދު ހޫނުކުރުމަށްފަހު، އޭގެތެރެއަށް އަސަފޯޓިޑާ، މަސްޓަޑު ސީޑު، ހިކަނދި ފަތް އަދި ރެޑް ޕެޕަރ އެޅުމަށްފަހު ކައްކާށެވެ. ދެން، އޭގެފަހުން، މަސްޓަޑު ސީޑްތައް ކެކެން ފެށުމުން، އޭގެތެރެއަށް ހަނޑޫކޮޅު އަޅާލާށެވެ. އަދި، އޭގެތެރެއަށް ރީނދުލާއި، ލޮނު އަދި 1 ½ ޖޯޑު ފެން އެޅުމަށްފަހު ކައްކާށެވެ.

އެއަށްފަހު، ކެކެން ފެށުމުން، ބަތްކޮޅުގެ ތެރެއަށް ލުނބޯ ހުތްކޮޅެއް ޖެހުމަށްފަހު ތެލީގައި މަތި ޖަހާށެވެ. އޭގެފަހުން، ބަތްކެކުމުން، އަނެއްކާވެސް ލުނބޯ ހުތްކޮޅެއް ޖެހުމަށްފަހު، އޭގެތެރެއަށް ކޮތަނބިރި ފަތްކޮޅު އަޅާލާށެވެ.