އިޓަލީގައި ކޮންމެ ވަގުތެއްގައިވެސް ތެދުވެރި ލޯބި ހޯދިދާނެ ކަން ސާބިތުވެއެެވެ. ކޮވިޑް-19ގެ ދުވަސްވަރުވެެސް މެއެވެ.

މިފަދަ ޕޯސްޓެއް މިހާރުވެސް މީސް މީޑިއާގައި ދައުރުވަމުންދެއެވެ. އެ ޕޯސްޓުން ފެނިގެން ދަނީ އެ ގައުމުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ފިރިހެން ނަރުހެއް އޭނާގެ ލޯބިވެރިޔާ ކައިރިން އިންނަން އަހާފައިވާ ތަނެވެ. އެ ސުވާލު އޭނާ ލިޔެފައި ވަނީ، ލައިގެން ހުރި ޕްރޮޓެކްޓިވް ހެެދުމުގައެވެ.

އެ ފޮޓޯއަށް 500 އަށްވުރެ ގިނަ ލައިކްސް ލިބިފައި ވެއެވެ. އެ ފޮޓޯއިން ފެނިގެން ދަނީ ޖުއްސަޕޭ ޕުގްލިއާގައި ހުންނަ އޮސްޓުނީ ހޮސްޕިޓަލްގެ ރެސްޕިރެޓޮރީ ވޯޑުގެ ކޮރިޑޯގައި ހުންނަ މަންޒަރެވެ.

އޭނާ ލައިގެން ހުރި އެ ގައުންގައި ޖަހާފައި ވަނީ ކެމެލީ، އަހަރެންނާއި އިންނާނަން ހެއްޔެވެ؟ އަދި އޭގައި އާ ނޫނީ ނޫން ވެސް ޖަހާފައި ވެއެވެ.

މީގެ ކުރިން ޖުސައްޕެއަށް ކޮވިޑް-19ވެސް ޖެހިފައި ވެއެވެ. އަދި އެކަންވެސް އޭނާ މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ.

ޖުސައްޕެ އެ ފޮޓޯ އާއްމުކުމާއެކު، އެއަށް ކޮމެންޓް ކުރި ހަތް ވަނަ ފަރާތުން ވަނީ ޔެސް ޖަހާފައި ޕޯސްޓް ކޮށްފައެވެ.