މިއީ މީގެ ތިރީހަކަށް އަހަރު ކުރީން ދެކުނުގެ ރަށެއްގައި ހިނގި ހަގީގީ ހާދިސާ އެކެވެ. އެދުވަސްވަރާއި ބަލާއިރު މިއީ އޭރު ރަށެއްގައި މިފަދަ ގޮތަކަށް ހިނގައިދިޔަ އެންމެ ބޮޑު ހާދިސާ އެވެ. ރަށުތެރޭގައި އެންމެންގެ ހިތަށް ބިރުވެރިކަން ގެނުވި އެއް ވާހަކަ އެވެ. އެންމެންގެ ތުންތުންމަތީން އޭރު ދެކެވުނު އެއް ވާހަކަ އެވެ. މިހާދިސާގެ ވާހަކަތައް މިހާރުވެސް މަދުން ނަމަވެސް ދެކެވެމުން ދެއެވެ.
ފާތުމާފުޅުގެ އުމުރަކީ އޭރު ގާތްގަނޑަކަށް 40 އަހަރެވެ. އޭނާގެ ފިރިމީހާ އާއި އެކު އުޅެމުން އައީ ރަށުގައި ވަރަށް އާދައިގެ ދިރިއުޅުމެއްގައި އެވެ. ފާތުމާފުޅާއި އޭނާގެ ފިރިމީހާގެ ހަތް ކުދީން ތިބެއެވެ. އަވައްޓެރިން ބުނާގޮތުގައި ފާތުމާފުޅަކީ މުއްސަނދިކަމަށް ވަރަށް ލޯބިކުރާ މީހެކެވެ. މުއްސަނދިކަމަށް ކަރުހިތްކައިގަނެފައިވާ ވަރުން އޭނާގެ އާއިލާގެ ދެމީހަކު މަރާލަން ޖެހިލުމެއް ނެތްކަން ހާމަވީ ހިސާބަކީ އޭނާގެ އާއިލާ ބިރުވެރިކަމަށް ހުށައެޅުނު ހިސާބެވެ. އާއިލާގެ ތެރޭގައި ބިރުވެރިކަން އުފެދިގެން ދިޔައީ އެހިސާބުންނެވެ.
މީހުން ކިޔައިދޭ ގޮތުގައި ފާތުމާފުޅު ވަނީ އޭނާގެ އާއިލާގެ ދެމީހަކު މަރާލާފަ އެވެ. އަދި އެކަން ފަޅާއަރައި އޭނާ ވަނީ ޖަލަށްވެސް ލާފަ އެވެ. ފާތުމާފުޅު ވަނީ އޭނާގެ ދަނބިދަރިއަކާއި އޭނާ އަށް ބޮޑުދައިތަ ކިޔާ މީހަކު މަރާލާފަ އެވެ.
ދަރިފުޅުގެ އަނބިމީހާ
ފާތުމާފުޅަށް މައިދައިތަ ކިޔާ އަންހެން ކުއްޖަކު މަރާލާފައި ވަނީ އެކުއްޖާ ވިހައިގެން މަހެއްހާ ދުވަސް ނުވަނީސް އެވެ. އެކުއްޖާ މަރާލީ އޭނާ ވިހައިގެން އޭރު އަދި މިހާރުވެސް ދިވެހީން ހަދައި އުޅޭ ބޭހެއްގެ ތެރެއަށް ވިހައެއް އަޅައިގެން ބޯންދީގެން ކަމަށް އޭރުގެ ދުވަސްވީ ފަރާތްތަކުން ކިޔައިދީފައި ވެއެވެ. އަދި އެ އަންހެން މީހާ ހޮޑުލުމުން އެ ވިހައިގެ އަސަރު ހޮޑުގައި ހުރި ކަމަށް އެމީހުން ބުނެއެވެ. ފާތުމާފުޅު އެކަން އޮތީ އަވައްޓެރީންނަށް ސިއްރު ކޮށްފަ އެވެ.
ފާތުމާފުޅަށް ބޮޑުދައިތަ ކިޔާ މީހަކު މަރާލި ގޮތް
ފާތުމާފުޅަށް ބޮޑުދައިތަ ކިޔާ ފިރިހެން ކުއްޖަކު މަރާލީ އެކުއްޖާއަށް ލިބިފައިވާ މުއްސަނދިކަމުގެ ދަހިވެތިކަމުގައި އެވެ. އެކުއްޖާގެ އަތުގައި ހުރި މުދަލާއި ލާރީގެ ބޭނުމުގައި އެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ފާތުމާފުޅުގައި ނެތުމުން އޭނާ ހިންގި މި އަމަލުން އޭނާގެ އާއިލާވެސް ލަދުގަންނުވާލިއެވެ. އެނގިފައިވާ ގޮތުގައި ފާތުމާފުޅާއި އެކު އޭނާގެ ތިން ފިރިހެން ކުދީންވެސް މި އަމަލުގައި ބައިވެރިވި ކަމަށް ވެއެވެ.
