ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފަތުރުވެރިއަކު ދިވެހި ފުލުހަކަށް ފުރައްސާރަ ކުރާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

އެ ވީޑިއޯ އާއްމުކޮށްފައި ވަނީ ޓިކްޓޮކްގައެވެ. ޓިކްޓޮކް ތަރި ހަރިމް ޝާހް ރާއްޖެ އައިސް ނަގާފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ އޭނާ މާސްކް ނާޅާ ވެލާނާ އެއާޕޯޓްގައި އުޅޭ މަންޒަރެވެ.

މާލެ ސަރަހައްދުގެ ހުރިހާ ހިސާބެއްގައި މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި ގެސްޓް ހައުސް ހުޅުވާފައިވާ ރަށްތަކުގައިވެސް މާސްކް އެޅުން މަޖުބޫރެވެ.

އެހެން ނަމަވެސް އޭނާ އެއާޕޯޓްގައި ހުރީ މާސްކް ނާޅައެވެ. އަދި ފުލުހުން އޭނާ ކައިރީގައި މާސްކް އެޅުމަށް އެދުނެވެ. ނަމަވެސް އޭނާ ވަނީ ފުލުުހުންނާއި ދިމާލަށް ވައްތަރު ޖައްސާ އެތަނުން ގޮސްފައެވެ.

އެ ވީޑިއޯއާ ގުޅިގެން ބައެއް ދިވެހިން ގެންދަަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އޭނާ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައި ވަނީ މާފުށީގައެވެ. އޭނާ މާފުށީގައިވެސް މާސްކް ނާޅާ ކުދިން ތަކަކާއިއެކު ޓިކްޓޮކް ކުޅުނު ވީޑިއޯއެއް އާއްމުވެފައި ވެއެވެ.

އޭނާ ރާއްޖެ އައިސް ގިނަ އަދަދެއްގެ ޓިކްޓޮކް ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ނnd

    ޕަކިސްތަން މިހަކަ މިނަ ބޮޑަށް ވައްތަރި

    44
    22
    • ގ

      އިންޑިއާ މޮޔަޔަކާ ވައްތަރީ.... ދޫވެސް ނެރޭ ވީއްޔަ..

      106
      12
      • ޒައިކް

        ޕާކިސްތާނުގެ ޓިކްޓޮކް ތަރިޔެކޯލަ.. މުސްލިމެއްކަމަށް ބުނަނީ.. ނަމުން ވެސް އެނގޭ..

        37
        1
  2. ގުޑް ޖޮބް ބުރޯ

    ފުލުހުން ކަން ކުރިގޮތް ވަރަށް ރަގަޅު! ވަރައް ހެޕީވެފަ ދިޔަ ޓޫރިސްޓެއް އެއީ ރާއްޖެ އަކީ މި ދުނިޔޭގެ ސުވަރުގެ ކަމަށް ހިތުގެ އަޑިން ގަބޫލު ކުރާ ކަހަލަ! ޕޮލިސްމީހާގެ ވާޖިބު އަދާކޮއްފި ކަމަށް ދެކެން އެތާހުރި ފުލުހަކީ މާސްކު އަޅުވަން ނުވަތަ އަދަބު ދޭން ހުރި ފުލުހެކޭ ކާކުތަ ބުނީ؟އެއްވެސް މީހަކައް އަދަބުދީގެން ނުވާނެ ތިކަންކުރިގޮއް ހަމަ100 އެނާއާއި ދޭތެރޭ ފިޔަވަޅެއް އެޅިނަމަ މަޖުލިސް މެންބަރުން ތަޅުމައް ކުލިމައްސަލައެއް ވެއްދީސް

    138
    32
  3. ޣ

    ޢިންޑިޔާ މީހުން ނަށް މިގައުގައި ގާނޫނު ނުހިގަނީތަ

    126
    13
    • ލިކަ

      ތި އިންޑިއާ މީހެއް ނޫން ޗައިނާގެ އައުވާނު ޕާކިސްތާނުން ފޮނިވި ޖެއްސުންކުރާ މީހެއް

      20
      47
    • ޥާނުވަ

      ޢެެއީ ޕާކިސްތާނު ޓިކްޓޮކް ސްޓާރެއް

      33
      11
  4. ބުރުގާ

    ހައްހައްހައްހައް... ޓުއަރިސްޓު އަންހެން ކުއްޖާއައް ފަސްފަހެތިން މަރުހަބާ. މަނަމަ ކަންފަތް މައްޗައް އަތްވެސް ދޮވެލާފަ އެތަނުންދާނީ...

    67
    39
    • ޝަމް

      ޕޮލިސް މީހާ އޭނާ ޖޫރިމަނާ ކުރިނަމަ ރަގަޅު ވީސް... އިންޑިއާގަ މި ފާޑަށް ނުއުޅެވޭއިރު މިތަނަށް އައިސް ކޮން ތުއެއް ވާކަށް ތަ؟ ޕޮލިހުންނަށް އަނިޔާ ކޮށްފިއްޔާ ޖަލަށް ލައި... އިންޑިއާގަ ނަމަ މިއަންހެން މީހާޔަށް އިންޑިއާ ފުލުހުން ވެރެއް އަރުވާލީސް

      90
      3
  5. ވައިކިންގ

    މި ދެން ކާކުތަ؟ ކޮންމެ ގައުމަކަށް ދިޔަޔަސް އެގައުމެއްގެ ގަވާއިދުތަކަށް ބޯލަބަންޖެހޭ. ދެންނާންނާތި ރާއްޖެއަށް. އެހެންތަނަކަށްދޭ .

    112
    3
  6. ލީލާ

    ވަރަށް ފޫހި އަންހެނެއްް... ބަލި ފަތިރާ މީހާ ގަނޑެއް... 🥵... ކޮން ތުއެއް ވާކަށް...

    102
    2
    • ސަރަވަނަ

      ކައިރީގަ ހުރި މޯހާވެ ސް މާސްކް ނާޅާ އެއަރޕޯޓްގަ ލިޔުން ބެހެއްޓިފަ ހުންނަން ވާނެ އެއަށް އަމަލް ނުކުރާނަމަ ޗެކިން ކޮށްދީގެން ނުވާނެ މާފުއްޓަށް އަންނަ ގިނަ މީހުން މިގައުމުގެ ގަވައިދަށް އަމަލެއް ނުކުރާކަން ވަނީ ފާހަގަ ވެފަ އެއީ ގެ ސްޓް ހައު ސް ތައް ހިންގާ މީހުންގެ ސަބަބުން ވެރިފަރާތުން ގަވައިދު ހިންގުމަށް ބާރު ނާޅާތީ ފަރަންޖީން ބޭނުން ގޮތަކަށް އުޅެވޭނެ މިރާއްޖޭގަ ދުނިޔޭގެ އެހެން ގައުމެއްގަ ނުކެރޭނެ ތި ބުރާންތި މީހާއަށްވެ ސް ގަވައިދާ ޚިލާފްވާކަށް

      50
  7. ސައިމާ

    ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގަ އެންމެންވެސް މާސްކް އަޅަން މަޖްބޫރު. އެކަމަކު އެކަމެއް ނުކުރޭ "އެންމެނެއް" އިނގޭ. އަދި އަމުދުން ޓޫރިސްޓުން އެކަން ނުކުރިޔަސް އަޅާލާ މީހަކުވެސް ނުހުރޭ. ދިވެއްސަކު ފެންނަ އިރަށް ވަރަށް އަވަހަށް ބުނޭ މާސްކް އަޅާށޭ، މިތަނަށް ނުވަދެވޭނެޔޭ އެހެން މިހެން ކިޔާ. އެކަމަކު އެންމެން އުޅެނީކީ މާސްކް އަޅައިގެނެއް ނޫން އިނގޭ އެއަރޕޯޓްގަ. އަހަރެމެން ތިކަން ވަރަށް ރަނގަޅަށް ދެކިފަ މިތިބީ.

