ދުނިޔޭގެ އެންމެ ހަގު ބިލިއަނަރުންގެ ތެރޭގައި ހިމެނޭ މަޝްހޫރު މޮޑެލް އަދި އެކްޓަރު ކައިލީ ޖެނާގެ ހުރި ހަމައެކަނި ދަރިފުޅު ސްޓޯމީ ވެބްސްޓަރ ސްނޯ ބޯޑިން ހުނަރު ދައްކައި އެންމެން ހައިރާން ކޮށްލައިފި އެވެ. އަންނަ މަހު 3 އަހަރު ފުރޭ ސްޓޯމީ އޭނާގެ މަންމަ އާއި އެކު އާ އަހަރުގެ ޗުއްޓީ ހޭދަކޮށްލަމުން ދާއިރު އޭނާގެ ސްނޯ ބޯޑިން ހުނަރު ދައްކާ ވީޑިއޯ އާންމު ކޮށްފައި ވަނީ ކައިލީގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.
View this post on Instagram
ނިއޯން ފެހި ކުލައިގެ ހެލްމެޓެއް އަޅައިގެން ގޮގުލް އާއި ސްނޯސޫޓެއް ލައިގެން ސްޓޯމީ ހުރި އިރު އޭނާ ހީވަނީ ކުޑަކުޑަ ޕްރޮފެޝަނަލް ސްނޯ ބޯޑު ކުރާ ފަރާތެއް ހެންނެވެ. ކައިލީ މިމަހުގެ 3 ވަނަ ދުވަހު އިންސްޓަގްރާމަށް ސްޓޯމީގެ ވީޑިއޯ ލާފައިވާއިރު ސްޓޯމީ އާއި އެކު އޭނާ އަށް ސްނޯ ބޯޑިން ދަސްކޮށްދޭ އިންސްޓްރަކްޓަރުވެސް ފެނިގެން ދެއެވެ.
ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން ގެ ތަރި 23 އަހަރުގެ ތަރި ކައިލީ އާއި އޭނާގެ ދަރިފުޅު ސްޓޯމީ ޗުއްޓީ ހޭދަކޮށްލުމަށް ގޮސްފައިތިބީ އެސްޕަން އަށެވެ. ސްޓޯމީ ސްނޯ ބޯޑު ކުރާ ވީޑިއޯގައި އޭނާއަށް ހިތްވަރުދީ ކައިލީ ތައުރީފުކުރާ މަންޒަރު ފެނިގެން ދެއެވެ. އަދި ސްޓޯމީ އަށް 'ހައި ފައިވް' އެއް ދޭ މަންޒަރުވެސް ވީޑިއޯގައި ފެނިގެން ދެއެވެ.
View this post on Instagram
ކްލޯއީ ކާޑޭޝިއަން ވަނީ ސްޓޯމީ ގެ ވީޑިއޯ އަށް ކޮމެންޓުކޮށް ސްޓޯމީއަށް ހިތްވަރުދީފަ އެވެ. ސްޓޯމީ އަކީ ސްނޯ ބޯޑިން ކުރުމަށް އާ ފަރާތެއް ނޫނެވެ. މީގެ ކުރީގައިވެސް ސްޓޯމީ ސްނޯ ބޯޑު ކުރާކަން އެނގިފައިވާއިރު މިފަދަ ގޮތަކަށް ވީޑިއޯއެއް އާންމުވެގެން ނުދެއެވެ.
2019 ވަނަ އަހަރުގައިވެސް ސްޓޯމީގެ މިފަދަ ވޯޑިއޯ އެއް ވަނީ ކައިލީ އިންސްޓަގްރާމުގައި ހިއްސާ ކޮށްފަ އެވެ. އޭރު ސްޓޯމީ ފަހަތުގައި އިންސްޓްރަކްޓަރަކު ސްނޯ ބޯޑު ކުރިއަށް ކޮށްޕަމުން ދާތަން ފެނިގެން ދެއެވެ. މި ވީޑިއޯތަކުން ހާމަވަނީ ސްޓޯމީ ސްނޯ ބޯޑު ކުރުމަށް ޝައުގުވެރިވާ މަންޒަރެވެ. އަދި ކައިލީ އާއި އޭނާގެ އާއިލާ ވެސް ސްޓޯމީއަށް މިކަމުގައި ހިތްވަރުދޭތަން ފެނިގެން ދެއެވެ.
މާދަމާ ރާއްޖޭގަ އުޅޭ ކައިޒީން ތިވައްތަރު ޖައްސާނެ
ވަރަށް ލޯބި ކައިޒިން ޖެނާރ ގެ ދަރިފުޅު 😍😍