ހަސަން ނަމަކަށް ކިޔާ އެ މީހަކީ ބޭރުދަތުރުކުރަން އުޅުނު މީހެކެވެ. ހަސަންގެ އަނބިމީހާ އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އެތައް މަހަކަށް ފަހު ބޭރު ބޯޓު ދަތުރު ކޮށްފައި އެއްކުރި ލާރި ހިފައިގެން އެނބުރި ރަށަށް އައިތަނާ ދުވަސްކޮޅެއް ފަހުން ލާރީގެ ދަހިވެތިކަމުގައި ބޮޑުދައިތަ އޭނާ މަރާލީ އެވެ. ރަށުގެ މީހުން ބުނާ ގޮތުގައި ހަސަން މަރާލީ އޭނާއާއި ކުރި ޒުވާބަކަށް ފަހުއެވެ. އެ ޒުވާބަކީ ހަސަން އަތުން ފާތުމާފުޅު ބޭނުންވާ ވަރަށް ފައިސާ ނުދިނުމުން ކުރި ޒުވާބެއް ކަމަށް މީހުން ކިޔައިދެއެވެ.
ހަސަން އާއި ފާތުމާފުޅުގެ ޒުވާބު ހޫނުވެ އެދެމެދަށް ފާތުމާފުޅުގެ ތިން ފިރިހެން ދަރީން ވަދެ ފާތުމާފުޅާއި އެއްބައި ވެގެން ހަސަން ހިފަހައްޓާ އަނިޔާވެރިގޮތަކަށް މަރާލި އެވެ. ހަސަން މަރާލުމުގައި ފާތުމާފުޅާއި އޭނާގެ ތިން ކުދީން ވަނީ ހަސަން ގައިގައި ހިފަހައްޓައި ބަނދެ އޭނާގެ ގައިގައި ހޫނު އިސްތިރި އަޅާފަ އެވެ. ހަސަން މެރުމުގެ ތެރޭގައި އޭނާގެ ރުއިމުގެ އަޑު ނީއްވުމަށްޓަކައި ލަވަޖަހާ ސްޕީކަރެއްގެ ބޭނުން ކުރި ކަމަށް ވެއެވެ.
ހަސަން މަރާލުމަށްފަހު ފާތުމާފުޅުގެ އާއިލާއިން އެއީ ގުދުރަތީ މަރެއް ގޮތަށް ނިންމައި ކަށުނަމާދުގެ ކަންތައްތައް އެ ޢާއިލާގެ ފަރާތުން ނިންމާލިއެވެ. އަދި އަވައްޓެރީންނަށް ފާތުމާފުޅުގެ އާއިލާއިން ކިޔައިދިން ގޮތުގައި ހަސަން މަރުވިކަން އެމީހުންނަށް އެނގުނީ ހެނދުނު ހޭނުލައިގެން ހަސަން އަށް ގޮވުމުންނެވެ. އޭރު އަވައްޓެރީން ހީކޮށްގެން ތިބީ އެ އާއިލާއިން ދެއްކީ ހަގީގަތެއް ކަމަށެވެ. އެހެން ކަމުން އެމީހުން އެކަމުގައި އެއްވެސް ޝައްކެއް ނުކުރެއެވެ.
ހަސަން މަރާލިތާ ހަފްތާއެއްހާ ދުވަސް ފަހުން ފާތުމާފުޅު ވަނީ ހަސަން ބޭންކުގައި ރައްކާކޮށްފައި ހުރި ލާރި ނެގުމަށް ބޭންކަށް ގޮސްފަ އެވެ. ބޭންކުން ހަސަން މަރުވި ގޮތް ކިޔައިދޭން ފާތުމާ ފުޅުގެ ގާތުގައި އެދުމުން އަވައްޓެރީންނަށް ކިޔައިދިން ވާހަކަތައް ބޭންކަށްވެސް ކިޔައިދިނެވެ. ބޭންކުން ހަސަންގެ އަންހެނުން ބޭންކަށް ގެނެސް ސުވާލު ކުރުމުން ހަސަން މަރުވި އިރު އޭނާގެ ގައިގައި ޒަހަމްތައް ހުރިކަން ކިޔައިދިން ކަމަށް ވެއެވެ. އަދި ބޭންކުން ހަސަންގެ މަރާއި މެދު ސުވާލުއުފެދޭ ކަންކަން ހުރުމުން ފުލުހުންނަށް އެމައްސަލަ ރިޕޯޓު ކުރި އެވެ.
