ދުނިޔެ ސިއްހީ ދާއިރާ އިން ހޯދާފައިވާ ކުރިއެރުންތަކާއިއެކު އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ނުހިންގައި އަންހެނަކު ބަލިވެ އިނުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް ފިރިހެނެއްގެ ދަރިފަނީގެ ބާރުގަދަކަމުން ސްވިމިން ޕޫލެއް ނުވަތަ ފެންގަނޑެއް ނުވަތަ ކޯރެއްގެ ތެރޭގައި ދަރިފަނި ދަތުރުކޮށް އަންހެނެއްގެ ރަހިމުގެ ތެރެއަށް ދަރިފަނި ވަދަ އޭގެ ނަތީޖާއެއްގެ ގޮތުން އަންހެނަކު ބަލިވެއިނދެފާނެ ހެއްޔެވެ؟

މިފަދަ ގޮތަކަށް އަންހެނަކު ބަލިވެ އިނދެފާނެ ކަމަށް އިންޑޮނޭޝިއާގެ ޗައިލްޑް ޕްރޮޓެކްޝަން ކޮމިޝަންގެ އިސް ބޭފުޅާ ސިއްތި ހިކްމަވަތީ ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސުވިމިން ޕޫލަކަށް އަންހެނަކު އެރި އުޅެނިކޮށް ޕޫލްގެ ތެރެއިން ފިރިހެނެއްގެ "ބާރުގަދަ ދަރިފަންޏެއް" ދަތުރުކޮށް އަންހެނެއްގެ ހަށިގަނޑުގެ ތެރެއަށް ވަދެ އަންހެނަކު ބަލިވެއިނދެފާނެ ކަމަށެވެ.

ސިއްތި މިހެން ވިދާޅުވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެ އިންޑޮނޭޝިއާ އާއި އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިންސާނުންގެ ހަށިގަނޑުން ބޭރުގައި ދަރިފަންޏަށް ގިނަ އިރުތަކަކު ދިރިއޮތުމަކީ ވާނެ ކަމެއް ނޫނެވެ. "ކިތައްމެ ބާރުގަދަ ދަރިފަންޏެއް" ނަމަވެސް ފެނުގެ ތެރޭގައި އަމިއްލައަށް ދަތުރުކޮށް އެހެން މީހެއްގެ ހަށިގަނޑަށް ވަނުމުގެ ބާރެއް ނުހުންނާނެ ކަމަށް އިތުބާރު ކުރެވޭ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެތައް ދިރާސާއެއް ކުރައްވާފައިވާ ތަޖުރިބާކާރުން ވިދާޅުވެއެވެ.

"އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ޒާތުގެ ވާހަކަ ނުދައްކާ، ސިއްހީ ދާއިރާ އާއި ގުޅުން ހުރި ވާހަކަދައްކަން ނޭންގޭ މީހުން އެފަދަ ވާހަކަތައް ނުދެއްކުން މާރަނގަޅު ވާނެ." އިންޑޮނޭޝިއާގެ ޑޮކްޓަރުންގެ ޔޫނިއަނުން ބުނެފައިވެއެވެ.

ސްވިމިން ޕޫލެއްގެ ތެރެއިން ދަރިފަނި ދަތުރުކޮށް އަންހެނަކު ބަލިވެއިނދެފާނެ ކަމަށް ވިދާޅުވި އިންޑޮނޭޝިއާގެ އޮފިޝަލް ވެސް ފަހުން ވަނީ އެކަމަށް މަޢާފަށް އެދި އެއީ އޭނާއަށް އޮޅިގެން ދެކެވުނު ވާހަކައެއް ކަމަށް އިއުތިރާފު ވެފައެވެ.

ސައްހަ ނޫން ޚަބަރާއި މައުލޫމާތު ފެތުރުމަށް ހާއްސަކޮށްފައި ހުންނަ ވެބްސައިޓްތަކުގައި ސްވިމިން ޕޫލްތަކަށް އެރުނު މިތައް އަންހެނުންނެއް ބަލިވެ އިންކަމަށް ބުނެ ޚަބަރު ފަތުރާފައި ހުރެއެވެ. ނަމަވެސް އެއީ އެއްވެސް ސައްހަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ފަތުރާ ޚަބަރުތަކެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މޮޔަ

  މޮޔަ ވާހަކަ

  30
  2
 2. ސާމިޔާ

  ޕޫލްސާފުކުރާކެމިކަލެއް ގެ ގޮތު ގަ ދަރިފަނި ގެން ގުޅޭނަމަ ވަދެދާނެކަމަށް ލަފާކުރެވޭ..