    35
    1
  8. ސައިލާބު

    ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގަ އެންމެންވެސް މާސްކް އަޅަން މަޖްބޫރު. އެކަމަކު އެކަމެއް ނުކުރޭ "އެންމެނެއް" އިނގޭ. އަދި އަމުދުން ޓޫރިސްޓުން އެކަން ނުކުރިޔަސް އަޅާލާ މީހަކުވެސް ނުހުރޭ. ދިވެއްސަކު ފެންނަ އިރަށް ވަރަށް އަވަހަށް ބުނޭ މާސްކް އަޅާށޭ، މިތަނަށް ނުވަދެވޭނެޔޭ އެހެން މިހެން ކިޔާ. އެކަމަކު އެންމެން އުޅެނީކީ މާސްކް އަޅައިގެނެއް ނޫން އިނގޭ އެއަރޕޯޓްގަ. އަހަރެމެން ތިކަން ވަރަށް ރަނގަޅަށް ދެކިފަ މިތިބީ. މާސްކް އަޅަނީ ހިތަށް އެރި މީހަކު ހިތަށް އެރި ވަގުތަކު

    18
    2
  9. ބޮލި މުލައް

    ހިތާމަޔަކީ ދިވެއްސެއް ވިއްޔަ މިޤައުމުގެ ފުލުހުން ކަންކުރާގޮޔް

    45
    2
  10. ކިޔުންތެރިއެއް

    މިވަގުތު ރާއްޖެއަށް ބޭނުންވަނީ ޓޫރިސްޓުން އަތުން ލިބޭ ޑޮލަރުކޮޅު. އެމީހުން ދިވެހި ފުލުހުންގެ އަގު ދައްކޮށްލާ ގަވާއިދުތަކަށް ބޯނުލެބިއަސް އޯކޭވާނެ. މިހާރު މިއޮތް ސަރުކާރުގެ ނުކުޅެދުންތެރިކަމާ ދޯދިޔާކަން ސަބަބަކީ.

    39
  11. ތެދު

    މިއީ ކުރިޔާލ ރާވައިގެން އޭނަމަޝްހޫރުވާން ކުރިކަމެއް ބައެއް މީހުން މަޝްހޫރުވާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ

    35
    1
  12. ރާފިޢު

    ތީވަރަށް ފުއްޕާފަ އުޅުނު އިބިލީހެއް

    36
    2
  13. ޒީރޯ ޓޮަލަރަންސް

    ގާނޫނު ބެންޑު މިކުރެވެނީ ޑޮލަރު ބޮޑިއަށް. މިކަލޭގެ ހުރިގެސްޓް ހައުސް ޖޫރިމަނާ ނުކުރޭތަ؟

    11
    2
  14. ކިނބޫ

    މުޅި ދުނިޔެވެސް އެބަދަނޭ މިރާއްޖެއަކީ މިހާރު ހަމައެއްލަމައެއް ނެތި އުޅޭނެ ގޮތަކަށް އުޅެވެން އޮތް ތަނެއްކަން. ރައްޔިތުންނަކަށް ފުލުހުންނަކަށް ސިފައިންނަކަށް ނުބެހެވޭނެކަން. މިތަނަކީ ވެރިކަމެއް އޮތް ތަނެއް ނޫންކަން. އޮޔާދާ ކާއްޓެއްހެން ދާނެގޮތަކަށް ދާން ދޫކޮށްލެވިފަ އޮތް ގައުމެއްކަން.

    17
  15. ދދދދދދ

    މުސްކުޅި ބޭގަނޑެއް ފަހަތު ލައިގެން އަމައްޔާއި.

    11
    1
  16. މުބީނު މާރނީ

    އަޅުގަނޑުމެން ދިވެހިންނަށް މިގޮތަށް ނުވިއަސް ބޭރު މީހުންގެ ބައެއް މީހުންނަށް ރާއްޖެ އާދެވުނީމާ އުފަލުން ރަންބުއްދިވޭ. ދިގު ފްލައިޓް ދަތުރު ތަކުގައި ބިޔަރާއި ބަނގުރާ ވެސް ހިލޭ މުސްލިމު ނޫން މީހުންނަށް ދޭނެ. ވީމާ މިއީކީ ފުރައްސާރަ އެއް ނޫން. މިކަހަލަ ކުދިކުދި ކަންތަކާ އަޅާލަންޏާ ރާއްޖޭގެ ރީތި ނަން ގެއްލިދާނެ. މިހެން މިބުނީ ކައިރީގެ އެހެން ޤައުމުތަކުން ތިބޭނީ ކަޅިއަޅައަޅާ ރާއްޖޭގެ ކުށެއް ފެނޭތޯ، ބޮޑުކޮށްލައިގެން ނެޓަށްލައިގެން ރާއްޖޭގެ އަގު ވައްޓާލަން. އެއަރޕޯޓް ގައި ތިބޭ މުވައްޒިފުންނާއި، ސިފައިން މިކަހަލަ ކުދިކުދި ކަންތަކަށް ހޭނެން އެބަޖެހޭ.

