ބޮލީވުޑުގެ އެކްޓަރ އަކްޝޭ ކުމާރުގެ ފޯނު ބޮކެއްގެ ސަބަބުން ޗާޖު ނުކުރެވުނު ކަމަށް އޭނާ ބުނެފައި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އަކްޝޭގެ އިންސްޓަގުރާމާއި ޓްވިޓާ އެކައުންޓުގައި ސޮކެޓެއްގެ ފޮޓޯއަކާއި އެކު މި ވާހަކަ މީސް މީޑިޔާގައި ހިއްސާ ކޮށްފައިވެއެވެ.

''އަހަރެންގެ ފޯނު ޗާޖު ކުރަން އުޅުނީ. އެކަމަކު އަހަރެންނަށް ހީވަނީ ފޯނު ޗާޖު ކުރުމަށް ޖެހޭނީ އެހެން ތަނެއް ހޯދަންހެން. މި ސޮކެޓް މިހާރު ވެސް ދަނީ ބޭނުން ކުރަމުން'' ސޮކެޓެއްގެ ތެރޭގައި ތާށިވެފައި އޮތް ކުޑަކުޑަ ބޮކެއްގެ ފޮޓޯ ހިއްސާކޮށް އަކްޝޭ ކުމާރު ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

އަކްޝޭގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ވަނީ ފިލުމު ''އަތުރަންގީ ރޭ''ގެ ދިއްލީއާއި އާގްރާގައި ނަގަންޖެހޭ ޝޫޓިންތައް ވަރަށް ފަހުން ވަނީ ނިންމާލާފައެވެ. މި ފިލުމަކީ އާނަންދު އެލް ރައި ޑައިރެކްޓްކޮށް، އަކްޝޭ ކުމާރާއި އެކު ސާރާ ޢަލީ ޚާން، ދަނުޝް އަދި ނިމްރަތު ކޯރް ފެނިގެންދާނެ ފިލުމެކެވެ.

އަހަރެއްގެ ތެރޭގައި ގިނަ ފިލުމުތަކެއް ކުޅެމުންދާ އަކްޝޭ ވަނީ ފިލުމު ''ބެލް ބޮޓަމް''ގެ ޝޫޓިން ވެސް ނިންމާ ފިލުމު ''ޕްރިތްވިރާޖު''ގެ މަސައްކަތް ފަށައިފައެވެ.

އަކްޝޭގެ ފިލުމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ކުރަން ހަމަޖެހިފައިވަނީ ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ ފިލުމު ''ސޫރްޔަވަންޝީ''އެވެ.

އަކްޝޭގެ އެންމެ ފަހުން ރިލީޒް ކުރެވުނު ފިލުމަކީ ''ލަކްޝްމީ ބޮމްބް''އެވެ. މި ފިލުމުގައި އަކްޝޭ އަދާކޮށްފައިވާ ރޯލަކީ އޭނާ ކުޅުނު ރޯލުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ރޯލުކަމަށް ގިނަ ބެލުންތެރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ އަންނި

    ތިވަރަކަށް ދެން ހިޝާރުވާނީ.