އިޓަލީގެ މިލާންގެ ބިޒީ ރޭލް ސްޓޭޝަންގައި ރޭލް ދުއްވާ ޓެރްކަށް ވެއްޓުނު ކުއްޖަކު ސަލާމަތް ކުރި 18 އަހަރުގެ ކުއްޖަކަަށް އެތައް ބައެއްގެ ތައުރީފް އޮއްސާލައިފިއެވެ.

އެ ކުއްޖާއަކީ ސްކޫލްގައި ކިިޔަވާ ކުއްޖެކެވެ. އޭނާއަށް އެ ކުޑަކުއްޖާ ވެއްޓުނު މަންޒަރު ފެނުނީ ގެއަށްދާން އުޅެނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެ ކުއްޖާ ވެއްޓުނުތާ މިނިޓެއްހާ ފަހުން ރޭލެެއް އެ ހިސާބުން ދަތުރު ކުރަން އޮތެވެ.

މިލާންގެ މީޓްރޯ ރިޕަބްލިކާއިން ނެރުނު ސީސީޓިވީ ފޫޓޭޖުން ފެންނަގޮތުގައި، އެ ކުޑަކުއްޖާ ދުވެފައި ގޮސް ރޭލް ދަގަނޑު މައްޗަށް ފުންމާލިއެވެ. އެ ކުއްޖާ ފުންމާލުމުން އެ ސަރަހައްދުގައި ތިބި އެހެން މީހުންވެސް އެ ކުއްޖާ ސަލާމަތް ކުރަން އުޅުނު ކަހަލައެވެ. ނަމަވެސް އެެއްވެސް މިހަކު އެކަމަށް މާބޮޑަށް އަޅާނުލުމުން އޭނާ ވަނީ ވަރަށް އަވަހަށް އެ ރޭލް ދަނގަޑު މައްޗަށް ފުންމާލައި އެ ކުއްޖާ ސަލާމަތްކޮށްފައެވެ.

އެ ކުއްޖާ ސަލާމަތްކުރި މީހާއަށް ކިޔަނީ ލޮރެންޒޯއެވެ. އޭނާ އެ ރޭލް ސްޓޭޝަން ހިސާބުގައި މަޑުކޮށްގެން ހުރީ އާއިލާއާ ބައްދަލުކޮށް އެނބުރި ދިރިއުޅޭ ހިސާބަށް ދިޔުމަށެވެ. ލޮރެންޒޯ ހަމައެކަނި ސަލާމަތް ކުރީ އެ ކުއްޖާއެއް ނޫނެވެ. އެ ކުޑަކުއްޖާ ގެންގުޅުނު ކުޅޭ އެއްޗެއްވެސް އޭނާ ވަނީ ނަގާފައެވެ.

؛ލޮރެންޒޯ ބައެއް މީޑިޔާތަކަށް ބުނިގޮތުގައި، އޭނާއަށް އޭނާގެ ފުރާނައަށްވުރެ މުހިންމުވީ އެ ކުއްޖާގެ ފުރާނަައެވެ. އެހެންވެ އެ ކުއްޖާ ސަލާމަތް ކުރީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޓެސްޓް

  ޓެސްޓް

 2. ތިމަންނަ

  ސާބަސް ދަރިޔާ!

 3. ރަންމުސްފެލްޑު

  އެކަމް ސޮނިބެއަށް މުހިންމުވަނީ އޭނަގެ ފުރާނަޔަށްވުރެ މިގައުމުގަ މިއޮތްދީން ބަދަލުކުރަން!! ފަންޑު ކުރާފަރާތް ތަކުންބޭނުންވާ ކަންތައްކޮށްދީގެންތާދޯ ވެރިކަމަށް އާދެވޭނީވެސް؟؟؟

 4. ވާއު

  އަ ރައިސިންގް ސުޕަހީރޯ. ވާއު. އަވަހަށް މިއަށްބިނާކޮށް ނަހުލާގެ ފިލްމެއް ނެރެން ފެނޭ