    2
    13
  17. ގަބޫލު

    ހިތުން ވަރަށް މޮޅު މީހެއް. ވަރަށް ތުއިދެއްކެން އުޅޭ ޔަހޫދީ އެއް.

    17
    1
    • ޜަޟީ

      މީ ޔަޙޫދީ އެއްތަ

  18. ލާދީނީ އަންނި

    ފަތުރުވެރިޔާ ކައިރީ މާސްކު އަޅަންބުނި ފުލުހާ ދޭތެރޭ ފިޔަވަޅު އަޅާނަން.

    3
    11
  19. ދުރުމީ

    އޭނަ ބޮއެގެން ހުރީ. ކަޓާފަހުރިވައްތަރު އެބަޖަހައެއްނު.

  20. އާވިމް

    އަންހެން ކުދިން ބައެއް ފަހަރު އެހެން އުޅެނީ ގަޔާވަތީ. މިވެސް އެކަހަލަ ކަމަކަށް ވެދާނެ. ވަރަށް ކުޑަ ކުޑަ ވީޑިއޯ ކޮޅެއް ދޯ! ހަމަ ބޮޑަށް ހީވަނީ ބަލާލާފަ އެޖެއްސި ވައްތަރުން ގަޔާވަނީކަމަށް. އެއީ މަގޭ ހިޔާލު.

    3
    3
  21. މަގޭ

    މާފުއްޓޭ؟ ހަހަހަހަހަ! ރާއްޖޭގަ ޗުއްޓީ ހޭދައެއް ނޫން ތިކުރެވުނީ! މާފުށި ނޫނީ ފޮއްދޫގަ ކިހިނެއް ރަނގަޅުކޮށް ޗުއްޓީ ހޭދަކުރަނީ؟ މިތަންތަނަށް އަންނާނީ ބިކާރިން

    2
    1
  22. މަނަމަ

    މަނަމަ ތި ފޮށިތަށް ހިފައިގެން ފިލަން ދުވީމުސް!! އެއިރުން އެމީހުން ދުވަން ޖެހޭނީ ޕޮލިހުން ފަހަތުން.....

  23. ބީޖޭޕީ

    އަމިއްލަ ޤައުމުގަ ނޫޅެވޭނެ އެހެނެއް އިންޑިއާ ފުލުހަކާ ދިމާލަށް ތިހެން ވައްތަރު ޖައްސާލައިފިއްޔާ ނިމުނީ. ޕައްޓޭން ތަޅާލާނެ

  24. ޕަކާ

    އެ އީ ޕާކިސްތާނު އެއްޗެ އް. ފާއިޒާ ހުސައިނު ޕިޝާވަރު މި ދުނިޔެ އިން މަ އެންމެ ރުޅި އަންނަ ގަ އުމު. ވަރަށް ފޮނި ބައެއް.

  25. ކަދުރު

    މީނަގެ ޓިކްޓޮކްތަކޮޅެއް ބަލާލީން. ނޯ ޓެލެންޓް އެޓް އޯލް.

  26. ޙކ

    އޯގާތެރި ސަރުކާރެ އް ކަން މިކަމުންވެސް އެގެނީ...ނަސީބެ އްނު ފުލުސްމީހާ މޫނަށް ކުޅެ އް ނުޖެހިކަން.. މިކަމުގެ އަސްލު ކު އްކުރީ ފުލުސް މީހާ...މީ އަދުގެ އިންސާފުގެ ކުޑަކުޑަ ތަންކޮޅެއް...