ކުދިން ބޮޑެތިވަމުން އަންނައިރު އެހެން ހުނަރުތަކެކޭ އެއްފަދައިން އެ ކުދިންގެ އިޖުތިމާޢީ ހުނަރު ކުރިއެރުވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެހެން މީހުންނާއި އެެކު އުޅުމާއި، ރަހުމަތްތެރިންނާއި އެކު އުޅުމާއި އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެގެން އުޅުމަށް ދަސްކޮށްދިނުން ވަރަށް މުހިންމެވެ.

ބޭރުގެ މާހައުލަށް ކުއްޖާ ނިކުތުމުގެ ކުރިން އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަކީ ވެސް ވަރަށް ފަސޭހަ ކަމެކެވެ. އެގޮތުން ދަރިންނަށް އިޖުތިމާޢީ ހުނަރު ދަސްކޮށް ދިނުމުގެ ގޮތުން ކުރެވިދާނެ 5 ކަމެއް.

މުޢާމަލާތު ކުރަން ދަސްކޮށްދިނުން

އެހެން ކުދިންނާއިއެކު އުޅޭއިރު އެއްކުއްޖަކު އަނެއް ކުއްޖަކާއި މުޢާމަލާތް ކުރާނެ ގޮތް ދަސްކޮށްދޭށެވެ. ދައްކާ ވާހަކައިން އަނެކާގެ އިހުސާސްތަކަށް ބަލައިގެން ވާހަކަ ދެއްކުމަށް ދަސްކޮށްދޭށެވެ. ކުއްޖާ ބޭނުންވާ ކަންތައް އެންމެ އެދެވޭ ގޮތުގައި އެހެން މީހުންނަށް އަންގައިދިނުމަށް ދަސްކޮށްދޭށެވެ.

ގުރޫޕް މަސައްކަތްތައް ކުރުވުން

ގިނަގިނައިން ގުރޫޕުގައި ކަންކަން ކުރުވުމުން އެހެން ކުދިންނާއިއެކު އުޅެން ކުދިންނަށް ދަސްވާނެއެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމް ކުރަން ދަސްވެއެވެ. ގުޅިގެން މަސައްކަތް ކުރުމާއި ''ޝެއަރ'' ކުރުން ފަދަ ކަންތައްތައް ގުރޫޕުގެ ތެރެއިން ދަސްވާނެއެވެ.

އަޑުއަހަން ދަސްކޮށްދިނުން

އެހެން މީހުންނާައި މުޢާމަލާތް ކުރުމަށް ދަސްކޮށްދިނުމުގެ އިތުރުން އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަން ވެސް ދަސްކޮށްދޭށެވެ. އަޑުއެހާއިރު ވާހަކަދައްކާ މީހާގެ ވާހަކައަށް ސަމާލުކަން ދިނުމާއި ޖަވާބުދާރީވުން ފަދަ މުހިންމު ކަންތައްތައް ދަސްކޮށްށެވެ.

ލޮލަށް ބަލައިގެން ވާހަކަދެއްކުމަށް ދަސްކޮށްދިނުން

ކުއްޖާގެ ''ކޮންފިޑެންސް ލެވެލް'' އިތުރު ކުރުމަށް ވާހަކަ ދައްކާ މީހާގެ ލޮލަށް ބަލައިގެން ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިހްސާސްތަކަށް އިހުތިރާމް ކުރަން ދަސްކޮށްދިނުން

އުފާ، ހިތާމަ، މަޖާ، ރުޅި، ހައިރާންވުން، ވަރުބަލިވުން، ހާސްވުން ފަދަ ކަންތައްތަަކަކީ ވެސް ކޮންމެ މީހަކަށް ވެސް ދިމާވާނެ ކަންތައްތައް ކަމަށާއި އެކަންކަމަށް އިހުތިރާމް ކުރަން ދަސްކޮށްދޭށެވެ.

މި ކަންތައްތައް ދަސްކޮށްދިނުމުގައި ރަނގަޅަށް އިރުޝާދު ކުއްޖާއަށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ އަންނި

    1. ދަރިންނާ ދިމާ ހިތުހުރި އެއްޗެއް ގޮވާލުން.
    2. ބުނާގޮތް ނެހެދިއްޔާ ތަޅާ މެރުން.
    3. އަބަދު ރޮއްވާފަ ބެހެއްޓުން.