ހަސަންގެ ކުއްލި މަރާއި ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެއްޓި އެވެ. ހަސަންގެ އަންހެނުން ކިޔައިދިން ވާހަކަތަކަށް ބަލައި ފުލުހުން މައްސަލައިގައި ޝައްކުވާ މީހުން ހައްޔަރު ކުރި އެވެ. އެއީ ފާތުމާ ފުޅާއި އޭނާގެ ތިން ފިރިހެން ދަރީންނެވެ. ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި ފާތުމާފުޅާއި އޭނާގެ ތިން ކުދީން އެއްބައި ވެގެން ހަސަން މަރާލުމަށްފަހު މެރުމަށް ބޭނުންކުރި އިސްތިރި އާއި ގޮދަޑި އަދި ފޮތިތައް ރަށުގެ މީހުން ނޫޅޭ ސަރަހައްދަށް ގޮސް އަންދާލާފައެވެ. އަދި އެތަކެތި ފުލުހުންނަށް ވަނީ ފަހުން ދައްކާފަ އެވެ.
ހަސަން މަރާލި ގޮތުގެ މައްސަލަ ތަހުގީގުކޮށް ފާތުމާފުޅާއި އެކު ބައިވެރިވި ތިން މީހުންގެ މައްޗަށް ވެސް ވަނީ ދަޢުވާ ކޮށްފަ އެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން އެމީހުން ޖަލުގައި ހައްޔަރުގައި ތިބުމަށް ފަހު ފަހުން ވަނީ މިނިވަން ކޮށްފަ އެވެ،
މި ލިއުމުގައި ބޭނުންކޮށްފައިވާ ނަންތަކަކީ ހާދިސާގައި އުޅޭ މީހުންގެ އަސްލު ނަންތަކެއް ނޫނެވެ. ހަގީގަތް ތިލަކޮށްދިނުމަށާއި އާއިލާގެ ރައްކާތެރިކަމަށްޓަކައި ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.
އަހަންނަށް ހީވަނީ މިއީ އައްޑޫގައި ހިނގި ހާދިސާހެން. މިވާހަކަ މީގެއަހަރުތަކެއް ކުރިން ވަގުތު ނޫހުގައި ގެނެސްދީފައި އޮތް. އަނެއްކާ ހަނދާން އާކޮށްލުމައް މިވާހަކަ އަލުން ގެނެސްދިނީތީ ޝުކުރިއްޔާ.
އެހާދިސާގައި ފިރިހެން ކުއްޖާ ގެ ކޮޓަރި އަށް ގޮސް ފާތުމާ ފުޅު ޖޫސް ތައްޓެއް ދިން ކަމަށް ވަނީ. އޭރު ފިރިހެންކުއްޖާ ހުރީ ފެންވަރަން ވަންނަން ތައްޔާރުވެގެން. އެހެންވުމުން ފެންވަރާ ނިމިގެން ޖޫސް ތަށި ބޯނެކަމަށް ބުނި . ދެން ދޮރު ލައްޕާލުމުން ފެންވަރާ ނިމޭހާއިރު ކޮށްފައި ފާތުމާ ފުޅާއި އޭނަ ގެ ދަރިން ޑަބަލް ކީ އިން ދޮރު ހުޅުވީ ، އެމީހުން ހީކުރީ ޒަހަރުލާފަ ހުރި ޖޫސް ތަށި ބޮއެގެން އޭނަ އޭރު އޮންނާނީ މަރުވެފައިކަމަށް. އޭރު އަދި ޖޫސް ތައްޓެއް ނުބޮއެ ހުރީ. އެވަގުތު ފިރިހެން ކުއްޖާ އާއި ފާތުމާ ފުޅާއި އޭނަ ދަރިންނައްވެސް ލިބުނީ ބޮޑު ޝޮކެއް.
ފިރިހެން ކުއްޖާއަށް ގޯހެއް އުޅޭކަން އެނގިއްޖެ. ދެން ފާތުމާ ފުޅު ގެ ދަރިން އެ ކުއްޖާ އަށް ހަމަލާދީ މަރާލީ.
މައްސަލަ ހިންދާލާފަ އޮއްވާ ފަޅާއެރީ އެ މަރުގައި ބައިވެރި އެކަކު ލިޔުނު ސިޓީ އެއް ގޮނޑަށް އުކާލާފައި ހުރި ކުނިތަކެއްގެ ތެރެއިން ފެނުނީމަ. އެ ސިޓީގައި އާދަޔާ ޚިލާފު ވާހަކަ ތަކެއް ހުރުމުން އެތައް ބަޔަކަށް އެ ސިޓީ ދެއްކުމުން.
އެ ސިޓީ ލިޔުނީ އެ ގަތުލު ހިންގުމުގައި ބައިވެރިވި އެކަކު. އޭގައި އޮތީ އޮތީ މީހަކު މަރާލެވިފައިވާތީ އެކަމަށް ތައުބާ ވުމަށް އެ ކުށުގައި ބައިވެރި އެހެން މީހަކަށް ނަސޭހަތް ދީފައި. ގިނަގިނައިން ނަމާދު ކުރުމަށާއި ރޯދަ ހިފުމައް އެދިފައި. މަރާލި ފިރިހެން ކުއްޖާ އިނދެގެން އުޅުނީ ޔޫރަޕް އަންހެން ކުއްޖަކާއި. އެކަމާއި ފާތުމަ ފުޅުގެ އާއިލާ އިން ނުގަބޫލް. އެ އާއިލާ އިން އެކަމުގައި ބައިވެރިވި އެކަކު ސަލަމަތްވި. ޢޭގެ ފަހުން އެނަ ޢާދަޔާއި ޚިލާފައް ގިނައިން މިސްކިތައް ގޮސް އަޅުކަންކުރޭ. މިއީ 25 އަހަޜާއި 30 އަހަރާއި ދެމެދުގެ ކުރިން ހިނގި ހާދިސާއެއް.
އައިސާފާނު
މަރާލުމުގައި ބައިވެރިވި ބޮޑުމީހަކީ އެއްސެއްސޭ ބެންސަން ސިގިރެޓް ކިޔަމުން ރަށުތެރޭ އުޅުނު ފަހުން އެބަލިން ރަނގަޅުވެ އެގޭ ކުއްޖަކާ މެރީ ކޮށްގެން އުޅުނު މީހެއް! އެތިންމީހުންވެސް މިހާރު ވަރަށް ހާލުގައި ސައިކޯވެގެން އެބައުޅޭ އަދިވެސް.! އެގޭގަ އެއްވެސް ކަހަލުގެ ރޫހެއްނެތް، ބިރުވެރި ހޮހޮޅަޔަކާ ވައްތަރީ! މަރާލުމުގައި ބައިވެރިވި އެންމެންވެސް މެޔަށް ހޫނު ވެގެން އަބަދު އުޅެނީ!!
ތިއީ އައްޑޫގަ ހިނގި ހާދިސާއެއް
ގެގެ ނަނަ ޖަހަން ބިރު ގަންނަނީ ކިއްވެގެން ކަމެއް ނެއެގޭ. ހުކުމެއް ކޮށް ޖަލަސް ލާފަ އޮތިެއްޔާ ހަމަ ގޭގެ ނަން ޖަހަން އޯކޭ. އޭރުން މިހަރުގެ ޖީލަށް ތިގެއާއި އަދި އެމިހުނާއި ދުރުގަ އުޅެން ސަމާލު ވުމަށް ފުރުސަތު ލިބިގެން ދާނެ. އައްޑޫ އޭ ޖެހީމަ މުލި އައްޑު އަށް ހުތުރު އެބަވޭ. އައްޑޫގެ ނަން ހަޑި ކނުކޮށް ގޭގެ ނަން ޖަހާ ބަލަ ރަށާ އެކު. އެޓްލީސްޓް އެވަރު ކުރެވެން ގެހޭނެ.
ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި ފާތުމާފުޅާއި އޭނާގެ ތިން ކުދީން އެއްބައި ވެގެން ހަސަން މަރާލުމަށްފަހު މެރުމަށް ބޭނުންކުރި އިސްތިރި އާއި ގޮދަޑި އަދި ފޮތިތައް ރަށުގެ މީހުން ނޫޅޭ ސަރަހައްދަށް ގޮސް އަންދާލާފައެވެ. އަދި އެތަކެތި ފުލުހުންނަށް ވަނީ ފަހުން ދައްކާފަ އެވެ.
އަންދާލައިގެން ނައްތާލި އެއްޗެއް އަލުން ފެންނާނީ ކިހިނެއްބާ؟