  21
  3
 3. ތ

  އިންސާނާ ޚަލްގު ކުރެއްވި މާތް ﷲ އެކަން މާ މޮޅަށް ދެނެވޮޑިގެން ވެއެވެ. މިގޮތަށް ޑޮކްޓަރުންނާއި ދީނީ އިލްމް ވެރިން ފަތުރާ ހޮޅި ވާހަކަ ތަކަށް ހެއްލޭކަށް ނުވާނެއެވެ. ޒިނޭ ހަރާމް ކުރެއްވީ އެކަމުގެ ސަބަބު ތައް މާ ބޮޑުވެފައި މާ މަތިވެރި އެވެ، ވިސްނާ ފިކުރު ކުރާމީހުންނަށް އެކަން އެނގޭނެއެވެ.

  42
  1
 4. ހުސޭނުބޭ

  ތިއަށްވުރެވެސް ހެއްވާކަމަކީ ޑޮނަލް ޓްރަމްޕްގެ ދަރިފަނި އިރުވައި ވަޔާއެކު އަންހެނެއްގެ ރަހިމަށް ވަދެ ބަލިވެއިދެދާނެތޯ ކުރަންޖެހޭ ބަހުސް! މަ މިހެން ބުނީމާ އަނެއްކާ ތިމަންނަ މީނީ ޓްރަމްގެ ދަރިއަކަށް ބަލިވެޔޭ ގޮވާގަންނާނީކީ ނޫން!

  19
  4
 5. ލާދީނީ އަންނި

  ޔެސް ފިރިހެނެއްގެ ދަރިފަނި ސްވިމިން ޕޫލެއްގައި ދަތުރުކޮށް ޕޫލަށް އެރޭ އަންހެނަކު ބަލިވެއިނދެފާނެ އަހަރެން ހިތާ ވެގެން އުޅުން މަންޖެޔަކައް ތިޔަހެންވި.

  11
  32
 6. ނަމަ

  ސިއްތި އަކީ ޑރ.އިޔާޒު އަށް ކިޔަވާ ދިން މުދަރިސެއްބާ

  28
  4
 7. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

  ނީންނާނެ.

  13
  1
 8. އިޔާޒު

  ޖަންގިޔަލުގަ ދުވެފަ ގޮސް ބަނޑުބޮޑު ކުރަންޏާ ޕޫލެއްގަ ދުވެފަ ގޮސް ކީއްވެ ނުވާންވީ؟؟

  9
  2
  • ޙާލަތު

   މިކަހަލަ ޙަބަރުތަކަށް ކޮމެންޓްކުރަން ޖެހޭނީ ކިރުބީ ދަތްތައް ވެއްޓި ގައިގެ އެތަންމިތާ އިސްތަށިފެޅީމަ.. އިނގޭ ދަރިފުޅާ!.

 9. އ . ޖ . އ

  ދީނީ އިލްމުވެރިއަކާ ޖައްސާލާ ޖަދަލު ކުރުމުން އެނގިގެންދަނީ މީހާގެ ގޮތެއް ނެއްކަން..
  މީ ނޫސްވެރިންގެ ފެންވަރު ހުންނަން ވާނެ ވަރެއް ނޫން

  15
  5
  • ޕޮގް

   ދީނީ ޢިލްމު ވެރިން ވެސް ކޮންމެ ކޮންމެ އެއްޗެއް ކިޔާކަށް ނުވާނެދޯ؟ ބުއްދިގަބޫލުކުރެވޭ ވާހަކަ ދައްކާބަލަ....

   8
   1
 10. ސިއްތި

  އިއުލާން!
  އެއްވެސް އަންހެނަކު މޫދަށްނޭރޭތި!
  ބިރުބޮޑު

  11
  1
  • ހަހަ

   މޫދުގެ ފެން ގަނޑަކީ ދަ އުރުވާ އެއ އްޗެ އް ...