168 ދުވަހު ޖައްވީ އުޅަދެއްގައި އުޅުމަށްފަހު ތިން އެސްޓްރޯނަޓަކު ދުނިޔެއަށް އަލުން އަބުރާ ބިމަށް އަންނާނެ ކަމަށް ދުނިޔޭގެ ޖައްވީ އިދާރާ ނާސާއިން ހާމަކޮށްފިއެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މިއަންނަ ޖޫން މަހު 3 ވަނަ ދުވަހު އިންޓަރނޭޝަނަލް ސުޕޭސް ސްޓޭޝަން (އައި.އެސް.އެސް) ގައި ގިނަ ދުވަހު އުޅުމަށްފަހު ތިން އެސްޓްރޯނަޓަކު ދުނިޔޭގެ ބިމަށް އަންނާނެއެވެ. މިތިން އެސްޓްރޯނަޓުންނަކީ ދުނިޔޭގެ ތިން ޤައުމަކަށް ނިސްބަތްވާ އެސްޓްރޯނަޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ޖަޕާން އަދި ރަޝިޔާ ހިމެނެއެވެ.

މިތިން އެސްޓްރޯނަޓުން ދުނިޔޭގެ ބިމަށް އައުމަށް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންއިން ފުރައިގެން އަންޑޮކް ކުރުމުގެ ކުރިން ޖުމްލަ 3 ގަޑިއިރާއި 30 މިނެޓް ބޭނުންވެއެވެ. އަދި މިމީހުން ލޭންޑް ކުރުމަށް ހަމަޖެހިފައިވާ ކަޒަކިސްތާނަށެވެ.

އިތުރު އެސްޓްރޯނަޓުންތަކެއް ޖޫން މަހު 6 ވަނަ ދުވަހު އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންއަށް ދިއުމަށް ދުނިޔޭގެ ބިމުން ފުރާއިރު، މިމީހުނަށް ސުޕޭސް ސްޓޭޝަންއަށް ދިއުމަށް ގާތްގަނޑަކަށް 2 ދުވަސް ހޭދަވާނެއެވެ.

168 ދުވަހު ޖައްވުގައި އުޅުމުގެ ސަބަބުން މިއެސްޓްރޯނަޓުންނަށް ގިނަ ސިއްޙީ މައްސަލަތެއް ކުރިމަތިވެފައި ހުރެދާނެތީ، ނާސާއިންވަނީ މިފަދަ ހާލަތެއްގައި މަސައްކަތް ކުރާނެ ޓީމްއެއް އެކުލަވާލާފައެވެ. ނާސާއިން ބުނެފައިވަނީ ޒީރޯ ގުރެވިޓީގައި މިހާ ގިނަ ދުވަހު މަސައްކަތް ކުރުމުގެ ސަބަބުން މައިބަދައަށް ގެއްލުންތަކެއް ލިބިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު