އެޕަލް އިން އައިފޯން 12 ނެރުނުއިރު، އެންމެ ބޮޑަށް ޖޯކު ޖަހައި ފާޑުކިޔާފައި ވަނީ ސެމްސަންގއިންނެވެ. އެޕަލް އިން އެންމެ ފަހުން ނެރެފައިވާ އައިފޯނާއެކު ޗާޖަރެއް ނުލިބެއެވެ. އެކަމާއި ސެމްސަންގ އިން މަލާމަތްކޮށް ފޭސްބުކްގައި ޕޯސްޓެއް ވެސް ޖެހިއެވެ. އެކަމަކު މިހާރު އެ ޕޯސްޓް އެ ކުންފުނީގެ ފޭސްބުކް ޕޭޖުން ޑިލިޓް ކޮށްފި އެވެ.

ފޭސްބުކްގައި ސެމްސަންގް އިން ކުރިން އާންމު ކޮށްފައިވާ ފޮޓޯގައި ބުނެފައިވަނީ ސެމްސަންގް އިން އެބަޔަކު (އައިފޯން ގެންގުޅޭ ފަރާތްތަކުން) ހޯދަމުން އަންނަ އެޑަޕްޓަރު ލިބޭނެ ކަމަށެވެ. އެއީ އައިފޯނު 12 އަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެޑަޕްޓަރެވެ.

މީިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސެމްސަންގ އިން ނެރެން ނިންމާފައިވާ ގެލެކްސީ އެސް21ގައިވެެސް ޗާޖަރެއް ނުލިބެއެވެ.

މިގޮތަށް ޖޯކު ޖެހި ފަހުން އަނެއްކާވެސް ސެމްސަންގ ޕޭޖުގައި ޕޯސްޓެއް ޖެހިއެވެ. ފަހުން ޖެހި ޕޯސްޓޫގައި ސީދާ ކޮށް އެ ވަނީ އެޕަލްއަށް މަލާމަތްކޮށްފައެެވެ.

"އަޅުގަނޑުމެން އެއްޗެހި ވަކި ވަކިން ނުވިއްކަން". ސެމްސަންގ އިން އާއްމު ކުރި ފޮޓޯގައި ބުނެފައި ވެއެވެ. އޭގެ ކެޕްޝަންގައި ލިޔެފައި ވަނީ ހެޑްފޯނާއި، ޗާޖަރުވެސް އިތުރު އަގަކާއި ނުލާ ސެމްސެންގ ފޯނާއެކު ލިބޭނެ ކަމަށެވެ. ސެމްސަންގ އިން އާއްމުކުރި އެ ފޮޓޯގައި ވަނީ އެ ކުންފުނީގެ ފަހުގެ ފޯން ކަމަށްވާ ނޯޓް 20 އެވެ.

މީގެ ކުރިންވެސް އެޕަލްގެ އައިފޯން އެކްސް ނެރުނުއިރު، ސެމްސަންގ އިން މަލާ،ަތް ކުރިއެވެ. ނަމަވެސް އެ އަހަރު ގެލެކްސީ ނޯޓު10 އިން ހެޑްފޯން ހެކް ނުލާ ނެރުނުއިރު، އޭގެ ކުރިން އެ ޕޯސްޓް ޑިލިޓް ކުރި އެވެ.