މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެެމުން އަންނަ ނުރައްކާތެެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވަނީ އާންމު ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ކޮވިޑް-19 ރާޅުތައް ބައެެއް ޤައުމުތަކުގައި މަދުވަމުން އަންނަނިކޮށް މުޅި ދުނިޔެއަށް ސިހުން ގެނުވީ އިނގިރޭސިވިލާތުގައި ފެތުރެެން ފެށި މިބަލީގެ އާވައްތަރުގެ ސަބަބުންނެވެެ.

އެެއީ އާދައިގެެ ކޮވިޑް-19 ވައިރަހަށް ވުރެެ ހަލުވިމިނުގައިި ފެެތުރުނު ހަމަ އެބަލީގެ ބާވަތެކެވެ. މިކަމާއި ގުޅިގެން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން، އާ އަހަރާ ދިމާކޮށް އިނގިރޭސި ވިލާތްް ވަނީ ފުރަބަންދުކޮށްފައެވެ. މިއީ އެ ފުރަބަންދުގެ ކުޑަ އިރުކޮޅެއް ކުރިން ކައިވެެނި ކުރި ދެމަފިރިއެއްގެެ ވާހަކައެވެ.

އުމުރުން 29 އަހަރުގެ ރިއަނޮން ރޮބާޓްޝައު އަދި އޭނާގެ ފިރިމީހާ ޖޯ 26، އަކީ އިންގްލޭންޑަށް ނިސްބަތްވާ ދެމީހުންނެވެ. އެ ދެެމީހުން ދިޔައީ، އާ އަހަރު ފެށޭ ދުވަހު ކައިވެނި ކުރުމަށް އޭރު ތައްޔާރުވަމުންނެވެ.

އެހެެެން ނަމަވެސް ހަލުވިމިނުގައި ފެތުރެމުން އަންނަ ކޮވިޑް-19ގެެ އާވައްތަރުގެ ސަބަބުން އެ ޤައުމު ފުރަބަންދުކުރާކަން އެނގުނީ ކައިވެންޏަށް ދެ ހަފްތާއަށް ކައިރިވެފާ ވަނިކޮށެވެ. އެ ހަބަރު ވެގެން ދިޔައީ މި ދެމީހުންނާއި އެމީހުންގެެ އާއިލާއަށްވސް ހިތާމަވެރި ހަބަރަކަށެވެެ.

އެ ހަބަރު ލިބުނު އިރު ޖޯ ހުރީ މަސައްކަތްކުރާ ތަނުގައި ކަމަށްވެއެވެެ. އެހެން ނަމަވެސް އެ ދެމަފިރިން ވަނީ މުޅި ދުނިޔެެ ހައިރާންކޮށްލާ ފަދަ ކަމެއް ކޮށްފައެވެ. ކައިވެންޏެއް ފުރިހަމަ ގޮތުގައި ކުރުމަކީ ހާއްސަކޮށް އެ ގައުމުތަކުގައި އެތައް ދުވަހެއް ހޭދަވާ ކަމެެކެވެ.

އެ ހަބަރު ލިބުމާއި އެކު ދެމީހުންވެސް ގޮތް ނިންމައި ދެމަފިރިން ކައިވެެނި ކުރީ އެންމެެ ތިިން ގަޑިިއިރުު ތެރޭޭގައި ތައްޔާރުވެގެެންނެެވެ. ރިއަނޮން "ޑެއިލީމެއިލް" އަށް ބުނެފައިވާ ގޮތުގައި ކިތަންމެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރޭވިގެން ނަމަވެސް އެ ދެެމަފިރިން ކައިވެނި ވަރަށް ފުރިހަމައެެވެެ.

ހާލަތުގެ ގޮތުން ކައިވެެނި ޕާޓީގައި ބައިވެެރިިކުރަންވާ މީހުން ބައިވެެރި ނުކުރެވުނު ކަމަށާއި، ނަމަވެސް ދެފަރާތު އާއިލާތގެ މަަދު ބަޔަކާއި އެކު ކުރި އެ ކައިވެންޏާއި، ކައިވެނި ޕާޓީ އާއި މެދުު ދެެމީހުންވެސް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު