ސައުދި އަރަބިޔާގެ އަންހެން ބިލިއަނަރެއް ކަމަށްވާ ސަހޫ ބިންތު އަބްދުالله ޕާކިސްތާނުގައި ޓެސްކީ ޑްރައިވަރަކާއި ކައިވެނި ކޮށްފި އެވެ. މި ކައިވެނީގެ ވީޑިއޯތަށް މީސް މީޑިޔާގައި ދައުރުވަމުންދާއިރު ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ވަނީ ހައިރާން ކަމެއް ލިބިގެން ގޮސްފައެވެ

ސަހޫ ބިންތު އަބްދުالله އަލް މަހްބޫބުގެ މިލްކިޔައްތުގައި 8 ބިލިއަން ޑޮލަރު ހުރި އިރު އޭނާ އަށް ބަލަދުވާ ތަންތަނާއި ހޮޓެލްތައް މައްކާ އަދި މަދީނާގައިވެސް އެބަ ހުއްޓެވެ. އަދި ފްރާންސާއި އިތުރު އެހެން ޤައުމުތަކުގައި އޭނާގެ އަމިއްލަ އިމާރާތްތައް އެބަ ހުއްޓެވެ.

ސައުދީގެ ބިލިއަނަރު ސަހޫ ބިންތު އަބްދުالله އަކީ ކާކުކަން އިންޓަނެޓުގައިވެސް ނެތް އިރު މުއްސަނދީންގެ ނަންތައް ކޮންމެ އަހަރަކު ހާމަކުރާ ފޯބެސް ގައިވެސް އޭނާގެ ނަމެއް ނެތެވެ. ސައުދީ އަންހެނަކާއި ކައިވެނި ކުރުމަކީ އުނދަގޫ ކަމެއް ކަމަށް މީޑިޔާތަކުން އަބަދުވެސް ރިޕޯޓު ކުރެއެވެ.

ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ މި ހަބަރަކީ ދޮގު ހަބަރެއް ކަމަށާއި ސަހޫ ބިންތު އަބްދުالله ކިޔާ މުއްސަނޖަކު ސައުދީގައި ނުހުންނާނެ ކަމަށެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މުއްސަނދި ބޭކަނބަލެއް ކަމުގައި ވާނަމަ އިންޓަނެޓުގައިވެސް އެފަދަ ބޭކަނބަލެއްގެ ވާހަކަތައް ހުންނާނޭ ކަމަށެވެ. ނަމަވެސް ސަހޫ ބިންތު އަބްދުالله ގެ އެއްވެސް ވާހަކައެއް އިންޓަނެޓުގައި ނެތުމުން އެއީ ތެދު ވާހަކައެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެފަރާތްތަކުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަދަ ދޯ

    ހެޕީ ލަވް މެރިޖު

    36
    1
  2. ރިފާއު

    ނޯ ވެއިލް އޯ ބުރުގާ! ދިވެހިން ވެސް ބުރުގާ ނަގާފަ ރީތި ޒަމާނީ ވެބަލަ!

    2
    22