ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު ނުވަތަ ޝާޑު މިހާރު ފެންނަނީ ވަރަށްވެސް ތަފާތުކޮށެވެ. ފެންނަ ފެނުމަށް ޒުވާން ވެފައި، ފިޓް ކަމަށް ދައްކައެވެ. ނަމަވެސް ކުއްލިއަކަށް މިހައި ބޮޑު ބަދަލެއް އެބޭފުޅާގެ ހަށިގަނޑަށް ގެންނެވީ ކީއްވޭތޯ އެއީ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ.

މީގެ ކުރިން 3 ކައިވެންޏެއް ކުރައްވާފައިވާ ޝާޑު ރޭގެ ވަގުތެއްގައި މާލޭގެ ހޮޓެލް ޖެންގައި ވަނީ ގާތް ފަރާތްތަކަށް ދައުވަތު ދީގެން 4 ވަނަ ކައިވެންޏެއް ކުރައްވާފައެވެ. މިފަހަރު ޝާޑު ކައިވެނި ކުރެއްވީ މާލޭގެ ޒުވާން އަންހެން ބޭކަނބަލަކާއެވެ.

ރޭ ޝާޑު ކައިވެނި ކުރެއްވިކަން ހާމަވުމާއި އެކު ގިނަ ބަޔަކު މިހާރު ބުނަމުން އަންނަނީ ޝާޑުގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލަކީ މި ކައިވެނި ކުރައްވަން ގެންނެވި ބަދަލެއް ކަމަށެވެ. ނަމަވެސް، ޝާޑު ބުނުއްވާ ގޮތުން އެއީ ލޮކްޑައުންގެ ތެރޭގައި 6 މަސް ދުވަސް އަމިއްލަ ރަށް ކަމުގައިވާ ހުޅުދޫގައި ހުންނަން ޖެހި، އަމިއްލަ ސިއްހަތާއި މެދު ވިސްނައި، ކަސްރަތު ކުރަން ފެށުމުގެ ހެޔޮ ނަތީޖާއެވެ.

ލޮކްޑައުންގެ ކުރިން ޝާޑުގެ ހަށިގަނޑުގެ ބަރުދަނަކީ 82 ކިލޯ ނަމަވެސް، ކޮންމެ ދުވަހަކު ރަށުގައި ކަސްރަތަށް ހިނގައިގެން ޝާޑު ވަނީ ބަރުދަން 70 ކިޅޯ އަށް ތިރިކޮށްފައެވެ. ބައެއް ފަރާތްތަކުން ވަނީ ޝާޑު ބަނޑު ހިންދާ ކޮފީ ބޮއިގެން މިކަން ކުރިތޯވެސް ސުވާލު އުފައްދާފައެވެ.

ކޮންމެ ގޮތަކަށް ކުރި ކަމުގައި ވިޔަސް، ޝާޑު މިހާރު ފެންނަނީ ވަރަށް ޒުވާން ކޮށެވެ. ޝާޑުގެ އައު ކައިވެންޏަށް އެތައް ބަޔަކު މިހާރު އަންނަނީ މަރުޙަބާ ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހާދަހީނުވޭ

    ރާނުބޮއްޏާ ތިތަށްހާވެސްރަގަޅު

    31
    2
  2. ތަމީމް

    ތިޔަ ކައިވެނީގެ ފޮޓޯއިން އެބަ ފެނޭތަ، އެ ދެމީހުން މާސްކު އަޅައިގެން އުޅޭތަން!؟؟؟

    31
    2
  3. އާއިޝަތު

    ރާއްޖޭގަ މިއުޅޭ ސިޔާސީ ޖަންގަލީންނާއި އިނުމަކީ ހަޔާތާއި އާޚިރަތް ބަރުބާދުކޮއްލުން.. ހެޔޮލަފާ ބުއްދި ހަމަޖެހޭ އަދި ޒިންމާދާރު ތެދުވެރި އަޅުވެރި ފިރިން ހޯދަން އަންހެން ދަރީންނައް ނަސޭހަތް ދޭންޖެހޭ.

    74
    4
  4. ފޭދޫ އިބުރާ

    ކަލޯ ޤާސިމާއި އަރާ ހަމަ ކުރަންތަ ތި އުޅެނީ؟

    33
  5. ހިސާނާ

    މި ދާއިރާ ގައި އުޅުނު މީހަކަށް އިންނާނެ 5 ވަނަ މީހާ ހޯދަނީ

    24
  6. ކަނޑުފުރޭތަ

    ކަރުފިއްތާ ނުލާތި އަނެއްގަ ފޮޓޯ ފެނުނީމަ ހަމަ ބުނެލެވުނީ

    26
  7. 😏

    ހާދަ މަޖާ ޕިކެކޭ ސާޑު ހުރި ގޮތް 😂😂😂😂

    24
    1
  8. އ . ޖ . އ

    މީހުންގެ ދިރިއުޅުމަށް އެސްފީނާ ނުލާބަލަ

    19
    3
  9. އަހަރުންނަށް

    ކޮންކަމެއް ދެން؟ ތި ޝާޑުއޭ ކިޔާ މީހަކީ ބޮޑާ ކަމުގެ ލާމަސީލު މިސާލެއް

    12
    2
  10. ޝާޙު

    ލަނޑަޔާވާނީ ލަނޑަޔާ..

    13
  11. އަނީޝް

    ބަޔެއް ސޭކުން ސޭކުކަން މޫނައް ބަލާލުމުންނާއި ޖައްސާ ވައްތަރުންވެސް އެނގިގެންދޭ.

    8
    1
  12. ދީނާ

    ހިކުނީ އިރުތިޝާމު ކައްކާފަ ކާން ނުދިނީމަ. މިހާރު ސާފު ވެއްޖެ

    15
  13. މުފީދު

    އޭނަ ދެން ބޯނީ ބޮންއެކުއާ ފެން އެނގިއްޖެ!

    6
    1
  14. ސަމްސިއްޔާ

    ހަތަރު އަނބުން ހަމަވީތަ؟؟ ކުރީގެ އަބިންތައް ވަރިކޮށްފަތަ؟؟

    7
    2
  15. އިމް

    އުފަލަކީ ހިތަށް ލިބޭ ހަގީގީ ހިތްހަމަޖެހުން. މީހުންގެ ހިތްތަށް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. މީހުންނަށް ހެޔޮ ދުޢާ ކޮށްދީ. އަދި ލިބިފަވާ މިންވަރަށް ޝުކުރުކުރެވޭތޯ ބެލުން މާ ހެޔޮވާނެ. އެކަލާނގެ އިންސާފުވެރި އެންމެނަށްވެސް. އަލްހަމްދު ލިﷲ. މާތްﷲ އަޅަމެން އެންމެނަށް ހެޔޮރަހުމަތް ލައްވަވާށި އާމީން