އިންޑިއާގައި ކައިވެނި ކުރި ދުވަހު އަންހެނަކު ހައިޟުވެފައި ހުރުމުން، އޭނާ އަކީ ސުންޕާ މީހެއް ކަމަށް ބުނެ އެ އަންހެން މީހާ ވަރިކޮށްފިއެވެ.

ވަޑޯޑަރާ ކިޔާ އިންޑިއާގެ އަވަށެއްގައި ހިނގި މިހާދިސާގެ ތަފްސީލް ހާމަކޮށް އިންޑިއަގެ ނޫހެއް ކަމަށް ވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ، ވަރިވާން ހުށަހެޅި މައްސަލައިގައި އެ އަންހެން މީހާ ކައިވެނި ކުރި ދުވަހު ހައިޟުވެފައި ހުރުުމުން އޭނާގެ ސާފުތާހިރުކަން ގެއްލިފައިވާ ކަމަށް ފިރިމީހާ ބުނެފައިވާ ކަމަށެވެ.

އެ އަންހެން މީހާ އިނީ ހައިޟުގެ ހާލަތުގައިކަން އެނގުނީ އޭނާ އާއި ކައިވެނިކޮށްގެން ބުދު ދީނުގެ މީހުން އަޅުކަން ކުރާ ފައްޅިއަަކަށް ނަދުރެއް ފުއްދަން ދިޔަ މަގުމަތީގައި ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ. އިންޑިއާގެ ބުދު ދީން ޤަބޫލު ކުރާ ބައެއް މީހުން ޤަބޫލު ކުރާ ގޮތުން ކައިވެނިކުރާ ދުވަހު އަންހެން މީހާ ހައިޟުވެފައި ހުރުމަކީ ބަދުނަސީބުވެރިކަމެކެވެ.

އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ އެ ފިރިހެން މީހާ ވަނީ އޭނާގެ ކައިވެންޏަށް ފަހު އޭނާ އާއި މެދު ކަންކަން ވީ ރަނގަޅަށް ނޫން ކަމަށައި، އޭނާ އާއި ދިމާވީ ސުންޕާ ކަންކަން ކަމަށް ބުނެފައެވެ. އަދި އެ ކަންކަން ހިނގީ އެ އަންހެން މީހާގެ ސަބަބުން ކަމަށް ވެސް އެ ފިރިހެން މީހާ ޤަބޫލުކުރެއެވެ.

މިފަދަ ކަންކަން ރަނގަޅުކޮށް އަންހެން މީހާ އަލުން ސަފުކުުރުމަށް ކަމަށް ބުނެ އޭނާ އަށް އަނިޔާ ލިބޭ ފަަދަ ކަންކަން ކުރުވައެވެ. އެގޮތުން ހުސްފަޔާ ދުރު ހިސާބުތަކުގައި ހުންނަ ކޯރުތައް ކައިރިއަށް ގޮސް ފެން ގެނައުމާއި، އުސް ސިޑިއަށް ބޮލުގައި ބަރު އެއްޗެހި ބަހައްޓައިގެން ކަހަލަ އަދަބުތައް ދެމުން އެބަދެއެވެ.

މިފަދަ ކަންކަން ހުއްޓުވާ ހޭލުންތެރިކުރަން ފިލްމް އިންޑަސްޓްރީ އާއި ޓީވީތަކާއި ސަރުކާރުން ވެސް މަސައްކަތް ކުރި ނަމަވެސް އަންހެނުންނާއި ދެކޮޅަށް ކުރާ މިފަދަ ލާއިންސާނީ ކަންކަން އިންޑިއާގައި ހުއްޓުމަކަށް ނާންނަކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު

    ތީ އިސްލާމް ދީނުގެ ބައެއްގެ ފަރާތުން ހިނގި ކަމެއްނަމަ ހަމަހަމަ ކަމާއި އިންސާނީ ޙައްޤު ތަކުގެ ނަމުގައި މިއުޅޭ ލާދީނީ ބައިގަނޑުގެ ލޮލަށް ހަމަނިދި ނާންނާނެ

    36
    2
    • 100%

      100%