2020 ވަނަ އަހަރު ވެގެން ދާނީ އުނދަގޫ އަހަރަކަށް ކަން މީގެ ކުރިން އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އެ އަހަރު ވެފައި ވަނީ ދަތި އުނދަގޫ އަހަރަކަށެވެ. އެތައް ކަމެއް އެތައް ހާދިސާއެއް ހިނގާ ދިޔަ އަހަރެކެވެ. ބޮޑު ބައްޔެއްގައި ގިނަބަޔަކު މަރުވި އަހަރަކަށެެވެ.

އެ އަހަރު މުޅި ދުނިޔެ ހުއްޓުނެވެ.ދުނިޔޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ.

އެ އަަހަރަކީ ހަޔާތުން ފޮހެލަން ބޭނުންވާ އަހަރެެކެވެ. މިއީ ގިނަ މީހުން ބޭނުންވާ ގޮތެވެ.

މިގޮތަށް ގިނަބަޔަކު ވާހަކަދައްކަމުންދާއިރު، 2020 ވަނަ އަހަރާއި ގުޅޭގޮތުން މީގެ 10 އަހަރު ކުރިން ސްކޫލް ދަރިވަރަކު ލަފާ ކުރި ގޮތް ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ. އޭގައި އޭނާ ލަފާ ކުރިގޮތާއި ކަންވީ ގޮތް ވަރަށް ތަފާތެވެ.

އޭނާގެ ކުރީގެ އަހަރީ ފޮތުގައި، ލިޔެފައި ވަނީ އެންމެންވެސް އުޅޭނީ އަމާންކަމާއި އެކުގައި ކަމަށާއި، އިންސާނިއްޔަތަކަމުގެ ސަބަބުން 2020 ވަަނަ އަހަރު ހުރިހާ ބައްޔަކުން ޝިފާ ލިބޭނެ ކަމަށެވެ.

ކެވިން ސިންގ ނަމަކަށް ކިޔާ އެ ކުއްޖާ ލިޔެފައި ވެއެވެ.

އެ ކުއްޖާ މިގޮތަށް ލިޔެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ޓްވިޓާގައި ދަނީ ވައިރަލް ވަމުންނެވެ.

އަދި އެ ޕޯސްޓަށް 70،000 އަށްވުރެ ގިނަ މީހުން ލައިކްކޮށްފައިވާއިރު، އޭނާއަށް ފާޑުކިޔުނު އެތައް މީހަކުވެސް އެބަ އުޅެ އެވެ.

އޭނާގެ ލަފާ ކުރުންތައް ދިމާނުވެއެވެ. އެހެންވެ އެތައް ބަޔަކު ވާހަކަދައްކަމުންދާއިރު، 2020 ވަނަ އެންމެން އުޅެމުން ދިޔައީ ކޮވިޑް-19އިން އަރައިނުގަނެވިގެންނެވެ. އެ ބަލީގެ ސަބަބުން މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންނެވެ. އެ ބަލީގެ ފަރުވާއެއް އަދި ނުހޯދިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލާދީނީ އަންނި

  ދެން އެސޮރު މައްސަލައެއްތަ އެއީ...؟؟؟ އަހަރެންގެ މައްސަލައެކޭ ބުނިނަމަވެސް އަހަރެން އުފާވީސް.

  23
  2
  • ކޮތަރު

   ފީބޯގެބަޚަބަރެކޭއެއްގޮތް މިތިބަލިޔާޚަބަރު. މިވެސް ޚަބަރެއް؟؟

 2. ނަހޫ

  ތީގަ ދެން ކޮބާތަ މައްސަލައެއް؟ އޭނަ ލިޔެފަ އެއޮތީ އޭނަ ލަފާކުރި 2020 ދޯ!

  7
  1
 3. ނަޝްރީނާ

  ރައީސް މަޢުމޫނުވެސް ވިހިވިހީގެ ތަސައްވަރެއް ކުރެއްސެވި. ދިމައެއްނުވި. ދިމާވިނަމަ ވެރިކަމުގަ އަދިވެސް ހުންނަވާނީ އެމަނިކުފާނު. ޕަކާސް

  4
  1