2017 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު ކަމުގައި މުހައްމަދު ޝާހިދު (ޝާޑު) ހުންނެވިއިރު އޭރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގައި ހުންނެވި އިރުތިޝާމް އާދަމް އާއި ކުރެވިގެން ދިޔަ ކައިވެންޏަކީ އެއްގޮތައްވުރެ ގިނަ ގޮތްގޮތުން ހާއްސަ ކައިވެންޏެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފަހުގެ ތާރީޚެއްގައި ކުރެވުނު "އެންމެ ބޮޑު ކައިވެންޏަށް" އެކައިވެނި ވެގެން ދިޔައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ވަޒީރެއްގެ ކައިވެންޏަށް އެކައިވެނި ވެގެން ދިއުމުން ވެސް ކައިވެންޏަށް ލިބުނު ސަމާލުކަން ބޮޑުވިއެވެ. އިރުތިޝާމާއި ޝާޑުގެ ކައިވެނި މާގިނަދުވަހެއް ނުވެ 2018 ވަނަ އަހަރު ވަނީ ރޫޅިފައެވެ.
ޝާޑު އަނެއްކާވެސް ކައިވެންޏެއް ކުރެއްވި ޚަބަރާއިއެކު މީޑިއާގައި މިވަނީ އިރުތިޝާމާއި ޝާޑުގެ ވާހަކަ ވެސް ދެކެވެން ފަށާފައެވެ. މިވާހަކަ އަށް އިތުރު ސަމާލުކަމެއް މިލިބެނީ މިއަދު އިރުތިޝާމް ވަކިނަމެއް ފާހަގަ ނުކުރައްވާ ކުރެއްވި ޓްވީޓަކުންނެވެ.
ޝާޑުގެ ނަން ވެސް އަދި އެހެން ބޭފުޅެއްގެ ނަންވެސް ވިދާޅުނުވެ އިރުތިޝާމް ވިދާޅުވީ މުސްކުޅިބަހެއްގައި ބުނާހެން "ވިދާހާ އެއްޗަހީ ރަނެއް ނޫން" ކަމަށެވެ.
އިރުތިޝާމް ވިދާޅުވީ ބޭރުފުށުން ފެންނަ އެއްޗެއްގެ (ޙަޤީޤަތް) ނޭންގިދާނެ ކަމަށެވެ. އެތެރެފުށުގައި ފޮރުވިފައި ހުންނަ ކަންކަމުން، މުޅިން އެހެން ގޮތަކަށް ޤަބޫލުކުރަން ޖެހިދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ބޭރުފުށަށް އެކަނި ބަލައި ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެކަމަށް ވެސް އިރުތިޝާމް ވިދާޅުވިއެވެ.
What u see , what u dont know, and is hidden may cover a whole new perspective . So its best not to take things at face value 😄
As the old saying “ everything that glitters is not gold “ .🙏🙏🏃♀️🏃♀️🎶🎶😈— Dr. Iru ( Iruthisham) Adam (@IruthishamAdam) January 2, 2021
ޑިޕްލޮމެޓެއްގެ ގޮތުގައި ރާއްޖޭގެ ފަރާތުން ވަރަށް ގިނަ ގައުމުތަކަށާއި ޖަމިއްޔާތަކަށް ކަނޑައެޅުއްވި ސަފީރުކަން ކުރައްވާ އަދި އޭގެ ފަހުން މިނިސްޓަރުކަން ކުރެއްވި އިރުތިޝާމްގެ ފުރަތަމަ ކައިވެންޏަކީ 2017 ވަނަ އަހަރު ޝާޑްއާއި ކުރެއްވި ކައިވެންޏެވެ. ނަމަވެސް އޭރުވެސް ޝާޑު ވަނީ ދެކައިވެންޏެއް ކުރައްވާފައެވެ. އޭރު ޝާޑަށް ތިން ދަރިން ލިބިވަޑައިގެންފިއެވެ.
ޝާޑުގެ ހަތަރުވަނަ ކައިވެނީގެ ހަފްލާ އަށް ގިނަ ބަޔަކަށް ދައުވަތު ނުދިން ނަމަވެސް ކައިވެނީގެ ހަފްލާ ކުލަގަދަކޮށް ހޮޓެލް ޖެންގައި ބޭއްވިއެވެ.
އިރޫ ދެރަނުވޭ.. ހުސްކޮށްހުރިނަމަ އަޅުގަނޑު މިހުރީ ޖާނާ މާލު ކަމަނާއަށް ޤުރުބާން ކުރަން..
ޖާނުދެވިދާނެ. އެކަމަކު އެކަމަނާ މާލުބޭނުންވާނެހެން ހިޔެއްނުވޭ.
ހަޤީޤަތުގައި ޝާޑު ބުނަންވީ އެއްޗެއްނު ތިބުނީ ކަލޭ. ކަލާ ވިއްޔަ ވިދަނީ. ޝާޑު އެއް ނޫން ވިއްޔަ.
ޝާޑު، އިރުތިޝާމާ ކައިވެނިކުރީ ރަންގަނޑެއްކަމަށް ހީކޮށްކަމަށްވެދާނެ.
އަޅާނުލާ ކަމަނާ. ކަމަނާއަށް އެއަށްވުރެ ރަނގަޅުގޮތެއް މިންވަރު ކުރައްވައިފާނެއްނު. ކަމަނާއަށްވުރެ މަވެ ސް ހަގު 😉
ފަޟީޙަތްވެ، ބޭޒާރުވުމަކީ، ކޮބައިތޯއެވެ؟
އޯލް އިޒް ފެއަރ އިން ލަވް އެންޑް ވަރ
އެމަންޖެގެ ފްލެޝް ވިދާ ވަރަށް އެކައްޗެއް ވެސް ނުވިދާނެ
އެހެންނޭ ވާނި އެސޮރު އަތުން ކެމްޕެއިން ކޮއްފަ ނުވިތާކަށް ގާސިމަށް ހަދިޔާ ދީފަ ނުހޮވުނީމަ
ސޮރީ. ޝާޑަށް އަދި ކިރިޔާ އެނގުނީ އިރުތިޝާމްއަކީ ވިދާ އެއްޗެއް ނޫންކަން... މިނިސްޓަރުކަން ކުރިއަސް ގެވެހި ވުމަކީ އެހެން ކަމެއް.. ސޮރީ
ޢިރު އަމިއްލައަށް ވަރިވާން ކޯޓަށް ހުށައަޅާނީ ރަނގަޅު ނޫންވީމަ. ޢަމިއްލަ ތަޖުރިބައިން ދެންތިބި އަންހެން ކުދިންނަށް ދެއްވި ނަސޭހަތެއް.
ތެދު ވާހަކައެއް ވިދާ ކޮންމެ އެއްޗަކީ ރަނެއްނޫން އެއް ފުޅައްމަތިން ފުމުނު ބަކަރި އެހެން ފުޅައްތަކުގެ މަތިންވެސް ފުމޭނެ އެއީ އާއްމުކޮން ކަންހިގާ އުސޫލު
އިރުތިޝާމޫ. އަހަރެމެންނަށް އެންގެންބޭނުންވާ މާމުހިއްމުކަމެއް އެބައޮތޭ ތިޔަކިޔާވިދާ ރަނަށްވުރެ. އެއީ ޝާޑު އެކުއްޖާއާ އިނީ ތިކުއްޖާ ވަރިކޮށްފާތޯ ނުވަތަ ނޫންތޯ.
ވިދާހާއެއްޗަކީ ރަން ނޫންކަން އެނގުނީ ވަރިކުރީމަ ،ހެހެހެހެ ޕަކާސް
އަދިވެސް ލޯބިވާކަން ތިޔަ ޓްވީޓުން އިނގިއްޖެ. ލޯބިވާ ނަމަ ބިރެއްނުގަންނާނެއޭ ބުނާ ހިންދީ ހަރުބަހެއް އޮވޭ. ޕްޔާރ ކިޔާތޯ ޑަރުނާ ކްޔާ. ލޯބިވާތީތާ މުޅިދުނިޔެއަށް ފަލީހަތް ވިޔަސް ބިރެއް ނެތި ޓްވީޓް ކުރާނީ މުޅިދުނިޔޭގެ އެންމެނަށް ފެންނަގޮތަށް. އަޅާ ނުލާހުރި ނަމަ ތިޔަގޮތަށް ބޭޒާރެއް ނުވީސް.
މުޒްނާ އަށްވުރެ އިރުތިޝާމް މާ ރީތި.. މިހާރުވެސް އިރުތިޝާމްއާއި ކައިވެނިކުރާނަން ލިބިއްޖިއްޔާ..
ފައިސާވެރި މުއްސަނދިވީމަ ކޮންމެ ފިރިހެނަކުވެސް އުޅޭނީ އެހެން. އެމީހުންގެ ޕްލޭނަކީ ކޮންމެ ދެތިން އަހަރަކުން އަނބި އާކޮއްލުން. ޒިނޭކުރާ ބަދުނާމު އެޅޭނެތީ ކައިވެނިކުރަނީ އެކަމަކު ކައިވެނިކުރިޔަސް ކޮންމެސްވަރަކަށް ވަގު ބިޓުން ގެންގުޅޭނެ. ދެރަކަމަކީ މިފައިސާވެރިންގެ ދަޅައަށް އަންހެންކުދިން ހެއްލޭތީ.
