އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން މިރޭ ބާއްވާ "ވިސްނާ"ޖަލްސާގައި، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)، އޭނާގެ ވިސްނާ، ވިސްނާ ލަވަ ކިޔަން ތައްޔާރު ކަމަށް ބުނެފިއެވެ.

މި ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ކާނިވާ ސަރަހައްދުގައެވެ.

މި ޖަލްސާ އާއި ގުޅިގެން މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މެޒޯގެ ވިސްނާ ވިސްނާ ލަވައަކީ އޭނާއަށް ވަރަށް ކަމުދާ ލަަވައެއް ކަމަށެވެ

.https://twitter.com/JIMMYALII/status/1342147810582384641?s=19

އަދި އޭނާ ވަނީ ވިސްނާ ޖަލްސާގައި އެ ލަވަ ކިޔަން ދާން ކެރޭނެތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން މެޒޯ ވަނީ އޭނާ ތައްޔާރަށް ހުރި ކަމަށް ބުނެއެވެ.

އޭނާ މިގޮތަށް ބުނެފައިވާއިރު، އިދިކޮޅުން އޭނާއަށް މި ފުރުސަތު ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. އަދި މެޒޯ މިޖަލްސާއަށް ދާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް ސާފެއް ނޫނެވެ.

ވިސްނާ ވިސްނާއަކީ މެޒޯގެ އަމިއްލަ ބޭންޑްގެ ލަވައެކެވެ. އަމިއްލަ ރާގުގެ މި ލަވައަކީ، ރާއްޖޭން ބޭރުގެ ޗެނަލްއަކުން ފުރަތަމަ ފަހަރަށް ގެނެސްދިން ލަވައެެވެ. މި ލަވަ ދައްކާފައި ވަނީ އިންޑިއާގެ މަޝްހޫރު ލަވަ ޗެނަލްއެއް ކަަމަށްވާ އެމްޓީވީންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަދީފް ހުސެން

    ޕޕމ ޕނސ ޖަލްސާއެއްގަ މީގެ ކުރިން މޫނޭތިޔޭ ހިތްއެދޭވެސް އަފްލާތޫން އަރާކި. އެކަމު އެމޫނުވާނީވެސް ހަމައެމޫނައް. ރިސޯޓުހަދަން 49މޑ ހޯދައިގެން ހިހޫތަނުން ކައިގެން މިހާރުއެހެރީ އަނެއްކާވެސް މިސަރުކާރާ ހިތާހިތުންގުޅިފަ. މެޒޯ މޯޑަކީވެސް އޭގެ މީހެއް. އެހެންވީމަ މީހަކު ނުވިޔަސް އެތަނައް މެޒޯމޯޑު ދާނެކަމެއްނެތް، ރަށުތެރޭން އެހެން ކަމަކާއުޅޭ

    17
    3
  2. ޑައިވަރޭ

    މެޒޯ އަކަށް ހީނާ ބުނާ ގަޑިއަކަށް ލަވަ ނުނިންމޭނެތީ މެޒޯ ނުގެންދަން ނިންމާފަ އޮތީ

    7
    1
  3. އެމަންޖެ

    ލާދީނީ ގުނޑާ ޕާޓީ މީހުން ގެންދާނެ ކަމެއްނެތް ތިތާކައް.

    2
    3
  4. އ . ޖ . އ

    ތިފަދަ ރީތި ލަވައެއް ސިޔާސީ ބޭނުމަށް ބޭުންކުރުން ވަރަށް ހަޑި

    3
    3
    • ކޮކީ

      ހަޖަމުކޮއްލައިގެން އޮވޭ ދެން ރީންދޫ ބޮޑުންނަށް ސަނާކިޔަން...ލައިގެން ހުރި އަންނައުނު ކޮޅުވެސް ވިއްކާލަން ރެޑީގަ ހުންނާތި...ބަނޑަށް ޖެހޭ އެބަ މިގައުމު...