ލޮސް އެންޖެލެސްގައި މީހަކު ޖެޓްޕެކެއްގައި އުދުހޭ މަންޒަރު ފެންނަ ވީޑިއޯ އެއް މީސް މީޑިއާގައި މި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއަކީ ޕައިލެޓެއް ނަގާފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯ އާއްމުވެފައި ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އެ މަންޒަރު އާއްމުންގެ ބަޔަކަށް ފެނިގެން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

މި ވީޑިއޯ އާއްމުކޮށްފައިވާއިރު، ކެލިފޯނިއާގެ ލޮސް އެންޖަލެސް އެއާޕޯޓް ކައިރީގައި ޖެޓްޕެކެއްގައި ހުރި އެ މީހާ ފެނިގެން ރިޕޯޓްކޮށްފައި ވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެމީހާ ފުރަތަަމަ ފެނިފައި ވަނީ މިދިޔަ އޮގަސްޓް މަސް ތެރޭގައި، 3000 ފޫޓޫ މަތިން އުދުހެނިކޮށެވެ. އޭގެ ފަހުން އޮކްޓޯބަރު މަސް ތެރޭގައިވެސް ފެނިފައި ވެއެވެ. ނަމަވެސް އެ ފެނިފައި މި ވަނީ 6000 ފޫޓު މަތިންނެވެ.

އޭގެ ފަހުން ޑިސެމްބަރު 21 ވަނަ ދުވަހު ސްލިންގ ޕައިލެޓް އެކެޑެމީ، ފްލައިން އިން ސްކޫލްގެ އިންސްޓްރަކްޝަނަލް ފްލައިޓް ޕައިލެޓަކަށް އެ މަންޒަރު ފެނިފައި ވެއެވެ.

އަދި އެ މަންޒަަަރު ފެނިފައި ވަނީ އެންމެ ބާރު ބޮޑު އެއް އެއާޕޯޓު ކައިރިންނެވެ. އަދި އެކަމުގެ ސަބަބުން އެއާ ޓްރެފިކްއަށް ބުރޫ ތަކެއް އަރާފާނެކަމަށް ބެލެވޭ ކަމަށް ވެއެވެ.

އެ ވީޑީއޯ އިންސްޓަގްރާމް އާއްމު ކުރުމާއެކު ތިން ލައްކައަށްވުރެ ގިނަ ފަހަރު ބަލާފައި ވެއެވެ.