އިޓަލީގެ ވެރިކަން ކުރާ ސިޓީކަމަށްވާ ރޯމްގައި، އާ އަހަރު ފާހަގަ ކުރުމަށް ހަވާ އެރުވުމުގެ ސަބަބުން އެތައް ސަތޭކަ ދޫނިތައް މަރުވެއްޖެއެވެ.

އެކަން ހާމަކޮށް ޖަނަވާރުތަކަށް ހިމާޔަތުގައި މަސައްކަތް ކުރާ ގްރޫޕަކުން ބުނީ، އެކަމަކީ އެއީ ޖަނާވަރުން ޝިކާރަކުރުން ކަމަށެެވެ.

މިހާރު ރޯމްގެ ޓްރެއިން ސްޓޭޝަން ކައިރީގައި ދޫނިތައް މަރުވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ދަނީ ދަައުރުވަމުންނެވެ.

"މިއީ އިންސާުންގެ އުޅުް ހުންނަ ގޮތް، ހަވާ އެރުވުމުގެ ސަބަބުން، އެތައް ދޫނިތަކެއް މި ވަނީ މަރުވެފައި، ބަލާލަބަ މަރުވެފައި ތިބި ދޫނިތަކުގެ އަދަދު، މިއީ ހަމަ ހިތްފަޅައިގެންދާ ވަރުގެ ކަމެއް". އޭގެ ވީޑިއޯއެއް ހިއްސާ ކުރިމީހަކު ބުންޏެވެ.

ހަވާ އެރުވުމުގެ ސަބަބުން މަރުވީ ކިތައް ދޫނިކަމެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް އިންޓަނޭޝަނަލް އޯގަނޭޒޭޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އަނިމަލްސް އިން ބުނީ، ބައެއް ދޫނިތައް މަރުވެފައި ވަނީ ބިރުން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއްފަަހަރާ އުދުއްސައިގަތުމުން، އެއް ދޫންޏާއި އަނެއް ދޫންޏާއި ޖެހުނީ ކަމަށްވެސް ވެެދާނެ ކަމަށާއި، ކަރަންޓް ވާގަނޑުގައި ޖެހިގެންނާއި، ކުޑަ ދޮރުގައި ޖެހިގެންވެސް އެ ދޫނިތައް މަރުވެދާނެ ކަަމަށެވެ. އަދި ދޫނި ފަދަ އެއްޗެއްސަކީ ހާޓްއެޓޭކް ޖެހޭ އެއްޗެހިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި ހަވާގެ ސަބަބުން ކޮންމެ އަހަރަކުވެސް މިފަދަ ހާދިސާތައް ދިމާވާ ކަމަށް ވެެއެވެ. އަދި މިކަމުގެ ސަބަބުން ވަލު ޖަނާވާރުތަަކަށްވެސް ބޮޑެތި އަނިޔާތައް ވާ ކަމަށް ވެއެވެ.