ކޮމްޕިއުޓަރު ނުވަތަ މަސްނޫވީ ސިނކުޑި ބޭނުން ނުކުރާ ފަރާތެއް މިޒަމާނުގައި މަދުވާނެ އެވެ. އެކި ކަންކަމުގައި މަސްނޫވީ ސިނކުޑި ބޭނުން ކުރާއިރު ކޮންމެ ދުވަހެއްގެ މަސައްކަތްތައް ފަސޭހަ ކޮށްދޭ އެކަށްޗަށް މަސްނޫވީ ސިކުނޑި ވާނެ އެވެ. މަސްނޫވީ ސިކުނޑީގައި ބޭނުންކުރާ ‘ކަޓް’، ‘ކޮޕީ’ އަދި ‘ޕޭސްޓް’ ފަދަ ލިއުމުގައި ފަސޭހަކޮށްދޭ އުކުޅު ތަކަކީ އެ އުކުޅުތައް ވުޖޫދަށް ގެނައި ފަރާތްތަކަށް ތައުރީފު ހައްގުވާ ކަންކަމެވެ.

މަސްނޫވީ ސިނކުޑީގައި ބޭނުންކުރާ ‘ކަޓް’، ‘ކޮޕީ’ އަދި ‘ޕޭސްޓް’ ވުޖޫދަށް ގެނައި ފަރާތަކީ ލެރީ ޓެސްލާ އެވެ. އޭނާ އަކީ ކޮމްޕިއުޓާރ ސައިންސުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ކިތަންމެ ޒަމާނެތް ވިޔަސް ޓެއިލާގެ ނަން ފޮހެވިގެން ނުދާނެ ކަމަށް ކޮމްޕިއުޓަރު ސައިންސުވެރިން ބުނެއެވެ.

ޓެސްލާ ފުރަތަމަ ކޮމްޕިއުޓާރ ސައިންސުގެ ދާއިރާއަތް ނިކުތީ ސިލިކޮން ވެލޭ ކިޔާ ކުންފުންޏެއްގައި 1960 ހުގެ ކުރީކޮޅު މަސައްކަތް ފެށިފަހުންނެވެ. އެދުވަސްވަރުގެ ހާލަތަށް ބަލާނަމަ ގިނަ ފަރާތްތަކަށް ކޮމްޕިއުޓަރަކީ އެހާ ދެކެފަރިތަ އެއްޗެއް ނޫނެވެ. އަދި އެހާ މުހިންމު އެއްޗަކަށްވެސް އޭރަކު ނުވެއެވެ.

ޓެސްލާ މިހާރު ދުނިޔެ ދޫކޮށްފައިވާއިރު އޭނާ މަސައްކަތް ކުރި ކުންފުނި ޒެރޮކްސް ކުންފުނީގައި ޓެސްލާގެ ހަޔާތުގެ ގިނަ ދުވަހަސްތަކެއް ހޭދަކޮށްފައިވެއެވެ. އެ ކުންފުނިން ވަނީ ޓެސްލާ ނިޔާވުމުން ހިތާމަ ފާޅުކޮށް ޓެސްލާ ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައްވެސް ފާހަގަ ކޮށްފައެވެ.

ޓެސްލާ އުފަންވެފައި ވަނީ އެމެރިކާގެ ނިއުޔޯކް އަށެވެ. 1945 ގައި އުފަންވި ޓެސްލާ ކިޔަވާ ވިދާޅުވީ ކެލިފޯނިޔާގެ ސްޓޭންފޯޑް ޔުނިވާރސިޓީ އިންނެވެ. ކިޔަވައި ނިމުމަށްފަހު އޭނާ ކުރިޔަށް ދިޔައީ ކޮމްޕިއުޓަރުތައް މީހުންނާއި ރައްޓެހި އެއްޗަކަށް ހެދުމަށް މަސައްކަތް ކުރުމަށެވެ. އޭނާ ވަނީ ހަޔާތުގެ ގިނަ ދުވަސްތައް އެތަކެއް ޓެލް ފާމް ތަކުގައި މަސައްކަތް ކޮށްފައެވެ.

ޓެސްލާ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ޒެރޮކްސް ޕާރލޯ އަލްޓޯ ރިސާރޗް ސެންޓަރުގައި އެވެ. އޭނާ ވަނީ އެޕަލް ކުންފުނީގެ ޗީފް ސައިންޓިސްޓެއްގެ ގޮތުގައި 17 އަހަރުހޭދަކޮށްފައެވެ. އޭގެ ފަހުން އެމެޒޯން އާއި ޔާހޫގައިވެސް އޭނާ މަސައްކަތް ކުރިއެވެ.

ޓެސްލާ ނިޔާވިއިރު އޭނާގެ އުމުރަކީ 74 އަހަރެވެ.