މިއީ މެދުރާއްޖެ ތެރޭގެ ރަށެއްގައި ދާދި ފަހުން ހިނގައިފައިވާ ހާދިސާއެެކެވެ. މިކަން ދިމާވި މީހުންގެ އަބުރު ރައްކާތެެރިކުރުމަށް އެމީހުންގެެ މި ލިއުމުގައި އެއްވެސް ފަރާތެއްގެ އަސްލު ނަމެެއް ނުވަތަ ރަށެއްގެ ނަން ހިމަނާފައެއް ނުވާނެއެވެ.
އައިޝަތު އީވާ އާއި އިބްރާހިމް ނާޝިދު ދިމާވީީ 2018 ވަނަ އަހަރުގެ ތެރޭގައި މާލެއިންނެވެ. އެ ދެމީހުންގެެ ގުޅުން ފެށުނީ ރަހުމަތްތެރިކަމުންނެވެެ. އެ ދެެމީހުން ގުޅޭ ކަމަށް ބުނެެ ދެމީހުންގެ އެހެން އެކުވެރިންވެސް އަބަދުވެސް އެ ދެމީހުން އަޅުވާ ކިޔައި ހަދައެެވެ.
ރަހުމަތްތެެރިިން ބުނާހެން އެ ދެ މީހުންގެ ހުރިިހާ ގޮތަކުންވެސް ގުޅޭކަން ގަބޫލުކުރެވި ރަހުމަތްތެރިކަން ލޯބީގެ ގުޅުމަކަށް ބަދަލުކުރިއެވެ.
ދެ ޒުވާނުން ކައިިވެނިކުރަން ނިންމީ އެެކުގައި އަހަރެއްހާ ދުވަހު އުޅުމަށް ފަހު އެވެ. އީވާ ބޭނުންވީީ އޭނާގެ ރަށަށް ކައިވެނިކުރަން ދާށެވެ. ނާޝިދު އަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހެއް ކަމުން އޭނާގެެ އާއިލާއިން އެކަމަށް ދެކޮޅު ހެދިއެވެެ. އެެހެެން ނަމަވެސް އީވާ ކުރު ނުކުރުމުން ނާޝިދު ބޭނުންވީ އާއިލާގެ ނުރުހުމުގައިވެސް އެ ކައިވެނި ކުރާށެވެެ.
އީވާގެެ އާއިލާއަކީ ކޮބައިކަމެއް ނާޝިދުގެެ އާއިލާއިން ނުވެސް ބަލައެެވެ. ކައިވެނި ކުރުމަށްޓަކައި ނާޝިދު އީވާ ދިރިއުޅެެމުން ދިޔަ ރަށަށް ދިޔައެވެ. ކައިވެންޏަށް މާބޮޑު ހަރަދެއް ކުރާނެ މާލީ ތަނަވަސްކަމެެއް ނެތުމުން ދެމީހުންވެެސް ބޭނުންވީ ކޯޓުގައި ކައިވެނި ކުރާށެވެ.
ކައިވެނީގެެ ދުވަސް ޖެެހުނު އިިރު ދެެ ޒުވާނުންވެސް ތިބީ އެ ދުވަހަށް ކެތް މަދުވެެފައެެވެެ. ކައިވެެނި ކުރުމަށް ޕާޓީއެއް ނުބޭއްވުނަސް ވެވުނު އެންމެެ ބޮޑަކަށް ތައްޔާރުވެގެން ކައިވެނިކުރުމަށް އީވާ އާއި އެކު ނާޝިދު ކޯޓަށް ދިޔައެވެ. އީވާގެ އާއިލާގެެ ގިނަ ބަޔަކުވެސް އެ ދެމީހުންނާއި އެކު ކޯޓަށް ދިޔައެވެ.
ކައިިވެެނީގެެ މަޖިލިސް ފެށި ކުރިއަށް ދިޔައެވެ. ތަނަށް ވެރިވެެެފައި އޮތީ ހިމޭންކަމެެކެެވެ. ކައިވެނި ކޮށްދިނުމަށް ގާޒީ ދެެ ޒުވާނުންގެ ނަމުގެެ ކުރިއަށް މައިންބަފައިންގެ ނަން ކީ ވަގުތު ތަނުގެެ ހަމަހިމޭންކަން ނަގާލީ އީވާގެ މަންމައެވެ. "ނޫން މި ކައިިވެެންޏެއް ނުވާނެ. ނޫން ދަރިިފުޅާ މަންމައަށް މާފްކުރޭ." މިހެން ކިިޔާ އީވާގެެ މަންމަ ރޯން ފެށިއެވެ.
ކޮންމެވެސް ކަމެއް ގޯސްވެެއްޖެކަން ޔަގީންވުމުން ގާޒީ އާއި އީވާ އަދި ނާޝިދު ވާހަކަދައްކައި ކައިވެެނީގެެ މަޖިލިސް މެދުކަނޑާލިއެެވެ.
