2020 ވަނަ އަހަރަކީ އެތައް ގޮތަކުން ވެސް ވަރަށް ހިތާމަވެރި އަހަރެކެވެ. މި އަހަރު ނިމިގެންދާތީ ގިނަ ބަޔަކު އުފާ ކުރާއިރު ބެންގްޓަން ބޯއީސް (ބީޓީއެސް)ގެ ކިމް ތައެހުވަންގެ ނުވަތަ ސްޓޭޖުމަތީ ނަމުންނަމަ ވީއަށް އިތުރު އުފާވެރި ކަމެކެވެ. ބުރުޖު ޚަލީފާގައި އެންމެ ފުރަތަމަ ދެކުނު ކޮރެޔާގެ ފަންނާނެއްގެ ފޮޓޯ ދައްކާލެވުނު ފަންނާނަކީ ވީއެވެ.
ޑިސެމްބަރ 30 ވަނަ ދުވަހު 25 ފުރުން ފާހަގަ ކުރުމުގެ ގޮތުންނާއި ދެވޭ ޝަރަފެއްގެ ގޮތުން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ދުބާައީގެ ބުރުޖު ޚަލީފާގައި ވީގެ ތަސްވީރު ދައްކައިލައިފިއެވެ.
މިއާއި އެކު ވީއަށް ލިބިގެން އެ ދިޔައީ ދެ ޝަރަފެކެވެ. ބުރުޖު ޚަލީފާގައި ފޮޓޯ ދައްކައިލެވުނު ފުރަތަމަ ދެކުނު ކޮރެޔާގެ ފަންނާނަށް ވުމުގެ އިތުރުން ބުރުޖު ޚަލީފާގައި އެންމެ ފުރަތަމަ ޕާފޯމް ކުރާ ކޭ-ޕޮޕް އާޓިސްޓަކީ ވެސް ވީއެވެ.
ވީގެ އުފަންދުވަހުގެ މި ހަދިޔާ ދީފައިވަނީ އަރމީގެ (ބީޓީއެސް ސަޕޯޓަރުންނަށް ބޭނުންކުރާ ނަން) ފަރާތުންނެވެ. ޗައިނާގެ ކުލަބެއް ކަމަށްވާ ޗައިނާ ވީ ކުލަބުގެ ފަރާތުން އިންތިޒާމް ކުރި އިޝްތިހާރުގައި ވީގެ ފޮޓޯ ތިން މިނިޓަށް ދައްކާލެވިގެން ދިޔައީ ތަފާތު ކުލަކުލައިގެ އައްޔާއި އެކު ވީގެ ލަވައެއް ކަމަށްވާ ''ވިންޓަރ ބެއަރ'' ލަވައާއި އެކުގައެވެ.
މިދިޔަ މަހު ޝާހުރުކް ޚާންގެ އުފަންދުވަހު ވެސް ވަނީ ބުރުޖު ޚަލީފާގައި ޝާހުރުކް ޚާންގެ ފޮޓޯ ދައްކައިލައި އޭނާއަށް އެ ޝަރަފު ދީފައެެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވީ ވަނީ އޭނާގެ އޮރިޖިނަލް ޓްރެކް ސައުންޑު ''ސްނޯ ފްލާވަރ'' ރިލީޒް ކޮށްފައެވެ.
💜💜💜💜💜
އައި ޕާރޕްލް ޔޫ ވީ🥰 ހެޕީ ބާރތްޑޭ🥳🥳🥳
ޔޭ😁😁😁😁😁😍😍😍😍😍ވީ މައި ލަވް😘😘😘😘😘😘😘😘😘😘😗😘😗
އުފާވެރި އުފަން ދުވަހަކަށް އެދެން💜💜💜😍
ކިމް ޓެޓޭ ވޯލްޑް ޑޮމިނޭޝަން !!!
ބީޓީއޭސް ފޮރެވާ 💜💜
ލޯބި ޓެއިޔަން🥀🥀🥀🥀🥀🥀💓💓