އާ އަހަރާއި ގުޅިގެން އެތައް ބަޔަކު ތަހުނިޔާ ކިޔަމުންދާއިރު، ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން މި ހެދީ ކޮން އެއްޗެއް ހެއްޔެވެ؟. އޭނާގެ ފޭނުން ތިބީ އޭނާ އާ ހަރުގެ ތަހުނިޔާއާއެކު އަޕްޑޭޓްތަކެއް ދޭނެ ކަމަށެވެ. އެހެން ނަމަވެސް ފޭނުންނަށް ފެނިގެން ގޮސްފައި ވަނީ އޭނާގެ މީސް މިޑިއާގެ އެކައުންޓްތަކުގައި ހުރި ޕޯސްޓްތައް ޑިލިޓްކޮށްލާފައި ވާ ކެމެވެ.

އިންސްޓާގްރާމް ޓްވިޓާގައި ހުރި ޕޯސްޓްތައް ދިޕިކާ ޑިލިޓްކޮށްލައިފިއެވެ. ސަބަބެއް ހާމައެއް ނުކުރެއެވެ.

ބައެއް މީހުން ބުނާގޮތުގައި، މިއީ ހަމަ މޮޅު ރޭވުންގަނޑެކެވެ. އެޓެންޝަން ހޯދުމަށް ކުރަމުންދާ ކަމެކެެވެ. ނޫނީ ފިލްމެއް ޕްރޮމޯޓްކޮށްލަނީއެވެ.

އެކި މީހުން އެކި ގޮތަށް ސުވާލު އުފައްދަމުންވެސް އެބަ ދެއެވެ. މުޅި މީސް މީޑިއާ އޭނާގެ ދެ އެކައުންޓްގެ ސްކްރީން ޝޮޓްތަކުން ފުރާލައިފިއެވެ. އެންމެންވެސް އަހަމުން ދަނީ ކިހިނެއް ވީތޯއެވެ.

ދިމިކާ ހުރިހާ ޕޯސްޓެއް ޑިލިޓް ކުރުމުގެ އާ އަހަރުގެ ތަހުނިޔާ ކިޔާފައިވާ ޕޯސްޓެއް ވަރަށް ފަހުން އާއްމުކޮށްފައި ވެއެވެ.

މީސް މީޑިއާގައި އެހާ އެކްޓިވްކޮށް އުޅެމުންދާ ދިޕިކާއަކީ އިންސްޓަގްރާމްގައި ބޮޑު ފޭން ބޭސްއެއް ގެންގުޅޭ ތަރިއެކެވެ. އޭނާގެ ފޭން ބޭސް 5،3 މިލިއަންއަށް އަރަައިފިއެވެ. އަދި އޭނާގެ ޓްވިޓާ އެކައުންޓްގައިވެސް 27.7 މިލިއަން ފޮލޯވަރުން އެބަތިއްބެވެ.

ދިޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މެގްނާ ގުލްޒާރްގެ ޗައްޕާކް އިންނެވެ. ދިޕިކާ ވަނީ 2015 ވަނަ އަހަރު ނެރުނު ދަ އިންޓާންގެ ހިންދީ ރީމޭކް ހެދުމަށް ސޮއިކޮށްފައެވެ. އަދި ޕްރަބާސްއާއެކުވެސް ފިލްމެއް ކުޅުމަށް ނިންމާފައި ވެއެވެ.