ވީގޮތް އޮޅުން ފިލުވަން އީވާގެ މަންމަ އާއި އެކު ކޯޓުން ބޭރަށް އެ ދެޒުވާނުން ނިކުތެވެ. އީވާގެ މަންމަ އެވަގުތު ބުނި އެއްޗަކުން ނާޝިދުގެެ ފައިދަށުން ބިިންގަނޑު ދެެމިގެން ނުދިޔައީ ކިރިިއާއެވެ.
"ދަރިފުޅާ ނާޝިދޫ. ތި ދެެމީހުންނަކީީ އެއްބަފާ ދެމީހުން. އަހަރެެންގެ ފިރިމީހާއަށް އީވާ އަކީ އޭނާގެ ދަރިއެއް ކަމަށް ބުނެެ އޮޅުވާލިން. ދުނިޔޭގެެ ލަދަށް އެެވާހަކަ ބުނަން ނުކެރުނީ. އީީވާ އަށް ވާނެެ ގޮތަކާ މެެދުވެސް ވިސްނާފަ. އެކަމަކު އެެ ނުބައި ކުށުގެ އަދަބު މިއަދު އަހަރެެންނަށް މި ލިބުނީ" އީވާގެެ މަންމަ ބުންޏެެވެ.
އީވާ މަންމަ އާއި ނާޝިދު ބައްޕަ އަކީ އޭގެ އަހަރުތަކެެއް ކުރިން ލޯބީގެެ ގޮތުން ގުޅިގެން އުޅުނު ދެމީހުންނެވެ. އެެރަށަށް ދިޔަ މަސައްކަތު ދަތުރެެއްގައި ނާޝިދު ބައްޕަގެ ދަރިއަކަށް އީވާގެެ މަންމަ ބަނޑުބޮޑުވިއެވެ. އެެހިިސާބުން ނާޝިދުގެ ބައްޕަ އީވާގެ މަންމަ ދޫކޮށްލާފައި ދިޔައެވެ.
އެ ހާދިސާއަކަށް ފަހު އީވާގެެ މަންމަގެ ފިރިމީހާ އީީވާ މަންމަ ވަރިކުރިކަމަށް ވެއެވެ.
ޒިނޭ ކުރުމުގެ ނުބައިކަން .
ގައިމު ކައިވެނީގެ އިޤްރާރު ފޯމުގައި ދެފަރާތުގެ މައިންބަފައިންގެ އައިޑީ ނަންބަރާ ވަނަވަރާ ޖަހަން ޖެހޭ ނޫންބާ!؟
ހީވަނީ އީވާގެ ނަސްލު އޮޅުވާލަ އިންހެން..އީވާގެ މަންމަގެ ފިރިމީހާގެ ނަމުގަ އީވާ ޖައްސާފަ އިނީމަ މިހެން ވެދާނެ ކަމަށް ހީވަނީ..
ޑީއެންއޭ އަކީ ހެއްކެއް ނޫން ކަމަށް އެބުނީ އިހަށްދުވަހު. ދެފަރާތުގެ އައިޑީކާޑު ޖެހިޔަސް ވަނަވަރު ޖެހިޔަސް ބޯދާ މީހުން މިކަންކަމެއް ގަބޫލެއް ނުކުރާނެ. ވާހަކައިގައި އެވަނީ ފިރިމީހާގެ ދަރިޔެއްކަމަށް ބުނެ އޮޅުވާލައިފައިވާ ކަމަށް. ޑީއެންއޭ ޓެސްޓު (ތެލެސީމިޔާ ޓެސްޓަކީވެސް ޑީއެންއޭ ޓެސްޓެއް) ހަދައިގެން ކައިވެނި ކުރިނަމަ މިހެނެއް ނުވީސް.
ކޮސް ނުގޮވަބަލަ، އޭގަ އެބުނީނުން ކައިވެނި މަޖްލީހާއި ހަމައަށް އީވާގެ ހަގީގީ ބައްޕަ އަކީ ކާކުކަން އީވާގެ މަންމަ ސިއްރުކޮށްފައި އޮތް ވާހަކަ.... އެހެންވީމަ އީވާ އަށް ވެސް ނާޝިދުއަށްވެސް އެނގިފަ އޮންނާނީ އީވާގެ އަސްލު ބައްޕައަކީ އީވާ މަންމަގެ ފިރިމީހާކަމަކަށްނުން.. ދެން ފޯރމް ފުރިއިރު ނާޝިދުގެ އާއިލީ މައުލޫމާތު އީވާގެ މަންމަ ސާފްކޮށްލިނަމަ ކައިވެނި މަޖްލީހާއި ހަމައަށް ނުގޮސް މިކަން ނިންމުނީސް..
ބަލަގަ އިވާގެ މަންމައެއް ނުފުރާނެއެއްނު އިގުރާރު ފޯމެއް..ކައިވެނިކޮށްދިން ވަގުތު މައިންބަފައިންގެ ނަންކީ ވަގުތު އެނގުނީ..އައްޑޫ އެނޯ ބޮލުރޮދި
ދަރީގެނަސްލު އޮތީ އޮޅުވާލާފައި. ަަެަަެަަަެަަެަަަެަަެަަަެަަެަަަެަަެަަަެަަެަަަެަަެަަަެައެކަމަކު މަންމައަށް ފިރެހެން ކުއްޖާގެ ބައްޕަގެ ނަން އެނގުނީމަ އެނގުނީ. އައިޑީ ކާޑުގައި އަންހެން ކުއްޖާގެ ބައްޕަކަމަށް އެއޮތީ އިނދެގެން ހުރިމިހާގެ ނަން.ަެހެންވީމައި ފޯމު ބެލިއަކަސް ނޭންގޭނެ އެއްނު.
ޒިނޭކޮށްގެން ލިބޭ ދަރިންގެ އެ އްވެސް ލިޔުމެ އްގަ ބަ އްޕަ ގެ ނަމެ އް ނޯންނާނެ!
ޖަހާނެ. އެކަމަކު އެމަންމައަށް އެ ފޯމު ދެއްކުން އެއީ ޝަރުޠެއް ނޫން. އެ ފޯމު ފުރާނީ ހެކި ވެރިން. މި ޙާދިސާ ގައި ކައިވެނިވާ ދެމީހުނަށް އެކެއް އަނެކެއްގެ ވަނަވަރު އެނގުނަސް އަސްލު މައްސަލައެއް ނޭނގޭނެ. މަންމަ އޮތީ އެކަން މާބޮޑަށް ސިއްރުކޮށްފަ. ކައިވެނީގެ މަޖުލީހުގައި މިކައިވެންޏަކީ މިވެނި ރަށަކު މިވެނި މީހެއްގެ މި ފިރިހެން ދަރިފުޅޭ ބުނާ ހިސާބުން އަންހެން ކުއްޖާގެ މަންމައަށް އެނގޭނީ އޭ ކާކުގެ ދަރިއެއްކަން ދޯ. ވިސްނާ ވިސްނާ
ކަލޭ ހަމަހޭގަ ހުރެގެން މީތި ކިޔާބަލަ.
ތިކަހަލަ މީހުން ގިނަވީމައޭ މިކަހަލަ ހާދިސާ ހިނގަނީވެސް.
ބުރޯ ޙަބަރު ކިޔާފަ ދެންވެސް ކޮމެންޓް ކުރައްޗޭ، އޭރުން ވާނުނާ ނޭނގި އުޅޭކަށް ނުޖެހޭނެ.
ކުރިން ފުރިހަމަ ނަންވެސް ނޭގެނީބާ. އެހެންނުވާނީ ކިޔާނީ ކޮންމެވެސް ގަޓޭ އެއއް ނޫނީ ޢޫންޖަލްއެއް
އަންހެން ކުއްޖާގެ މަންމަ އެވަނީ އޮޅުވާލާފަ ދެންއޮޅުފިލާނެ ގޮތަކީކޮބާ؟
ޙުސްދޮގު ފޭކު ބަލަ ކުޅޭކުޅޭ ހިންދީ ފިލްމެއް ނޫނޭ ކައިވެނި އެއީ އިނގޭތަ ކައިވެނި ކުރަންދިޔާމަ ދޯ ކާކުތޯވެސް ބަލަނީ ހަހަހަހަހަ ކުފޫ ހަމަނުވާ އެޑިޓަރުންނަ ވާނީތިވަރު 😷😷😷
އަދިވެސް ބުނޭ މިތާއުޅޭ ރޯނުއެދުރުން ޑީއެެންއޭ އަކީ ހުއްޖަތެއް ނޫނޭ
ލޯބީގެ ގޮތުން ގުޅިގެން 1އަހަރު އުޅުނުއިރު އޮންނާނީ ވާނެއެއްޗެއްވެ ނިމިފައި.
ދެންވެސް ޑީއެންއޭ ޓެސްޓު ނުހަދާވޭތޯ ބަލާތި.
އަދި ކިރިޔާ މި އިނގުނީ އީވާގެ ބެކްގްރައުންޑްވެސް............
މައިންބަފައިން ކުރާކުށުގެ ސަޒާ ބައެއްފަހަރު ދަރިންނަށްލިބެއެވެ. މާތްﷲ އަހަރުމެންގެ ފާފަ ފުއްސަވާށި. އާމީން
މައިންބަފައިން ކުރާކުށުގެ ސަޒާ ބައެއްފަހަރު ދަރިންނަށްލިބެއެވެ. މާތްﷲ އަހަރުމެންގެ ފާފަ ފުއްސަވާށި. ...........
އަސްތަޤްފިރުﷲ ސޯ ސޭޑް
ކޮންްފަދަ ގަމާރު ބައެއްތަ މިތާ މި ކޮމެންޓުކުރަނީ.