ހެނދުނު ހިނގާލަން ދިޔަ މީހަކަށް ފެނިގެން ދިޔައީ ބޮޑު ހައިރާން ކަމެކެވެ. ފެންބޮޑުވެފައިވާ އެ ސަރަހައްދަށް ލައްގާފައި އޮތީ ސަންދޯކެކެވެެ. އޭގެ ތެރޭގައި އެއްވެސް އެއްޗެއް އަދި މީހެއްވެސް ނެތެވެ.

ރުސެލް މޫރީ އާއި އޭނާގެ ދައްތަށް ފެނުނު ސަންދޯކަކީ ވަކަރުން ހަދާފައިވާ އެއްޗެކެވެ. އޭގާއި އަރަބިން ލިޔެފައި ވެސް ވެއެވެ. އެ މީހުންނަށް އެ ސަންދޯއް ފެނިފައި ވަނީ އިންގްލޭންޑްގެ ޓައުންއެއް ކަމަށްވާ ނޯތްހެމްޕްޓަންގެ އެބިންގްޓަން މިއެޑޮވްސް ކައިރިން ހިނގާފައި ދަނިކޮށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެއީ ސައުދި އަރަބިއްޔާގެ ހެލްތް މިނިސްޓްރީގެ ސަންދޯކެއް ކަަމަށް ބެލެވޭ ކަމަށެވެ.

"އަހަރެން ދިޔައީ ބޭރަށް ހިނގާލަން،މުޅި ސަރަހައްދު އޮތީ ފެންބޮޑުވެފައި. އަހަރެން ދިޔައީ އޭގެ އަނެއް ދުވަހު ދައްތައާއެކު ހިނގާލަން. އެ ސަރަހައްދަށް ވަރަށް ބައިވަރު އެއްޗެހި ލައްގާފައި ހުރި، ފްރިޖާއި ފްރީޒަރުވެސް، އެކަމަކު އަހަރެންނަށް ހައިރާން ކަމެއް ލިބުނީ، ސަންދޯއް ފެނުނީމަ، އަހަރުމެން އެ ސަރަހައްދު ބެލިން މީހެއްގެ ހަށިގަނޑުވެސް ފެނޭތޯ". ރުސެލް ބުނެފައި ވެއެވެ.

އެ ސަންދޯކަށް އެއްވެސް ވަރަކަށް ގެއްލޖްވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ސަންދޯއް އެތަނަށް ދާންވީ ސަބަބެއް އެއްވެސް ވަރަކަށް ނޭނގޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ އިނގިރޭސި ރާނީއަށް ސަޢޫދީން ފޮނުވި އެއްޗެއް!

    9
    2
  2. ޔާގޫތު

    މިހާރު އެމިހުންނަށް ކޮވިޑް ޖެހޭވަރު މާމައްޗަށް އަރައި މީހުންމަރުވަމުންދާތީ ސައުދީން ދިން ހަދިޔާއެކޭތީ

    7
    2
  3. ކކކކ

    އެވާނީ ނަޝީދު ކިޔާ މީހެއްގެ ސަންދޯކަށް.

    8
    4
  4. ޒަބާދުކުޑޭ

    މިލިޔުން ކިޔާލީމާ އެނގުނީ ސަންދޯއް ފެނުނީ ހިނގާފާ ދަނިކޮށްކަމަށް. އެހެންވީމާ ސައްދޮއް ތިތަނަށް އައީ ހިނގާފާ.

    4
    1