އަހާށެނުވެޔޭ ރަނެއްކަށްދެން ވިދުން އަރާ ކޮންމެމައުދަނެއްވެސް ލޮޔެއް ތިމަރައެއް ރަނަށް ނުވާނޭ ރަނޭބެލޭނީ ރަނެއްކަށްވެސް.
ރަންބުރިއަކައް ނުވީބާ
ގޮތްދެކުމުގެ ނަތީޖާވެސް ބައެއް ފަހަރު ހިތި ވާނެއެވެ.
ކައިވެނީގެ ކުރިން ވެއްޖެއެއްނުން ރަން ތޯ ރިހި ތޯ ޓެސްޓު ކުރަން . ޕަބްލިކް ކުރިމަތީ ބޮޑެތި ކައިވެނިތައް ކޮށްފަ ވަރިވެފަ އެކަކު އަނެކަކު ބޭޒާރު ކުރުމަށްވުރެ ރަނގަޅުވާނެ އެގޮތްވެސް.
އައްޑޫ ހިސާނު މީހުން އަބަދިވެ ސް ބަލާނީ މާލެއިން އަންހެނަކު ހޯދައި އޭނާގެ އެޑްވާންޓޭޖް ނަގަން މީން ފައި ސާ އަދި ގޯތި ގެދޮރު އެކަން ނުވަނީނަމަ ދެންއެންދިމާލެއް ހޯދުމައް މަ ސައްކަތް ފަށަނެ މީ ދުވަ ސްވީ އާދަކާދައެއް
ޝާޑުގެ ވަރަށް ބޮޑު ވިދާ ރަންގަޑެއް ޝާޑު ދިޔައީ އިރުތިޝާމް އަތުގައި ބާއްވާފަ، ވަރަށް ބޮޑު ވިދުމެއް ދުވަހަކު ހަދާން ނުނެތޭ ވިދުންވެސް ނުކެޑޭނެ !
ސާބަހޭ އިރު.ވާންކޮށްފަ ބަހައްޓާތި.ހުސްކޮށް ހުރިނަމަ އަހަރެން މަރުހަބާ ކިޔާނަން.މިބުނީ ލައްކަ ވާހަކަ.ވ.ވ.ވެދުން
ކަމަނާ ގެ ޓުވިޓު ގެ ސަބަބުން ދެން އޭނަ ވާނީ ފަތް ކަނޑާ ޝާޑަކަށް
ރަންގަނޑެއްކަމަށް ހީކޮށްގެން ތަތްތެޅުނު މީހަކަށް، އެއީ ރަން ނޫންކަން އެނގުނީމަ ވަރަށް ސަކަރާތްވާނެ. އިރޫއަށް ތިހުރީ އެހެންވެފަ. ކޮންމެ މީހަކު އުޅެނީ ރަންގަނޑެއް ހޯދަން ނޫންކަމަށް ވެދާނެ.
އައްޑޫ މީހަކަ ކައިވެނިކޮށްގެން އުޅެވޭނީ ވަރަށް ހިތްވަރުގަދަވެގެން. އެއީ ކުރެވޭ ކައިވެންޏަށްވުރެ މައިދައިތަޔާ ކުރަންޖެހޭ ހަނގުރާމަ ބޮޑުވާނެތީ....
ސޯލިހް މީހެއްކަމަށް ހީކުރި މީހާ، ސިއްދީގަކަށް ވެގެން އުޅުނަސް
ވާނޭހޭ ކުރަން އިތުބާރު ، ވާނޭހޭ ދޭން ޖާން ހިތަކަށް.
ހޯމަވިލާކުރިޔަސް ކައިވެނި، ލައްވާނެހޭ ބަރަކާތް
ކަމުގައި މަގްސަދު އޮޅުން ބޮޅުން ބޮޑުވީމާ
100ގެ ވާހަކައެއް. ކޮޔަށް ވިސްނުނީތީ ވަރަށް އުފާކުރަން.....
ޝާޑު ހީކުރީ އިރުތިޝާމަކީ ރަނެއްކަމަށެވެ. އެކަމަކު ވީ ދަގުޔަށެވެ. އިރުތިޝާމް އެ ވިދާޅުވީ އެވާހަކައެވެ.
އިރޫ.. ބޮޑީ ގާރޑް ކަންތަކާތޯ ވަރި ކުރީ؟
އަހަރެން ދެން ދުވަހަކު ވެސް ހުޅުދޫ ބޭކަލަކާ އި މެރީ ނުކުރާނަމެވެ! ގެރެންޓީ