އިންޑިއާގެ މަލަންކަރާ ޑޭމް ސަައިޓް ފެންގަނޑެއްގެ ތެރޭގައި ފެންވަރަން އުޅެނިކޮށް ގެނބިގެން މަލަޔަޅަމް އެކްޓަރ އަނިލް ނެޑުމަންގަޑް މަރުވެއްޖެ އެއެވެ.

އޭނާއަކީ އައްޔާޕަނުން ކޮޝިޔަމް ފިލްމްގައި ޕޮލިސް އެޮފަސިރެއްގެ ރޯލް އަދާ ކޮށް އެތައް ބައެއްގެ ސަމާލުކަން ހޯދި އެކްޓަރެކެވެ.

ފުލުހުން ބުނީ، އޭނާ ހުރީ ތޮޑުޕުޒްހާގައި ފިލްމް ޝޫޓިންގއެއެގެ މަސައްކަތުގައި ކަމަށެވެ. އަދި އޭނާ އެތަނަށް ފެންވަރަން ގޮސްފައި ވަނީ ލިބުނު ބްރޭކްޑްގެ ތެރޭގައި ރައްޓެހިންނާއި އެކުގައި ކަމަށްވެސް ވެއެވެ.

އޭނާގެ މަރާއި ގުޅިގެން ޗީފް މިނިސްޓަރ ޕިނަރަޔީ ވިޖަޔަން ވަނީ ތައުޒިޔާ ކިޔާފައެވެ.

އަނިލްއަކީ މަލަޔަޅަމް ފިލްމްތަކުން ވަރަށް ގިނަބައެއްގެ ސަމާލުކަން ހޯދި ތަރިއެކެވެ.

އުމުރުން 48ގެ އަނިލް ފުރަތަމަ ކެރިއާ ފަށާފައި ވަނީ މަލަޔަޅަމް ޓެލެވިޒަން ޗެނަލްއެއްގެ އެންކަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ ވަނީ އެތައް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ންޖަން ސްޓީވް ލޮޕޭޒް، ޕަވަޑާ، ކަންމަޓީ ޕަޑަމް، ކިސްމަތް ހިމެނެއެެވެ.

އަނިލް މަރުވިއިރު، މަލަޔަޅަމް ފިލްމް ޑައިރެކްޓަރ ޝަހްނަވަސް ނަރަނިޕުޒްހާ މީގެ ދެ ދުވަސް ކުރިން ވަނީ މަރުވެފައެވެ. އޭނާ މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު