ގްލޯބަލް ބޮކްސް އޮފީހުގައި 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ފައިދާއެއް ލިބި ވޮންޑާ ވުމެން 1984 އަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

މަޝްހޫރު ފިލްމީތަރި ގާލް ގެލޮޓް މި ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދާއިރު ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ޕެޓީ ޖެންކިން އެވެ. މި ފިލްމު އެޗްބީއޯގެ މެކްސް އިން ދައްކާފައި ވަނީ ކްރިސްމަސް ދުވަހާއި ދިމާކޮށްފަ އެވެ.

ވޮންޑާ ވުމެން 1984 މިހާރު އެމެރިކާ، އޮސްޓްރޭލިޔާ، ނިއުޒިލޭންޑުގައިވެސް ވަނީ ދައްކާފަ އެވެ. މި ޤައުމުތަކަކީ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ މަލިމަޑުކަމުން އަރައިގަނެފައިވާ ޤައުމުތަކެވެ. މި ފިލްމަކީ 2020 ގައި އެންމެ ޤިނަ ބަޔަކު ބަލާފައިވާ ފިލްމަށްވެސް ވަނީ ވެފަ އެވެ. އަދި މި ފިލްމު ނެރުނު ހަފްތާގައި މީހުން ފިލްމު ބަލާފައިވާ މިންވަރާއި އެ އަހަރު ނެރުމު އެންމެ މަޝްހޫރު ފިލްމުތައް، ސޯލް އަދި ހެމިލްޓަން ބަލާފައިވާ މީހުންނަށްވުރެ ގިނަ އެވެ.

ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިއުމާއި ގުޅިގެން ވޮންޑާ ވުމެން 1984 ގެ ކާސްޓުންނަށާއި ފިލްމު އުފެއްދުމުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އަންނަނީ ތައުރީފު ލިބެމުންނެވެ. އެގޮތުން އެ ފަރާތްތަކަށް ތައުރީފު ކުރާ ފަރާތްތަކުގެ ތެރޭގައި ވާނާ ބްރޮސް. ޑޮމެސްޓިކް ޑިސްޓްރިބިއުޝަންގެ ރައީސް ޖެފް ގޮލްޑް ސްޓެއިން އާއި އިންޓަނޭޝަނަލް ޑިސްޓްރިބިއުޝަންގެ ރައީސް އެންޑްރިއު ކްރިޕްސް ހިމެނެ އެވެ.

100 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނީ ވޮންޑާ ވުމެން 1984، ފިލްމު ރިލީސް ކުރި ހަފްތާގައި ކަމަށް ވުމުން އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެ ޢަދަދު 200 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި ސިލަސިލާގެ ފުރަތަމަ ފިލްމު ނެރެފައި ވަނީ 2007 ވަނަ އަހަރުގައި އެވެ. އެ ފިލްމު ނެރުނު ހަފްތާގައި ވެސް ވަނީ ބޮޑު ޢާމްދަނީއެއް ލިބިފަ އެވެ.

ފޮޓޯ: ގޫގުލް

މި ފިލްމުގައި ހަރަކާތްތެރިވާ ތަރީންނަކީ ގާލް ގެޑޮޓް، ކްރިސް ޕައިން، ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ކޯނީ ނިއެލްސަން، ރޮބިން ރައިޓްގެ އިތުރުން އިތުރު ފަންނާނުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު