ނިމިގެން ދިޔަ 2020 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ހުރިހާ އެންމެންނަށްވެސް ވަރަށް ދަތި އަދި އުނދަގޫ އަހަރަކަށް ވެގެން ގޮސްފައެވެ. މިހާރު އަހަރެމެން އައު އަހަރަކާއި ކުރިމަތިލާފައި ވާއިރު، އެންމެ ގިނަ ބައެއްގެ އައު އަހަރުގެ ތަސައްވަރަކަށް ވެފައި ވަނީ ބަނޑު ހިންދުމެވެ.

މިދިޔަ އަހަރު ކުރިމަތިވި ކޮރޯނާ ވައިރަސްގެ ސަބަބުން އެންމެން ކަހަލަ ގޮތަކަށް ގެތަކުގައި ތާށިވެ، ބޭރަށް ދިއުން ވަނީ ބޮޑު ނުރައްކަލަކަށް ކުރިމަތިވެފައެވެ. ގޭގައި ކަމެއް ނުކޮށް ހުންނަން ޖެހުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ފަލަވެ، ބޮޑު ބަނޑެއް ލާފައެވެ.

މިއީ އެއްވެސް މީހަކު ބޭނުންވާ ގޮތެއް ނޫންކަން މި ފެށުނު އައު އަހަރާއި އެކު މިވަނީ ހާމަވެގެން ގޮސްފައެވެ. މީސް މީޑިިއާގެ މަންސަތަކުގައި އެންމެން ކަހަލަ ގޮތަކަށް ބުނަމުން ދަނީ އެންމެ ފުރަތަމަ ކަމަކަށްވެސް ކުރާނެ މަސައްކަތަކީ ބަނޑު ހިންދުމުގެ މަސައްކަތް ކަމަށެވެ.

ބަނޑު ހިންދަން ހާއްސަ ކޮފީ އާއި އެއްޗެހި މިހާރު ލިބެން ހުރުމުން މިއީ މާ އުނދަގޫ މަސައްކަތަކަށް ވެގެންނެއް ނުދާނެއެވެ. މަހެއް ނުވަތަ ދެމަހެއް ތެރޭގައި ބަނޑު ހިންދާލުމަށް ފަހުގައި އެހެނިހެން ކަންކަމަށް ސަމާލުކަން ދީގެން މި ފެށުނު އައު އަހަރަކީ ބޭނުންތެރި އަހަރެއް ކަމުގައި ހެދުމުގެ ފުރުސަތު އެންމެނަށްވެސް އަދި އެބައޮތެވެ. އެކަމަކު ހަނދާނުގައި ބަހައްޓާށެވެ. މާދަން ކުރަން ބާއްވައިގެން އެއްވެސް ކަމެއް އޮންނާނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އާ އަހަރުގެ ދެވަނަ ތަސައްވުރަކީ މި އަހަރު މާ ބިޒީކަމުން އަންނަ އަހަރަށް ބަނޑުހިންދުން މަޑުޖައްސާލުން