ދުނިޔޭގެ އެންމެ މަގުބޫލު ޓެކް ބްރޭންޑް އަކީ އެޕަލް އޭ ބުނުމުން އެއީ ދޮގަކަށް ނުވާނެ އެވެ. 2007 ވަނަ އަހަރުން ފެށިގެން އައިފޯންގެ އެކި ޑިޒައިންތައް ނެރެމުން އެކި އަހަރުތަކުގައި އެ ފޯނުތަކަށް އިތުރު ފުރިހަމަކަމެއް ގެންނަމުން ދާއިރު ފޯނުގެ ވާދަވެރިކަންވެސް ވަނީ އިންތިހާއަށް ގޮސްފަ އެވެ.

ޒަމާނާއި އެއްގޮތަށް ފޯނަށް ގެންނަމުންދާ ބަދަލުތަކަށް އެހެން ޓެކް ކުންފުނިތަކުންވެސް ވާދަކުރަމުންދާއިރު އަންނަ އަހަރު ނެރެން ހަމަޖެހިފައިވާ އައިފޯނުގައި ޗާޖޮން ޕޮޓެއް ނީންނާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ބާއޭ ގިނަބަޔަކު ސުވާލު އުފައްދާނެ އެވެ.

ކޮންމެ އަހަރުވެސް ކުރީ އަހަރަށްވުރެ މޮޅު އަދި ފުރިހަމަ އުފެއްދުމެއް ނެރެން އެޕަލް ކުންފުނިން އަބަދުވެސް މަސައްކަތް ކުރާތަން ފެންނަމުންދާއިރު އަންނަ އަހަރު ނެރޭ ފޯނުގައި ޗާޖިން ޕޮޓެއް ނެތަސް އެއީ މާ ބޮޑު ކަމަކަށް ވެގެން ނުގޮސްދާނެ އެވެ. ސަބަބަކީ އަހަރުތަކެއް ކުރީން ހެޑްސެޓް ބޭނުންކޮށްގެން ލަވަޖަހަމުން އައި އިރު މިހާރު ހެޑްސެޓާއި ނުލައި އިއާޕޮޑްސް ބޭނުންކޮށްގެން ލަވަ ޖަހައިލެވެއެވެ. އަދި ޗާޖަރަކާއި ނުލައި ވަޔާލެސްކޮށް ފޯނު ޱާޖު ކުރެވޭ ގޮތްވެސް އެޕަލް އިން ވަނީ ހަދާފަ އެވެ.

ވަޔާލެސް އައިފޯން އުފައްދަނީ ކީއްވެތޯ އެއީ މިހާރު އުފެދޭނެ އެއް ސުވާލެވެ. ފޯނު ވަޔާލެސް ކުރުމުން އަންނާނެ ފައިދާތަކުގެ ތެރޭގައި ފެނު އަޑީގައި ފޯނު ބޭނުންކުރުމަށް ނުވަތަ ވޯޓާ ޕްރޫފް ވާ މިންވަރު އިތުރު ވެގެންދާނެ އެވެ. އަދި ޗާޖިން ޕޮޓު ހުންނަ ޖާގަ ގެއްލުވާލުމުން ބެޑަރިއަށް އިތުރު ޖާގައެއް ލިބިގެން ދާނެ އެވެ. އަދި ހެޑުސެޓު ޖަހާ ޕޮޓު ނަގާލުމުންވެސް މިކަންކަން އިތުރު ވެގެންދާނެ އެވެ.

ފޮޓޯ: ގޫގުލް

އައިފޯން ވަޔާލެސް ކޮށްފިނަމަ އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ޗާޖުކުރަން ގިނަ ވަގުތު ހޭދަވުމާއި ވަޔާލެސްކޮށް ޗާޖު ކުރުމުން ބައެއް ފަހަރު ފޯނު ހޫނުވުން އިތުރުވެގެންދާނެ އެވެ.

އައިފޯން ބޭނުންކުރާ ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ފޭނުން ބޭނުންވަނީ ފޯނުން ހުރިހާ ކަމެއް ކުރުމަށެވެ. އަދި ގިނަ އިރު ޗާޖު ހިފަހައްޓައި ފޮޓޯ ކޮލެޓީން ފެށިގެން ފޯނުގައި އިންޓާނަލް ސްޓޯރޭޖު އިތުރުކުރުމަށްވެސް ފޭނުން ބޭނުން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖައި

    ފޭކު ފޯނެއް

    3
    7
    • އެޕަލް ގައި

      ކައެވެ ސް ވަރަށް ފޭކު... ލޮލް.

  2. ޝައްފަ

    ކޮރޯނާ ތެރޭގައި ރަނގަޅު ފޯނެއް ނުނެރެވޭނެ. އެއީ މުވައްޒަފުން ހަމައަށް ނުނެރެވޭނެތީ. އައިފޯނު 12 ވެސް ކަމަކު ނުދޭ. އަދިވެސް އައިފޯނު 11 ޕްރޯ މެކްސް، އެއްވަނަ !

    1
    5