ބޭނުންވާ ތަކެތި:

1 ބިސް

3 މޭޒުމަތީ ސަމުސާ ތެޔޮ

3 މޭޒުމަތީ ސަމުސާ ކިރު

5 މޭޒުމަތީ ސަމުސާ ކޭކު ފުށްޕެކެޓު (ޕްލެއިން)

4.5 މޭޒުމަތީ ސަމުސާ ހަކުރު

½ ސައި ސަމުސާ ބޭކިން ޕައުޑަރ

1.5 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

ލޮނުކޮޅެއް

ވެނީލާ އެސެންސްފޮދެއް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޮޑު މަގެއްގެ ތެރެއަށް ބިސް ތަޅާލާށެވެ. އެއަށްފަހު، އޭގެތެރެއަށް ތެލާއި ކިރު އޮޅުމަށްފަހު ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން، އެހެން ބާވަތްތައް އެޅުމަށްފަހު އަނެއްކާވެސް ރަނގަޅަށް މިކްސް ކޮށްލާށެވެ.

އޭގެފަހުން، މައިކްރޯވޭވް އަށް ލުމަށްފަހު 1-2 މިނެޓު ވަންދެން މައިކްރޯވޭވްކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ކޮން މަގެއްތަ؟ ބިލިމަގެއްގެ ތެރެއަށްތަ؟ ބޮޑުތަކުރުފާނުމަގަށްތަ؟

    6
    2
    • ޏަމްޏަމް

      އެނޯނިމަސް. ތީ އަންހެނެއްތަ ފިރިހެނެއްތަ ވ.ކިއުރިއަސް. ޙަމަ އަހާލީ ހަހަހަ?

      4
      1
    • ?

      އަރަތުގަ އޮންނަހެން ދޯ. ނުހިނގާ މަގަކީ ކޮބާ؟ ބިލަމަގު. ހެހެހެހެ. ??

  2. ޏަމްޏަމް

    ތި މަގު ކޭކާ ފާޑުފާޑުގެ އެއްޗެހި ނަހަދާ ތެދުމަގުގެ ކާނާ މުސްތަޤްބަލުގަ ހޯދިއްޔާ

    6
    2