ބޮލީވުޑުގެ ކާމިޔާބު ސްޕަރސްޓަރ ސަލްމާން ޚާން 90ގެ އަހަރުތަކުގައި ގިނަ ފިލުމުތަކުން ފެނިގެން ގޮސްފައިވަނީ ''ޕްރޭމް''ގެ ނަމުންނެވެ. މި ކެރެކްޓާރއަކީ ގިނަ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކެރެޓަރއެކެވެ.

ސަލްމާން ޚާންގެ މި އައިކޮނިކް ކެރެކްޓަރ އާމިރު ޚާންގެ ފިލުމު ''ލާލް ސިންގް ޗައްޑާ''އިން ފެނިގެންދާނެ ކަމަށް ރިޕޯޓްތަކުގައިވެއެވެ. އާމިރު ޚާންގެ މި ފިލުމުން ހާއްސަ ފެނިލުމަކުން ސަލްމާން ފެނިގެން ދިޔަ ނަމަވެސް މިއީ ގިނަ އަހަރުތަކަކަށް ފަހު މި ދެ ފަންނާނުން އެކުގައި ފެނިގެންދާނެ ފިލުމެކެވެ.

''ލާލް ސިންގް ޗައްޑާ''ގެ ސަލްމާންގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހު ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ. މި ފިލުމުގައި ސަލްމާން ފެނިގެންދާނީ އޭނާގެ އެންމެ ފުރަތަމަ ފިލުމު ''މެއިނޭ ޕިޔާރު ކިޔާ''ގެ ޕްރޭމްގެ ކެރެކްޓާރގައި ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

އާމިރުގެ މި ފިލުމުގައި ސަލްމާންގެ އެންމެ ފުރަތަމަ ފިލުމުގެ ބެކްގްރައުންޑްތައް ރީކްރިއޭޓް ކުރެވިގެންދާނެ ކަމަށް ވެސް ފިލުމުގެ ޓީމުން ބުނެފައިވެއެވެ. ސަލްމާންގެ ''މެއިނޭ ޕިޔާރު ކިޔާ'' އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލުމެކެވެ.

ލަލް ސިންގް ޗައްޑާގައި އާމިރު ޚާންގެ އިތުރުން ދެން ފެނިގެންދާނީ ކަރީނާ ކަޕޫރު ޚާނާއި މޯނާ ސިންގްއެވެ. މި ފިލުމުގައި ކަރީނާގެ ޝޫޓިންތައް މިހާރު ވަނީ ނިންމާފައި ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

މި ފިލުމަކީ 1994 ވަނަ އަހަރުގެ ހޮލީވުޑުގެ ފިލުމެއް ކަމަށްވާ ''ފްރެސްޓް ގަމްޕް''ގެ ރީމޭކެކެވެ. ޚަބަރުތައް ލިބޭ ގޮތުގައި މި ފިލުމުގައި ހާއްސަ ފެނިލުމަކުން ޝާހުރުކް ޚާން ވެސް ފެނިގެންދާނެއެވެ.