ހުނަރުވެރި ޒުވާނުން އެބަ ތިއްބެވެ. އެ ޒުވާނުން މަސައްކަތުގައި ޝާމިލްވެ އުޅޭނަމަ އޭގެެ ފޮނި މީރުކަންވެސް ލިބޭނެއެވެ. ބޭނުންވަނީ ހިތްވަރެވެ. ގަދައަޅާ މަސައްކަތް ކުރުމެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އާ ހެދި ވަޒީފާ ގެއްލުނު އެތައް ޒުވާނުންނެއް މިހާރުވެސް އަމިއްލަ ފައި މައްޗަށް ތެެދުވެގެން، އަމިއްލަ މަސައްކަތުން އާއްމުދަނީ އެބަ ހޯދައެވެ. އެއީ އެމީހުންނަށް ލިބިފައިވާ ހުނަރުވެރިކަމުގެ ބޭނުން ހިފުމުންނެވެ.

އަދި މިހާރު ވިޔަފާރީގެ ތެރޭގައިވެސް ގިނަ ޒުވާނުން އުޅެމުންދެއެވެ. މިގޮތުން އައްޑޫ ސިޓީން ފާހަގަކޮށްލެވޭ ޒުވާނަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން އަމިއްލަ މަސައްކަތުން ކައިވެނީގެ ހަފްލާތައް ޒީނަތްތެރިކޮށް، އެފަދަ އިވެންޓްތަކަށް ހާއްސަ ހިތަދޫ ހަސަން ޖާވިދު (ޖޭޑް)އެވެ. އޭނާގެ ހުނަރުވެރިކަންވެސް މި ވަނީ ފެނިގެން ގޮސްފައެވެ. އައްޑޫ ސިޓީގައި ކައިވެނީގެ ހަފްލާއެއް ނޫނީ ބޮޑު ހަފްލާއެއް ބާއްވާނަމަ މިއަދު އެންމެ ޑިމާންޑް ބޮޑު އެކަކަށް ވާނީ ޖޭޑް އެވެ. އޭނާއަކީ އެންމެން ހައިރާންކޮށްލާވަރަށް ކައިވެނީގެ ހަފްލާތައް ޒީނަތްތެރިކޮށްދީ، އެ ހަފްލާއަށް ފުރިހަމަ ކަން ގެނެސްދޭ ފާރަތެވެ.

ޖޭޑް ތައްޔާރު ކުރި ކައިވެނީގެ ހަފްލާއެއް

އަމިއްލަ ހިޔާލާއި، ކްލައިންޓުންގެ އެދޭ ގޮތަށް، އެހާ ފުރިހަމައަށް ކައިވެނީގެ ހަފްލާ ތައްޔާރުކޮށްލަދޭނެ ފަރާތަކަށް ޖޭޑް ވާނެއެވެ. ޖޭޑް މިކަން އަގު ނަގައިގެން ކުރަން ފެށީވެސް، މީހުންނަށް އެތަން ފެނިގެން ދިން ތަރުހީބަށް ބަލާފައެވެ.

ކައިވެނި ހަފްލާތައް ތައްޔާރު ކުރުމުގައި އުޅޭގެ ޖޭޑްގެ މަސައްކަތް

"އަބަދުވެސް އާޓިސްޓް ކްރިއޭޓިވިޓީއަށް ވަރަށް ޝައުގުވެރިކަން ހުރޭ، ދެން އެކި އެއްޗެހި މިހެން ހަދަމުން ދަނިކޮށް، އެެމްޕީ މޯޑްގެ ވެޑިންގ، އޭނާ ބޭނުންވީ އަހަރެން ލައްވާ އެކަންތައް ކުރުވަން، ފުރަތަމަ އެއްޗަކަށް ވެސް މޯޑުގެ ވެޑިންގ ހެދީ". ސްކޫލްގައި އުޅުނުއިރުވެސް ކްރިއޭޓިވިޓީއަށް ޝައުގުވެރިކަން ހުރި ޖޭޑް ބުންޏެވެ.

ޖޭޑް ބުނީ، އޭގެ ފަހުން ރަހުމަތްތެރިންގެ ވެޑިންގތައް ކުޑަ އަގެއްގައި ތައްޔާރުކޮށް ހަދަމުން ދިޔަ ކަމަށެވެ. އެއިރު ކުޑަ އަގެއްގައި ވެޑިންގއަށް ތައްޔާރުވަމުން ގޮސް، އޭނާ ވިޔަފާރި ރަޖިސްޓަރ ކުރީ 2016 ވަނަ އަހަރު ތެރޭގައެވެ.

ކައިވެނި ހަފްލާތައް ތައްޔާރު ކުރުމުގައި އުޅޭ ޖޭޑްގެ މަސައްކަތްތައް

"އޭގެ ކުރިން ވެސް ވެޑިންގތައް ނަގަމުން ދިޔައިން، އެކަމަކު އެއިރު ދިޔައީ ވިޔަފާރި ރަސްޖިސްޓަރ ކޮށްފައެއް ނުވޭ، ކުޑަކޮށް ރައްޓެހިންނަށް އެކަން ކުރަމުންދިޔައީ، އެކަމަކު ކޮންމެ ވެސް އެއްޗެއް ޗާޖް ކުރާ ގޮތަށް". ޖޭޑް ބުންޏެވެ.

ކުރިން ވެޑިންގތަކަށް މާބޮޑު ހަރަދެއް ނުދެއެވެ. އެހެން ނަމަވެސް ޒަަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، ކައިވެނީގެ ހަފްލާއަށް ވަރަށް ބޮޑު ހަރަދެއް ކޮށް އުޅެއެވެ. ހާއްސަކޮށް ކައިވެނީގެ ހަފްލާގެ ތަން ތައްޔާރު ކުުރުމަށް އެތައް ލައްކައިން ހަރަދު ކުރާ މީހުންވެސް އުޅެއެވެ.

ކައިވެނި ހަފްލާތައް ތައްޔާރު ކުރުމުގައި އުޅޭ ޖޭޑް ކައިވެނީގެ ހަފްލާއެއް ތައްޔާރުކޮށްފައި

އެގޮތުން ޖޭޑް މިއީ އައްޑޫ ސިޓީގައި އެންމެ ފާހަގަކޮށްލެވޭ ވެޑިންގ ހަފްލާތައް ތައްޔާރު ކުރާ އެކަކެވެ. އޭނާ ތައްޔާރު ކުރާ ހަފްލާތައް އަންތިރީސްވާ ވަރަށް ރީއްޗެވެ. އަދި ކްލައިންޓް އެންމެ ބޭނުންވާ ގޮތަށް، އަދި އެންމެ ހިތްހަމަ ޖެހޭ ގޮތަށް، އޭނާ އެކަން ކުރެވޭތޯ ބަލާއިރު، ޖޭޑްއަކީ ކޮޕީ ކުރާނެ މީހެއް ނޫނެވެ. އަބަދުވެސް އަމިއްލަ ސްޓައިލެއް އަމިއްލަ ވަންތަކަމެއް އޭނާ ގެންގުޅެ އެވެ.

އެކަން އޭނާގެ ފޭސްބުކް ޕޭޖްގައި ހުރި ބެކްޑްރޮޕްތަކުގެ ފޮޓޯތަކުން ހާމަވެގެން ދެއެވެ. ރޭގަނޑު ބާއްވާ ކައިވެނީގެ ހަފްލާއަކަސް ދުވާލު ބައްވާ ހަފްލާއަކަސް އޭނާ އެ ހުރީ ތައްޔާރަށެވެ.

ކައިވެނި ހަފްލާތައް ތައްޔާރު ކުރުމުގައި އުޅޭ ޖޭޑްގެ މަސައްކަތް

"މިކަން ކުރަމުންދާތާ މިހާރު 10 އަހަރު ވަރު ވެދާނެ، މިހާރު އައްޑޫގައި ނަމްބަރު އެކެއްގައި އުޅޭނީ އަޅުގަނޑުމެން"،

ޖޭޑްގެ ވިސްނުމާއި އެއްގޮތަށް އެތައް ކައިވެންޏެއް އައްޑޫ ސިޓީ ގައި އަދި ބައެއް އެހެން ރަށްތަކުގައިވެސް ކުރިއަށްގެންގޮސްފިއެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެއްގެ ހައިސިއްޔަތުންވެސް، ކައިވެނީގެ ހަފްލާއެއް ފުރިހަމަ ކުރުމަށް އޭނާގެ ވިސްނުމާއި އޭނާގެ މަސައްކަތް ބިހައިންޑްދަ ސީންގައި ވަރަށް ބޮޑަށް ފެނިގެން ދާނެއެވެ.

"މިހާރު އައްޑޫގައި، މިހާރަކަސް އައިސް ބޭއްވޭ ހުރިހާ ބޮޑެތި ވެޑިންގ އިވެންޓްތަސްތަކުގެ ބެކްޑްރޮޕް އިންނާނީ އަޅުގަނޑުމެން ހަދާފައި". ޖޭޑް ބުނެފައި ވެއެވެ.

ކައިވެނި ހަފްލާތައް އެންމެ ބޮޑަށް ދިރުން ގެނެސް ދެނީ ޖޭޑްގެ ބެކްޑްރޮޕްތަކުން

ޖޭޑްގެ ވިޔަފާރީ އައްޑޫގައި ފުޅާވިނަމަވެސް، އޭނާ މި މަސައްކަތް ފަށައިގަތީ މާބޮޑު އިންވެސްޓްމެންޓެއް ކޮށްގެން ނޫނެވެ. ރައްޓެހިންގެ އެހީތެރިކަމާއެކު ކުޑަކުޑަކޮށް ފަށައިގަތް މިކަން އާއްމުން ބަލައިގަތީ އޭނާގެ ހުނަރުވެރިކަމުގެ ސަބަބުންނެވެ. އަހަރަކަށްވުރެ އަހަރެއް ކުރާ މަސައްކަތްތައް ފުރިހަމަވެ އަގުވެސް ބޮޑުވާން ފެށީއެވެ. އަދި ތައްޔާރު ކުރާ ވެޑިންގތައް ބޮޑުވެ، އަގާއި އެއްވަރަށް ކްލައިންޓް ހިތްހަމަޖައްސާ ދެމުން ދިޔައީއެވެ. އަދި މިހާރު މާލެއާ ހަމައަށް ޖޭޑްގެ ވެޑިންގތައް ގޮސްފިއެވެ.

"މާލެ އާއި ރައްޖޭގެ އެކި އަތޮޅުތަކުގައި ކައިވެނީގެ ހަފްލާތައް ބާއްވައިފިން، މިހާރު ގާތްގަނޑަކަށް އޯވާ 300 ޓު 500 އިވެންޓްތައް ބޭއްވިފައި ހުންނާނެ". ޖޭޑް ބުންޏެވެ.

ކައިވެނި ހަފްލާތައް ތައްޔާރު ކުރުމުގައި އުޅޭ ޖޭޑްގެ މަސައްކަތް އަންތަރީސްވާވަރުވޭ

ޖޭޑް މެދުވެރިކޮށް ކައިވެނީގެ ހަފްލާތައް ބާއްވާ މީހުންނަށް ހުންނާނީ އެމީހުން ބޭނުންވާ ނީޑްސް އާ އެއްވަރަށް އަގުތައް ނަގާފައެވެ. ވެޑިންގ ޑެކޮރޭޝަން، ބެކްޑްރޮޕް، ވޯކް ވޭ، ވެލްކަމް ބޯޑު، ރަން ލާރި މިއީ ޖޭޑް ކުންފުނިން ކުރަމުންދާ މަސައްކަތެވެ.

ޖޭޑް މެދުވެރިކޮށް ކައިވެނި ހަފްލާ ބާއްވަން ބޭނުން ނަމަ އަވަހަށް ބުކް ކޮށްލާށެވެ. އެގޮތުން އެންެމެ މަދުވެގެން ތިން މަސް ދޭން ވާނެ ކަމަށް ޖޭޑް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒިޔާ

    ތިންމަސް ދުވަހުން ތިވަރުވީމަ އޯކޭ ދެން ، ހުންނާނީ ހުންނާނީ މުޅިންވެސް އިއްތިފާގުން

  2. ޙ

    ވާއޫ ވެެރީ ނައީސް.

  3. ޖޯޖޯ

    ތިއެއްތާ ބޭވި ކާވެނި ރޫޅާ ހަފްލާތަކަސް މަދައްނުން ވާ !