މާސްކް އެޅުމަކީ މިހާރު މަޖްބޫރު ކަމެއް ކަމަށް ވަނީ ވެފައެވެ. ކޮވިޑް-19 ގުޅޭ އެންމެ ރައްކާތެރި ގޮތަކީވެސް އެއީއެވެ. އެންމެން މާސްކް އަޅައިގެން ތިބުމެވެ. އެހެން ނަމަވެސް، މިކަންވެފައި ވަނީ ފުލުހުންނަށް ޗެލެންޖަކަށެވެ. ފުލުހުންނަށް ކުށްވެރިން އަތުލުން ވެފައި ވަނީ ބޮޑު އުނދަގުލުކަށެވެ.

އެގޮތުން މީގެ ކުރިން ވައްކަން ކުރާ މީހުން ބޭނުން ކުރާ އެއް އުކުޅަކީ ފޭސްމާސްކުން އެމީހުންގެ މޫނު ފޮރުވާލުމެވެ.

ދާދި ފަހުން މިފަދަ ވައްކަމެއް ވަނީ ހިނގާފައެވެ. ކޮލްކަޓާ މޯލްއަކުން މީހަކު ވައްކަން ކުރަން ގޮސްފައި ވަނީ މާސްކް އަޅައިގެންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ވަގު ކަލޭގެ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ ކާކުކަން ފަޅާ އަރާފައި ވަނީ މޫނު ކަހާލުމަށް މާސްކް ނެގުމުންނެވެ.

ރަޓަން ބަަޓަޗަރްޔާ ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށްފައިވާއިރު، އޭނައަކީ ކުރިން ސެކިއިރުއިޓީއެއްގެ ގޮތުގައި އުޅެމުންދިޔަ މީހެކެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުމުން ނުކުތީ ވައްކަން ކުރުމަށެވެ.

އޭނާ ވައްކަން ކުރުމަށް ސިޓީ މޯލްތަކަށް ދެއެވެ. އަދި މިގޮތަށް ދަނީ ފޭސް މާސްކް އަޅައިގެންނެވެ.

އެގޮތުން ޑިސެމްބަރު 25 ވަނަ ދުވަހު ކިއްޑެޕޯރް މޯލްގައި ހުރި އަންހެނެއްގެ ދަބަސް ވަގަށް ރަޓަން ވަގަށް ނަގައިގެން ފިލިއެވެ. އޭނާ ވަގަަށް ނެގި އެ ދަބަހުގައި 99،300 ރުޕީސް އާއި 10 ޑޮލަރާއި، 700 ޔޫރޯ ހުރި ކަމަށް ވެއެވެ. އެ ދަބަސް ހިފައިގެން އޭނާ ފިލަން ދުވި ގަޑީގައި އޭނާ މޫނު ކަހައިގެން މާސްކް ނެގިއެވެ، އެ މަންޒަރު އެ ސަރަހައްދުގައި ހަރުކޮށްފައި ހުރީ ސީސީޓީވީ އަށް އަރާފައި ވެއެވެ.

އެ ސީސީޓިީވީ ފޫޓޭޖް ބަލާ، ފުލުހުން ވަނީ އޭނާ ޓްރެކް ކޮށްފައެވެ. އޭާނާ ފެނިފައި ވަނީ ގޭގައި ހުއްޓާ އެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު